Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަންހެނުން ޚިތާނުކުރުމަށް ހިތްވަރުދޭ މައްސަލަ

އަންހެނުން ޚިތާނުކުރަން ޢިޔާޟް ހިތްވަރުދެއްވި މައްސަލަ މަޖިލީހަށް

ޑރ. ޢިޔާޟް ކުރައްވާފައިވާ ޓްވީޓަކީ އަންހެނުން ޚިތާނުކުރުމުން ލިބޭ ފައިދާތަކާ ގުޅޭގޮތުން، އިސްލާމީ ސުވާލާއި ޖަވާބުތައް ޝާއިއުކުރާ ވެބްސައިޓެއްގައިވާ ލިންކެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 23 ޖޫން 2021 | ބުދަ 18:12
 ދީނީ އިލްމުވެރިޔާ އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރ  ޑރ. މުޙައްމަދު ޢިޔާޟް

ދީނީ އިލްމުވެރިޔާ އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ. މުޙައްމަދު ޢިޔާޟް

އަންހެނުން ޚިތާނުކުރުމަށް ހިތްވަރުދޭގޮތަށް ދީނީ ޢިލްމުވެރިޔާ އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ. މުޙައްމަދު ޢިޔާޟް ޓްވީޓް ކުރައްވާފައިވާތީވެ އެކަން ރައްޔިތުންގެ މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ މެދުވެރިކޮށް ބެލުމަށް އެދި ހުށަހަޅައިފިއެވެ.

23 ޖޫންގައި 9:14ގައި ކުރެއްވި ޓްވީޓަކާ ގުޅިގެން އެމައްސަލަ ބަލައިދިނުމަށް އެދި ހުށަހަޅުއްވާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކާއީލް އަޙުމަދު ނަސީމްއެވެ. މި ޓްވީޓަކީ އަންހެނުން ޚިތާނުކުރުމުން ލިބޭ ފައިދާތަކާ ގުޅޭގޮތުން، އިސްލާމީ ސުވާލާއި ޖަވާބުތައް ޝާއިއުކުރާ ވެބްސައިޓެއްގައިވާ ލިންކެވެ.

Advertisement - newsAdvertisement

މި ޓްވީޓާ ގުޅިގެން މީކާއިލް ހުށަހެޅުއްވި މައްސަލާގައި ވިދާޅުވެފައިވަނީ، އަންހެނުން ޚިތާނުކުރުމުގެ ނަމުގައި ހިންގާ "ފީމޭލް ޖެނިޓަލް މިއުޓިލޭޝަން"އަށް ޑރ ޢިޔާޟް ހިތްވަރު ދެއްވާފައިވާކަމަށެވެ. މިފަދަ ނުރައްކާތެރި އަމަލުތަކަށް ހިތްވަރު ލިބޭގޮތަށް މުއައްސަސާތަކުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މަސައްކަތްކުރެއްވުމަކީ ދިވެހިރާއްޖޭގައި އަންހެނުން ނުރައްކަލަށް ހުށަހެޅި، އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ހުރަސްއެޅޭނެ ކަމެއްކަމަށެވެ. އެހެންކަމުން މިމައްސަލަ މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ މެދުވެރިކޮށް ބައްލަވައިދިނުމަށް އެދި މަޖިލީހުގެ ރައީސްގެ އަރިހުން މީކާއީލް ވަނީ އެދިވަޑައިގެންފައެވެ.

މި ޓްވީޓަށް ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، މި ޓްވީޓަށް ކުރެއްވި ރިޕްލައިއެއްގައި ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެފައިވަނީ، އަންހެނުން ޚިތާނުކުރުމަކީ އިސްލާމްދީނުގައި ހިތްވަރުދޭ ކަމެއް ނޫންކަން ދިރާސާތަކުން ފެންނަ އޮންނަ ކަމަށެވެ. އަދި އެއީ ރާއްޖޭގެ ތާރީހުގައި އެއްވެސް ޒަމާނެއްގައި ކުރަމުން އައި ކަމެއް ނޫން ކަމަށާއި، އެކަން ހުއްޓުވެން ޖެހޭކަމަށެވެ.

ޑރ ޢިޔާޟަށް އަމާޒުވަމުންދިޔަ ފާޑުކިޔުންތަކާ ގުޅިގެން ވިދާޅުވީ އެއީ އިލްމީ ދިރާސާއެއްކަމަށާއި، އޭގައި ގޯހެއްވާނަމަ އެކަމާ އިލްމީ ގޮތުން ޖަވާބު ދިނުމަށެވެ. މަޖިލީހަށް ޤަރާރުތައް ލައި ވަޒީފާއިން ވަކިކުކުރަން ޕްރެޝަރ ކުރުމަކީ ހައްލެއް ނޫންކަމަށް ވަނީ ވިދާޅުވެފައެވެ.

"އިސްލާމްދީނުގައި މިވެނިކަމެއް އޮންނަނީ މިހެންނޭ ބުނެ ވާހަކަ ދައްކަންވާނީ ވަރަށް ބޮޑަށް ހަގީގަތް ބަލާފައި. އެނޫން ގޮތަކަށް ވާހަކަ ދެއްކުމަކީ ޖެންޑަރ މިނިސްޓަރަށް ވިޔަސް އަދި މަޖްލިސް މެމްބަރަކަށް ވިޔަސް ލިބިގެންވާ ހައްގެއް ނޫން." ޑރ ޢިޔާޟް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ޑރ. ޢިޔާޟް މީގެ ކުރިންވެސް ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓަކާ ގުޅިގެން އެމްއެންޔޫއިން ވަނީ އޭނާ 14 ދުވަހަށް ސަސްޕެންޑްކޮށްފަ އެވެ. އެ މައްސަލައިގައި ޑރ. ޢިޔާޟް ވަނީ އެމްއެންޔޫއާ ދެކޮޅަށް ވަޒީފާއާއިބެހޭ ޓްރައިބިއުނަލްއަށްވެސް މައްސަލަ ހުށަހަޅުއްވާފައެވެ. އެ މައްސަލަ އަދިވެސް އޮތީ ޓްރައިބިއުނަލްގައެވެ. އަދި ޑރ ޢިޔާޟް ގެންދަވަނީ މިސަރުކާރުން ގެންގުޅޭ ދީނީ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން ކޮވިޑްގެ ހާލަތުގައި މިސްކިތްތަކުގައި ގައިދުރުކޮށްގެން ނަމާދުކުރަމުން އަންނާތީ އެކަމާ ދެކޮޅަށް އޭނާ ގެންދަވަނީ ވާހަކަދައްކަވަމުންނެވެ.

އަންހެން ކުދިން ޚިތާނުކުރުމުގެ ސަގާފަތް އަލުން ރާއްޖޭގައި އާލާވަމުން އަންނަކަން ދިރާސާތަކުން ދައްކާފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވަނީ ބުނެފައެވެ. ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްއާރްސީއެމް ކޮމިޝަނަރު ޝިފާތު ޢަބްދުއްރައްޒާޤް ވިދާޅުވީ އަނެއްކާ ވެސް ރާއްޖޭގައި އަންހެން ކުދިން ޚިތާނުކުރުމާއި، އެކަމަށް ހިތްވަރު ދިނުން އިތުރުވަމުން އަންނަކަން ދިރާސާތަކުން ދައްކާ ކަމަށެވެ.

ރާއްޖޭގައި އަންހެނުން ޚިތާނުކުރުމަކީ ގާނޫނީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް މަސައްކަތް ފަށާފައިވާކަމަށް އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްޢަތު މިދިޔަ ނޮވެމްބަރު މަހު ވަނީ ވިދާޅުވެފަ އެވެ. ރާއްޖޭގެ ކޮންމެ 10 އަންހެނަކުން އެކަކު ހިތާނުކޮށްފައިވާކަމަށް ޔުނިސެފުން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު