Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމީޑިޔާތައް ޖޫރިމަނާކުރާ މައްސަލަ

މަޝްވަރާކުރުމެއްނެތި މީޑިޔާތައް ޖޫރިމަނާކުރި މައްސަލަ އެމްއެމްސީން ކުށްވެރިކޮށްފި

24 ޖޫން 2021 | ބުރާސްފަތި 15:51

ކައުންސިލާ އެއްވެސް މަޝްވަރާކުރުމެއްނެތި ދައުލަތުގެ ވުޒާރާއަކުން ނޫސްތައް ޖޫރިމަނާކުރުމަކީ، ކައުންސިލުން ނުހަނު ކަންބޮޑުވާކަމެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 24 ޖޫން 2021 | ބުރާސްފަތި 15:51
މޯލްޑިވްސް މީޑިޔާ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

މޯލްޑިވްސް މީޑިޔާ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލައިގައި އެކި މީޑިއާތަކުގައި ޝާއިޢުކޮށްފައިވާ ޚަބަރުތަކާގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގެ ޗައިލްޑް އެންޑްފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ބައެއް މީޑިއާތައް ޖޫރިމަނާކޮށް، އިންޒާރުގެ ލިޔުން ފޮނުވަމުންދާކަމުގެ މައުލޫމާތު މޯލްޑިވްސް މީޑިޔާ ކައުންސިލް(އެމްއެމްސީ)ގެ ސަމާލުކަމަށްވަނީ އައިސްފައިކަމަށާއި އެކަމަކީ ކަންބޮޑުވާކަމެއްކަމަށް އެމްއެމްސީން ބުނެފިއެވެ.

އެކަން ހާމަކޮށް އެމްއެމްސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މީޑިއާގައި ޝާއިޢުކުރާ ޝާއިޢުކުރުންތަކުގެ މައްސަލަ ބެލުމުގެ ޤާނޫނީ އިޚްތިޞާޞް ލިބިގެންވަނީ މޯލްޑިވްސް މީޑިއާ ކައުންސިލަށް ކަމުގައިވާއިރު، ކައުންސިލާ އެއްވެސް މަޝްވަރާކުރުމެއްނެތި ދައުލަތުގެ ވުޒާރާއަކުން ނޫސްތައް ޖޫރިމަނާކުރުމަކީ، ކައުންސިލުން ނުހަނު ކަންބޮޑުވާކަމެއްކަމަށެވެ. އެހެންކަމުން އެއަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ(ނ)ގައި ބަޔާންކޮށްފައިވާ ފަދައިން، ޤާނޫނާ ޚިލާފުވާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ޚަބަރާއި މަޢުލޫމާތު ޝާއިޢުކުރުމުގައި، މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ހަމަތަކާއި މިންގަނޑުތައް ބަޔާންކުރާ އުސޫލާއި، އެފަދަ ޝާއިއުކުރުންތަކާ ގުޅިގެން މީޑިއާތަކުގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެގޮތް ބަޔާންކުރާ އުސޫލު އެކުލަވާލުމުގެ ބާރު ލިބިދީފައިވަނީ އެމްއެމްސީއަށް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން މި އުސޫލުގެ ތެރެއިން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނުގެ 33ވަނަ މާއްދާއާ ޚިލާފުވާ މީޑިއާތަކުގެ މައްސަލަބަލައި ފިޔަވަޅު އެޅުމަކީ، އެމްއެމްސީން ކުރަންޖެހޭ ކަމެއްކަމަށް ދެކޭކަމަށް އެކައުންސިލުން ބުނެފައިވެއެވެ.

އަދި އެއީ ޖަވާބުދާރީވުމުގެ ފުރުސަތުދިނުމެއްނެތި އިޖުރާތުން ބޭރުން، އެހެން ވުޒާރާއަކުން ނުވަތަ މުއައްސަސާތަކުން ކުރެވިދާނެކަމެއްކަމުގައި އެމްއެމްސީން ގަބޫލުނުކުރާ ކަމަށްވެސް ވަނީ ބުނެފައެވެ. ހަމަ އެހެންމެ، މިފަދަ މައްސަލަތަކުގެ ހައްލަކީ ޖޫރިމަނާކޮށް އަދަބު ދިނުންކަމުގައި ނުދެކޭކަމަށް ބުނެފައިވެއެވެ. އަދި މިބީދައިން މީޑިއާތައް ޖޫރިމަނާކޮށް އަދަބުދިނުމަކީ، "ޕްރެސް ފްރީޑަމް އިންޑެކްސް"ގައި ދިވެހިރާއްޖެއިން ފަހަކަށް އައިސް ކުރިއެރުންތަކެއް ހާސިލުކުރަމުން ދަނިކޮށް، ނޫސްވެރިކަމުގެ މިނިވަންކަމުގައި އެތައްދަރަޖައެއް ފަހަތަށް ހިނގައިދާނެ ކަމެއްކަމަށް ވަނީ ބުނެފައެވެ.

13 އަހަރުގެ ކުއްޖަކު ރަހީނުކޮށް ފުރާނަ ގެއްލުވާލައިފައިވާ މައްސަލައިގެ ޚަބަރު މީޑިއާތަކުން އާންމުކުރުމުގައި، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނާއި، ކައުންސިލުން އެކުލަވާލައިފައިވާ، "ޤާނޫނާ ޚިލާފުވާކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ޚަބަރާއި މަޢުލޫމާތު ޝާއިޢު ކުރުމުގައި، މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ހަމަތަކާއި މިންގަނޑުތައް ބަޔާންކުރާ އުސޫލު"، އަދި ކުޑަކުދިންނާ ގުޅޭ ޚަބަރާއި މަޢުލޫމާތު ގައިޑްލައިނާ ޚިލާފަށް އެ ޚަބަރު ނޫސްތަކުގައި ޝާއިޢުކޮށްފައިވާކަން ކައުންސިލަށް ފާހަގަކުރެވުނު ހިސާބުން، އެކަންމީޑިއާތަކުގެ ސަމާލުކަމަށް ގެނައުމަށްޓަކައި 22 ޖޫން ގައި ވާނީ ކައުންސިލުގެ ނޫސްބަޔާނެއް ނެރެފައި ކަމަށް އެމްއެމްސީން ބުނެއެވެ.

އަދި ކައުންސިލުން 23 ޖޫން ގައި ބޭއްވި ޖަލްސާގައި މިމައްސަލައިގައި މަޝްވަރާކުރުމަށްފަހު، މި ހާދިސާއާ ގުޅިގެން މި ކައުންސިލުން މޮނިޓަރކުރަމުން ގެންދިޔަ ޚަބަރުތަކުގައި ހިމެނޭ ޤާނޫނުތަކާ އަދި އުސޫލުތަކާ ޚިލާފަށް ހުރި ކަންކަން ދެނެގަތުމަށް އެސެސްމަންޓެއް ހެދުމަށް ނިންމައި، މިހާރުވަނީ އެ މަސައްކަތް ފަށާފައެވެ. މި އެސެސްމަންޓް ހަދަން ނިންމާފައިވާކަމުގެ މައުލޫމާތު މިހާރުވާނީ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށާއި، ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށާއި، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހާވެސް ހިއްސާކޮށްފައި ކަމަށް އެމްއެމްސީން ބުނެއެވެ.

އެހެންކަމުން، ކައުންސިލުން މި މައްސަލައިގައި އެސެސްމަންޓް ހަދައި، ވަކި ގޮތްތަކެއް ނުނިންމަނީސް އެހެން ފަރާތްތަކުން މީޑިއާތަކާމެދު ފިޔަވަޅުއަޅައި އިންޒާރުގެ ލިޔުން ފޮނުވައި މީޑިއާތަކަށް ބިރުދެއްކުމުގެ އަމަލުތައް ނުހިންގުމަށް ގޮވާލާކަމަށް މީޑިޔާ ކައުންސިލުން ބުނެއެވެ. އަދި މީޑިއާތަކުގައި ޝާއިޢުކުރާ އެއްވެސް ކޮންޓެންޓަކާގުޅިގެން މައްސަލައެއް ފާހަގަވާނަމަ، ކައުންސިލަށް ޝަކުވާ ހުށަހެޅުމުގެ އިޖުރާތުތަކުގެ ތެރެއިން އެކަން ކުރުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށް ވަނީ ބުނެފައެވެ.

ކުޑަކުދިންގެ ކަރާމާތް ގެއްލޭގޮތަށް ޚަބަރުފަތުރައިގެން އަވަސް އޮންލައިން ޖޫރިމަނާކޮށް، އިތުރު ތިން މީޑިއާއަކަށް ޖެންޑަރ މިނިސްޓްރީ އިން ވަނީ އިންޒާރުދީފައެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ ކުޑަކުދިންގެ ކަރާމާތް ގެއްލޭގޮތަށް މީޑިއާގައި މައުލޫމާތު ހާމަކުރަމުންދާތީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ)އާއި، 33 ވަނަ މާއްދާ، އަދި 53 ވަނަ މާއްދާގެ ދަށުން ތިން މީޑިއާ އަކަށް ނޯޓިސްދީ، "އަވަސް އޮންލައިން" ޖޫރިމަނާކޮށްފައިވާކަމަށެވެ. އަވަސް އޮންލައިން ޖޫރިމަނާކޮށްފައި ވަނީ 2000 ރުފިޔާއިންނެވެ.

ނޯޓިސް ދީފައި ވަނީ ވަގުތު އޮންލައިން، ވަން އޮންލައިން އަދި އަދަދު އޮންލައިންއަށެވެ. 

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް