Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޚާރިޖީ ސިޔާސަތު

ޑިޕްލޮމެޓުންގެ ފުރާނައަށް ނުރައްކާކުރުން: ނަތީޖާ ދިވެހިންނަށް ހިތިވާނެ!

ޑިޕްލޮމެޓުންނަށް ނުރައްކާވާ ޒާތުގެ ލިޔުންތައް ދަނީ ޝާއިއުކުރަމުން

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 2 ޖުލައި 2021 | ހުކުރު 08:24
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް (ކ) އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ (ވ)

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް (ކ) އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ (ވ)

"ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިމް ރިލޭޝަންސް" ގައި ބުނާ ގޮތުން "ރިސީވިންގ ސްޓޭޓް"ގެ ހައިސިއްޔަތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ޑިޕްލޮމެޓުންނާއި، ޑިޕްލޮމެޓިކް މިޝަންތަކާއި، ޑިޕްލޮމެޓުން ދިރިއުޅޭ ތަންތަނަށް ދޭން ޖެހޭ ރައްކާތެރިކަން ދިވެހިރާއްޖެއިން ފޯރުކޮށްދޭން ޖެހެއެވެ. އެއީ ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން ދިވެހި ސަރުކާރުގެ ޒިންމާއެކެވެ. ރާއްޖޭގައި ތިއްބަވާ ހުރިހާ ގައުމެއްގެ ޑިޕްލޮމެޓުންނަށް އެއް ހަމަޔަކުން އެ ރައްކާތެރިކަން ލިބިދޭން ޖެހެއެވެ. އެމްބަސީތަކުގެ ބޭރުގައި ފުލުހުން ތިބެގެން ފޯރިމަރަމުން ދަނީ ވެސް މި ސަބަބަށްޓަކައެވެ. އެއީ ދިވެހި ދައުލަތުގެ މައްޗަށް އޮތް ޒިންމާއެއްކަމަށް ވާތީއެވެ.

ޑިޕްލޮމެޓުންނަށް ދިވެހިރާއްޖޭގައި ދިމާވެގެން އުޅެނީ މިހާރު މާ ބިރުވެރި ކަމެކެވެ. ރާއްޖޭގައި ތިއްބަވާ އިންޑިއާ ޑިޕްލޮމެޓުންނާއި ދެކޮޅަށް ނަފްރަތާއި ރުޅިވެރިކަން ދިވެހިންގެ މެދުގައި އުފައްދައި، ފަސާދަކުރުމުގެ އަމަލުތަކެއް ބަޔަކު "ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ" ނިވަލުގައި ތިބެގެން އެ ދަނީ ހިންގަމުންނެވެ. އެކަމަށް ދިވެހިންގެ ބަޔަކު ނޭނގި ތިބެ ނަމަވެސް އެ ދަނީ ތާއީދުކުރަމުންނެވެ. ނިކަން ވިސްނަވާށެވެ. ސޯޝަލް މީޑިއާގައި ނިދަމުން ވެސް، ހޭލަމުން ވެސް "އިންޑިއާ އައުޓް" އޭ ކިޔައި އެ ލިޔާ ގްރޫޕްގެ ލިޔުންތަކަށް މީހުން ކޮށްފައި އެ ހުންނަ ކޮމެންޓްތަކަކީ ޖިނާޢީ ކުށްތަކުގެ ނަޒަރުން ދެކޭ ނަމަ ޓެރަރިޒަމްގެ އަމަލުތަކެކެވެ. ނޫސްވެރިކަމުގެ ތާކިހާ އަޅައިގެން އުޅޭ ޒުވާނަކު އިއްޔެ ވެސް އިންޑިއާ އާ ދެކޮޅަށް ލިޔުނު ޓްވީޓަކަށް ޖަވާބު ދިން މީހާ ބުނީ އިންޑިއާ އެމްބަސީ ގޮއްވާލަންވީކަމަށާއި، އެކަން ވަރަށް އަވަހަށް ކުރާނެކަމަށެވެ. މި ދެއްކެނީ ކިހާ ނުރައްކާތެރި ވާހަކަތަކެއްކަން ހަމަ ނޭނގެނީބާވައެވެ؟ ނުވަތަ ހިތްވަރު މި ދެވެނީ ޓެރަރިޒަމްއަށް ކަމެއް ނޭނގެނީ ހެއްޔެވެ؟

މި ދިވެހިރާއްޖޭގައި މީގެ ކުރިން ވެސް ޑިޕްލޮމެޓުންނާ މެދު މީހުން ހިތްހަމަ ނުޖެހިގެން އުޅުނެވެ. 2012 ވަނަ އަހަރު ބަޣާވާތަކުން ރާއްޖޭގެ ވެރިކަން ވައްޓާލުމުން އޭރު އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ސަފީރަށް ވެސް އެމްޑީޕީ މީހުން ފާޑުކިއެވެ. އެހެންނަމަވެސް ސަފީރާ، ދެން ތިބި ޑިޕްލޮމެޓުންގެ ގޭގޭގެ ކުރިމަތީގައި މުޒާހަރާ ކުރާކަށް ނުދެއެވެ. އެމީހުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހިގެން ސަލާމަތީ ޚިދުމަތްތަކުގެ ރިސޯސްތައް އެ ތަންތަނަށް ފޯކަސް ކުރާކަށް ނުޖެހެއެވެ. 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭންގައި ޗައިނާއަށް އެމްޑީޕީއިން ވަރަށް ފާޑުކިއެވެ. އެހެންނަމަވެސް ޗައިނާ ސަފީރު އެމްޑީޕީ ހަރުގެ ކުރިމައްޗަށް ގޮސް ފޯނުން ވީޑިއޯއާއި އެއްޗެހި ނެންގެވި އިރު ވެސް ޗައިނާ ސަފީރު ފަހަތުން އެމްޑީޕީ މީހުންނެއް ނުދެއެވެ. އެހެންނަމަވެސް މިއަދު ޕީޕީއެމް އަޑީގައި އޮވެގެން ދިވެހިންނަށް މި ދަސްކޮށްދެނީ ނުރައްކާތެރިކަމެކެވެ.

ޑިޕްލޮމެޓުންނަށް ބިރު ދައްކައި، އެމީހުން ނުރައްކަލުގެ ތެރެއަށް ހުށަހަޅާ ވާހަކަ އަޑުއަހަނީ އުތުރު ކޮރެއާ ފަދަ ތަންތަނުގައެވެ. މިއަދު އިދިކޮޅު ފަރާތްތަކުން ޖާގަ އެ ހޯދައި ދެނީ ޑިޕްލޮމެޓުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމަށެވެ. ޑިޕްލޮމެޓުން ދިރިއުޅޭ ތަންތަން އާއްމުކޮށް، އެމީހުންގެ ގޭގޭގެ ކުރިމަތީ މުޒާހަރާކުރުމަކީ ނުރައްކަލެކެވެ. މިކަމުގެ ނަތީޖާ ހިތިވާނެއެވެ. އިންޑިއާ ހައިކޮމިޝަނަރު އެމީހުންނަށް ރައްކާތެރި މާހައުލެއް ނެތްކަމަށް ބުނެ މާދަމާ ފޮށިތަންމަތި ބަންދުކޮށްގެން ހައިކޮމިޝަން ބަންދުކުރުމަށްފަހު ޑިޕްލޮމެޓުންނާއެކު ފުރުމުން ދެން ދިވެހިންނަށް ލިބޭ މޮޅަކީ ކޮބާހެއްޔެވެ؟ މޭ ފުއްޕާފައި މިއީ މިނިވަން ގައުމެކޭ، އިންޑިއާއަށް ބަރޯސާވާކަށް ނުޖެހޭނެއޭ ބުނެ ހައެއްކަ މީހުން ނުކުތަސް، އަޅުގަނޑުމެން ޖެހޭނީ އެމީހުންނަށް ވެސް އަދި އެހެން ގައުމުތަކަށް ވެސް ބަރޯސާ ވާށެވެ.

ކާން ގެންނަ ޕެނަޑޯލް ގުޅަ ވެސް ހޯދަން ޖެހެނީ އިންޑިއާއިންނެވެ. ހަނޑޫ، ހަކުރު، ފުށް ގެންނަނީ އިންޑިއާއިންނެވެ. ރާއްޖެއިން ލިބެން ނެތް ބޭސް ފަރުވާ ހޯދަން ހަމަ ކިތަންމެ ޝަކުވާއެއްކޮށްފައި ވެސް ދާން ޖެހެނީ އިންޑިއާއަށެވެ. ބޯޑަރު ބަންދުކޮށްފައި އޮތް އިންޑިއާއަށް ދާން ދިވެހިންނަށް ޚާއްސަ ހުއްދައެއް ދިނުމާއެކު އެތަނަށް ބޭސްފަރުވާއަށް ދާން ޖެހިގެން ވިސާ ކިއޫގައި ޖެހުނީ ވެސް ހަމަ ދިވެހިންނެވެ. ކިއުގައި ޖެހިގެން ވިސާ ނަގަން ޖެހުމުން ޝަކުވާކުރިއިރު، އެހެން ތަނަކަށް ދެވެން އޮތް ނަމަ ކިޔުގައި ނުޖެހި، ދާނީ އެތަނަކަށެވެ. ބޮޑު ކަމެއް ޖެހޭއިރަށް އަދިވެސް އޮންނާނީ ހަމަ އިންޑިއާއެވެ. އެހެން ބަޔަކާ އެ ގުޅުން ބޭއްވެން އޮތްނަމަ ރައީސް ޔާމީންގެ ވެރިކަމުގައި އެކަން ކުރެއްވީހެވެ. ނުކުރެއްވުނީ، ކިތަންމެ ހިތްޕުޅު ހަމަޖެހިވަޑައި ނުގަންނަވާ ކަމަކަށްވިޔަސް އިންޑިއާއާ ގުޅުން ބާއްވަން ޖެހޭތީއެވެ. އެމީހުންނަށް ބަރޯސާ ވާން ޖެހޭތީއެވެ. ގޮތް ނޭނގޭ ޖަމާއަތްތަކުން ދޭ ފާޑުފާޑުގެ ޕުރަސްކާރު އެވޯޑް ހޯއްދެވުމަށް އިންޑިއާއަށް ވަޑައިގަތީ އެހެންވެއެވެ.

ކޮންމެއަކަސް، ދިވެހިން މިއަދު މިސްރާބު ޖަހާފައި މި ވަނީ ނުރައްކާތެރި ދިމާއަކަށެވެ. އިންޑިއާގެ ޑިޕްލޮމެޓުންނަށް ނުރައްކާކުރުމުގެ ނަތީޖާއެއްގެ ގޮތުން މާދަމާ ހައިކޮމިޝަން ބަންދުކޮށްފިނަމަ އެކަމުގެ ނަތީޖާ ދިވެހިންނަށް ހިތިވާނެއެވެ. ޒިންމާ ނަންގަވަން ޖެހޭނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނިވަލުގައި ފިލޭ ތިބެ ދިވެހިންނަށް ދުއްތުރާ ކުރާ ފަރާތްތަކާއި، އެފަރާތްތަކަށް ހިތްވަރުދީ އިރުޝާދު ދޭ ފަރާތްތަކެވެ.

އިންޑިއާޚާރިޖީ ވުޒާރާރައީސް ސޯލިހު

ކޮމެންޓް

އިތުރަށް ކިޔާލަން

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

17 ނޮވެމްބަރު 2025
އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

15 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު