Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އިންސާނިއްޔަތުކަން

ޓެކްނޮލޮޖީއާއެކު އިންސާނިއްޔަތުކަން ވެސް ނެތިދަނީތަ؟

މާލެސިޓީން އެކަނިވެސް މިއަހަރު ކުށުގެ ޖުމްލަ 678 މައްސަލަ ރިޕޯޓުކޮށްފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 29 ޖޫން 2021 | އަންގާރަ 11:37
ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދެއް

ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދެއް

މިދުވަސްވަރަކީ ރާއްޖޭގައި، ޚާއްސަކޮށް މާލެސިޓީގައި މާރާމާރީތައް ގިނަ ދުވަސްކޮޅެކެވެ. ކޮންމެވެސް ދިމާލަކުން ދެމީހެއްގެ ދޭތެރޭ މާރާމާރީ ހިންގައި، ނުވަތަ ދެ ގޭންގެއްގެ ދެމެދުގައި މާރާމާރީ ހިންގައިގެން އުޅޭ ވާހަކަތައް އަޑުއިވެއެވެ. މި ކަންތައްތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް މީހުންވެސް ގެންދެއެވެ. އަދި އެމީހުންގެ ބަންދަށް ކޯޓުން މުއްދަތުވެސް ޖަހައިދެއެވެ. އެހެންނަމަވެސް ގިނަފަހަރަށް ކުށް ސާބިތުނުވާ ކަމަށް ބުނެ ނުވަތަ އެވަރަށް ހެކި ނެތްކަމަށް ބުނެ ކޯޓުން އެމީހުން ދޫކޮށްލައެވެ. މިއީ މާޒީގައި ކަން ހިނގާފައިވާ ގޮތަށް ބެލީމާ ފެންނަން އޮތް ހަގީގަތެވެ.

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު މާލެސިޓީގައި މިއަހަރު ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 10 ވަނަ ދުވަހާއި ހަމައަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ބިރުދެއްކުމުގެ މައްސަލަތަކެވެ. އެގޮތުން ބިރު ދެއްކުމުގެ 159 މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާއިރު ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މާރާމާރީގެ މައްސަލަތަކެވެ. އެގޮތުން މާރާމާރީގެ 157 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. ތަކެއްޗަށް ގެއްލުން ދިނުމުގެ 144 މައްސަލަ ރިޕޯޓުކޮށްފައިވާއިރު ޖިންސީ ފުރައްސާރައިގެ 37 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. ޖިންސީ އަނިޔާގެ 48 މައްސަލަ ރިޕޯޓުކޮށްފައިވާއިރު ކިޑްނެޕް ކުރުމުގެ 5 މައްސަލަ، ރޭފް ކުރުމުގެ 2 މައްސަލަ އަދި ރޯކޮށްލުމުގެ 2 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މި މައްސަލަތަކާއެކު މާލެސިޓީން އެކަނިވެސް ކުށުގެ ޖުމްލަ 678 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ.

މައްސަލަތައް މިހާ ގިނަ އަދަދުތަކަކަށް ރިޕޯޓު ކުރެވެމުންދާއިރު ހިތާމައަކީ މިފަދަ ކޮންމެ ކަމެއްވެސް ވުމުން އެމީހަކަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމުގެ ބަދަލުގައި އެ ސަރަހައްދެއްގައި ހުންނަ މީހަކު އެންމެ ފުރަތަމަ ކުރާކަމަކީ ވީޑިއޯ ކުރުމެވެ. އެއަށްފަހު އެ ވީޑިއޯ ސޯޝަލް މީޑިއާއަށް ދޫކޮށްލުމުވެ. މިއާއެކު އެކަންތައް ކުށްވެރިކޮށް އެކަމާމެދު ހިތްމަނުޖެހިގެން ގިނަ މީހުން ކޮމެންޓް ކުރަން ފަށައެވެ. ރާއްޖޭގައި މީހަކު ކިޑްނެޕް ކުރިޔަސް، މީހެއްގެ މުދަލަށް ގެއްލުން ދިނަސް އަދި މާރާމާރީއެއް ހިންގިޔަސް އެކަން ހުއްޓުވާކަށް ކުޅިބަލަން ތިބޭ މީހުން މަސައްކަތެއް ނުކުރެއެވެ. އެ ދިމާލާއެއްގައި ކިތަންމެ ގިނަ އަދެދެއްގެ މީހުން ތިއްބަސް ވަރިހަމައެވެ.

ރާއްޖެއެކޭ އިންޑިއާއެކޭ ވަކި ތަފާތެއް ނެތެވެ. ރޯމާދުވާލު ކުށަކަށް މީހަކު އަރައިގަންނަތަން ފެނުނަސް ކުޅިބަލަން ގިނަ މީހުން ތިބެނީއެވެ. މީގެ ދެމަހެއްހާ ދުވަސް ކުރިން އާންމުވި މާރާމާރީގެ ވީޑިއޯއަކަށް ބަލާއިރު އެ ވީޑިއޯގައި ވެސް ޒަޚަމްވެފައިވާ މީހާ މަގުމަތީގައި އޮތްއިރު މަގުމަތިން ދިޔަ އާންމު މީހަކު އޭނާގެ ކުރިމަތިން ހުރަސް ކުރިއެވެ. ވަރަށް ހަމަޖެހިލައިގެން އެމީހާ ހުރަސް ކަނޑާލިއިރު ފައި ދަށުގައި ޒަޚަމްވެފައިވާ މީހެއް ނެތް ކަހަލައެވެ. މިއީވެސް މި ރާއްޖޭގައި މިހާރު ފެންނަމުންދާ އެކަމަކު ބަލަން އުނދަގޫ މަންޒަރުތަކެވެ. ކަމެއް ދިމާވުމުން ކޮންމެ މީހަކުވެސް ދުއްވައިގަންނަނީ އެމީހެއްގެ ފޯނާ ދިމާލަށެވެ. އެންމެ ފުރަތަމަ މަންޒަރު ލިބޭނީ ކާކަށްތޯ ބެލުމަށެވެ.

ކުޅިބަލަން ތިބޭ މީހުންގެ ތެރެއިން ގިނަ ބަޔަކު ސިފަކުރާ ގޮތުގައި އެގޮތަށް މަގުމަތީގައި ކަމެއް ދިމާވުމުން އެހީތެރިކަމުގެ އަތެއް ދިއްކޮށްނުލަނީ އަމިއްލަ ސަލާމާތާއި ރައްކާތެރިކަމަށް ބެލުމަށްފަހުގައެވެ. އެއީ މާރާމާރީއެއް ހުއްޓުވަން މަސައްކަތް ކުރަނިކޮށް އެމީހަކަށް ގެއްލުން ވެދާނެތީ ނުވަތަ އެ ކުށެއް ހިންގި މީހަކު ބަންދުން ދޫވެގެން އައިސް އެމީހަކަށް އިންޒާރުދީ ގެއްލުން ދީފާނެކަމުގެ ބިރު އޮތުމުންނެވެ. މިއީވެސް ދޮގުވާހަކައެއް ނޫނެވެ. ކުށުގެ ވެށިން ފުލުހުން މީހަކު ހައްޔަރުކުރިޔަސް އެމީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ރާއްޖޭގެ ކޯޓުތަކުން ކަނޑައަޅާ ފަހަރު މަދެއް ނޫނެވެ.

ހުށަހެޅޭ ގިނަ މައްސަލަތަކަށް އިންސާފު ނުލިބި ދަނީ ފުނިޖެހެމުންނެވެ. އަދުލުގެ ނިޒާމާ ދޭތެރޭގައި ރައްޔިތުންގެ އިތުބާރު ދަނީ ގެއްލެމުންނެވެ. ކޮންމެ މީހަކުވެސް އުޅެން ބޭނުންވާ އުސޫލަކީ އެމީހަކާ އެމީހެކެވެ. އެއީ އުޅެން އެންމެ ބޮލަށް ފަސޭހަގޮތް ކަމަށް ގިނަ ބަޔަކު ދެކެއެވެ. ކަން މިހެން ހުރިއިރު ހިތުގައި އުފެދޭ ސުވާލަކީ ޓެކްނޮލޮޖީއާއެކު އިންސާނިއްޔަތުކަން ވެސް ނެތިދަނީ ބާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދުނިޔޭގެ އެންމެ ބޮޑު "އޯޕަން އެއަރ ޖަލު"، ދުނިޔޭގެ އެންމެ ބޮޑު "އޯޕަން އެއަރ ޤަބުރުސްތާނަށް": އިންސާނިއްޔަތުކަން ކޮބާ؟

ދުނިޔޭގެ އެންމެ ބޮޑު "އޯޕަން އެއަރ ޖަލު"، ދުނިޔޭގެ އެންމެ ބޮޑު "އޯޕަން އެއަރ ޤަބުރުސްތާނަށް": އިންސާނިއްޔަތުކަން ކޮބާ؟

23 މާރިޗު 2024

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު