Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓައިވާނަށް ވެކްސިންގެ އެހީ ދިނުން

އެމެރިކާއިން ޓައިވާނަށް ދޭ ވެކްސިން 3 ގުނަ އިތުރުކޮށްފި

20 ޖޫން 2021 | އާދީއްތަ 17:23

އެމެރިކާއިން ވަނީ ޓައިވާންގެ ވެރިރަށް ޓައިޕީއަށް 2.5 މިލިއަން ޑޯޒްގެ ވެކްސިން ފޮނުވާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 20 ޖޫން 2021 | އާދީއްތަ 17:23
ޓައިވާނުގައި ވެކްސިން ދޭން ފެށުން

ޓައިވާނުގައި ވެކްސިން ދޭން ފެށުން

ޓައިވާނުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެން ފަށާފައިވާ މި ދަނޑިވަޅުގައި އެމެރިކާއިން އެގައުމަށް ދެމުން އަންނަ ވެކްސިންގެ އަދަދު 3 ގުނަ އިތުރުކޮށްފިއެވެ.

އެމެރިކާއިން ވަނީ ޓައިވާންގެ ވެރިރަށް ޓައިޕީއަށް 2.5 މިލިއަން ޑޯޒްގެ ވެކްސިން ފޮނުވާފައެވެ. އެގޮތުން އެމެރިކާއިން ފޮނުވި ވެކްސިންގެ ޑޯޒްތައް އާދީއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ޓައިވާނަށް ލިބޭނަކަމަށް، އެގައުމުގެ ފޮރިން މިނިސްޓަރާއި ހަވާލާދެއްވައި، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ. އެމެރިކާއިން ޓައިވާނަށް ފޮނުވާފައިވަނީ މޮޑާނާ ވެކްސިންގެ ޑޯޒްތަކެވެ.

Advertisement - worldAdvertisement

ކޮވިޑްގެ ކޭސްތައް އެއްވަރެއްގައި ހުރުމަށްފަހު ޓައިވާނުގައި ކޭސްތައް ކުއްލިއަކަށް އިތުރުވެގެން ގޮސްފައިވާކަމަށް އެގައުމުން ވަނީ ރިޕޯޓްކޮށްފައެވެ. އެގައުމުގައި ވެކްސިން ޖަހާފައިވަނީ ކޮންމެ 100،000 މީހުންގެ ތެރެއިން 6 މީހެކެވެ.

ޓައިވާނަކީ އެގައުމުގެ ބައެއްކަމަށް ގަބޫލުކުރަމުން އަންނަ ޗައިނާއިން ވަނީ އެގައުމުގައި އުފައްދާފައިވާ ވެކްސިން ޓައިވާނަށް ފޯރުކޮށްދިނުމަށް އެތައް ފަހަރަކު މަސައްކަތްކޮށްފައެވެ. ނަމަވެސް ޓައިވާނުން ވަނީ ޗައިނާގެ ވެކްސިންގެ ރައްކާތެރިކަމާއި މެދު ސުވާލު އުފައްދާފައެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ ފަރާތްތައް މެދުވެރިވެގެން ވެކްސިން ގަތުމަށް ޓައިވާނުން ކުރަމުންދާ މަސައްކަތަށް ޗައިނާއިން ހުރަސްއަޅަމުންދާ ކަމަށް ވެސް ޓައިވާނުން ވަނީ ބުނެފައެވެ.

ޖޫން މަހުގެ 6 ވަނަ ދުވަހު އެމެރިކާއިން ވަނީ، 24 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޓައިވާނަށް، 750،000 ޑޯޒްގެ ވެކްސިން ދޭނެކަމަށް ވައުދުވެފައެވެ. ނަމަވެސް ޓައިވާންގެ ހާލަތު ދުވަހަކަށްވުރެ ދުވަހެއް ގޯސްވާން ފަށާފައިވާތީ އެމެރިކާއިން ވަނީ ވެކްސިން ފޯރުކޮށްދޭން ނިންމި އަދަދު ތިން ގުނައަށް އިތުރުކޮށްފައެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ކުށްވެރިއެއް ނޫންކަމަށް ކަނޑައެޅީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ހުކުމް ކުރުމާއެކު ވަގުތުން ފެށީ ރޯން

3

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

4

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

5

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

އިތުރަށް ކިޔާލަން

13 މާރިޗު 2017

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
10 މާރިޗު 2017

ބަޣްދާދީ "ފިލައިފި" ކަމަށް އެމެރިކާއިން ބުނެފި

10 މާރިޗު 2017
ބަޣްދާދީ "ފިލައިފި" ކަމަށް އެމެރިކާއިން ބުނެފި
10 މާރިޗު 2017

އެމެރިކާއިން ސީރިޔާއަށް އިތުރު 400 ސިފައިން ފޮނުވަނީ

10 މާރިޗު 2017
އެމެރިކާއިން ސީރިޔާއަށް އިތުރު 400 ސިފައިން ފޮނުވަނީ
07 މާރިޗު 2017

ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށައިފި

07 މާރިޗު 2017
ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށައިފި
14 ފެބުރުއަރީ 2017

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
04 ފެބުރުއަރީ 2017

މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި

04 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
02 ފެބުރުއަރީ 2017

އެމެރިކާއިން އިރާނަށް "ނޯޓިސް" ދީފި!

02 ފެބުރުއަރީ 2017
އެމެރިކާއިން އިރާނަށް "ނޯޓިސް" ދީފި!
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް