Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑރ ޢިޔާޒުގެ މައްސަލަ

ޑރ އިޔާޒުގެ މައްސަލަ ގޮސްފައިވާ ހިސާބެއް ކޮމިޓީން ސާފުކުރަނީ

އަންހެނުން ޚިތާނުކުރުމުގެ މައްސަލާގައި ދެއްކެވި ވާހަކަތަކަށް ޑރ ޢިޔާޒު ވަނީ މަޢާފަށް އެދިވަޑައިގަންނަވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 29 ޖޫން 2021 | އަންގާރަ 15:48
ޑރ މުޙައްމަދު ޢިޔާޒު

ޑރ މުޙައްމަދު ޢިޔާޒު

އަންހެނުން ޚިތާނުކުރުމަށް ހިތްވަރުދޭގޮތަށް ދީނީ ޢިލްމުވެރިޔާ އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ. މުޙައްމަދު ޢިޔާޒު ޓްވީޓް ކުރައްވާފައިވާތީވެ އެކަން ރައްޔިތުންގެ މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ މެދުވެރިކޮށް ބެލުމަށް އެދި ހުށަހަޅާފައިވާ މައްސަލަ ދިރާސާކުރުމަށް ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މިކަން ބަލަމުންދާ އިދާރާތަކުގެ މަސައްކަތް ގޮސްފައިވާ ހިސާބު ބެލުމަށް ނިންމައިފިއެވެ.

މިމައްސަލަ ބެލުމަށް އެދި ހުށަހަޅުއްވާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކާއީލް އަޙުމަދު ނަސީމެވެ. އަންގާރަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މިކަމާމެދު މެމްބަރުން މަޝްވަރާކުރައްވާފައިވާއިރު މިކަމާމެދު ޑރ ޢިޔާޒު ދައްކަވާފައިވާ ވާހަކަތަކާ ގުޅިގެން އިސްލާމިކް މިނިސްޓްރީއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ(އެމްއެންޔޫ)ން އެކަންކަން ބަލަމުންދާ ހިސާބު ސާފުކުރުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.

Advertisement - newsAdvertisement

23 ޖޫންގައި 9:14ގައި ޑރ ޢިޔާޒު ކުރެއްވި ޓްވީޓަކީ އަންހެނުން ޚިތާނުކުރުމުން ލިބޭ ފައިދާތަކާ ގުޅޭގޮތުން، އިސްލާމީ ސުވާލާއި ޖަވާބުތައް ޝާއިޢުކުރާ ވެބްސައިޓެއްގައިވާ ލިންކެވެ.

މި ޓްވީޓާ ގުޅިގެން މީކާއިލް ހުށަހެޅުއްވި މައްސަލާގައި ވިދާޅުވެފައިވަނީ، އަންހެނުން ޚިތާނުކުރުމުގެ ނަމުގައި ހިންގާ "ފީމޭލް ޖެނިޓަލް މިއުޓިލޭޝަން"އަށް ޑރ ޢިޔާޒު ހިތްވަރު ދެއްވާފައިވާކަމަށެވެ. މިފަދަ ނުރައްކާތެރި އަމަލުތަކަށް ހިތްވަރު ލިބޭގޮތަށް މުއައްސަސާތަކުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މަސައްކަތްކުރެއްވުމަކީ ދިވެހިރާއްޖޭގައި އަންހެނުން ނުރައްކަލަށް ހުށަހެޅި، އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ހުރަސްއެޅޭނެ ކަމެއްކަމަށެވެ. އެހެންކަމުން މިމައްސަލަ މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ މެދުވެރިކޮށް ބައްލަވައިދިނުމަށް އެދި މަޖިލީހުގެ ރައީސްގެ އަރިހުން މީކާއީލް ވަނީ އެދިވަޑައިގެންފައެވެ.

މި ޓްވީޓަށް ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، ޑރ ޢިޔާޒަށް އަމާޒުވަމުންދިޔަ ފާޑުކިޔުންތަކާ ގުޅިގެން ވިދާޅުވީ އެއީ އިލްމީ ދިރާސާއެއްކަމަށާއި، އޭގައި ގޯހެއްވާނަމަ އެކަމާ އިލްމީ ގޮތުން ޖަވާބު ދިނުމަށެވެ. މަޖިލީހަށް ޤަރާރުތައް ލައި ވަޒީފާއިން ވަކިކުކުރަން ޕްރެޝަރ ކުރުމަކީ ހައްލެއް ނޫންކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އޭގެ ފަހުން ހޯމަ ދުވަހު ވަނީ ބަޔާނެއްވެސް ނެރުއްވާފައެވެ. އެގޮތުން އަންހެނުން މިކަމާ ގުޅޭގޮތުން ދެއްކެވި ވާހަކައިގެ ސަބަބުން އިސްލާމްދީނަކީ އަންހެނުންގެ ހައްގުތަކަށް އަރައިގަންނަ، ނުވަތަ އަނިޔާވެރިވުމަށް ގޮވާލާ ދީނެއްކަމުގެ ރަނގަޅުނޫން ތަސައްވުރެއް ބަޔަކަށް ލިބިފައިވާނަމަ އެކަމަށް ދިވެހި ލޮބުވެތި ރައްޔިތުންގެ އަރިހުން މައާފަށް އެދިވަޑައިގަންނަވާކަމަށް އެބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

ޑރ. ޢިޔާޒު މީގެ ކުރިންވެސް ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓަކާ ގުޅިގެން އެމްއެންޔޫއިން ވަނީ އޭނާ 14 ދުވަހަށް ސަސްޕެންޑްކޮށްފަ އެވެ. އެ މައްސަލައިގައި ޑރ. ޢިޔާޒު ވަނީ އެމްއެންޔޫއާ ދެކޮޅަށް ވަޒީފާއާއިބެހޭ ޓްރައިބިއުނަލްއަށްވެސް މައްސަލަ ހުށަހަޅުއްވާފައެވެ. އެ މައްސަލަ އަދިވެސް އޮތީ ޓްރައިބިއުނަލްގައެވެ. އަދި އޭނާ ގެންދަވަނީ މިސަރުކާރުން ގެންގުޅޭ ދީނީ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން ކޮވިޑްގެ ހާލަތުގައި މިސްކިތްތަކުގައި ގައިދުރުކޮށްގެން ނަމާދުކުރަމުން އަންނާތީ އެކަމާ ދެކޮޅަށް އޭނާ ގެންދަވަނީ ވާހަކަދައްކަވަމުންނެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު