Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލާމަރުކަޒީ ގާނޫނާ ތަޢާރުޟުވާ ގާނޫނުތައް އިސްލާހު

ލާމަރުކަޒީ ގާނޫނާ ތަޢާރުޟުވާ 6 ގާނޫނެއް އިސްލާހުކުރުމަށް އޭޖީން ރައީސް އޮފީހަށް ފޮނުވައިފި

17 ޖޫން 2021 | ބުރާސްފަތި 14:36

2020 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 23 ވަނަ ދުވަހުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި ގާނޫނުތަކަށް އިސްލާހު ގެނައުމަށްޓަކައި ހުށަހަޅަންވާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 17 ޖޫން 2021 | ބުރާސްފަތި 14:36
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ ތަޢާރުޟުވާ 6 ގާނޫނެއް އިސްލާހުކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި އެޓަރނީ ޖެނެރަލް އޮފީހުން ރައީސް އޮފީހަށް ފޮނުވައިފިއެވެ.

މިކަމާއި ގުޅިގެން އޭޖީ އޮފީހުން ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 150 ވަނަ މާއްދާގައި، އެ ގާނޫނާއި އެގާނޫނުގެ މަގުސަދުތަކާ ތަޢާރުޟުވާ ގާނޫނުތައް ފާހަގަކޮށް، އެގާނޫނަށް 9 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށި ތާރީޚުކަމުގައިވާ 2020 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 23 ވަނަ ދުވަހުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި އެފަދަ ގާނޫނުތަކަށް އިސްލާހު ގެނައުމަށްޓަކައި، އޭޖީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށް ބަޔާންކޮށްފައިވާކަމަށެވެ. އެގޮތުގެ މަތިން ގާނޫނާއި އެ ގާނޫނުގެ މަގްސަދުތަކާ ތަޢާރުޟުވާ ގާނޫނުތަކަށް އިސްލާހު ގެނައުމަށްޓަކައި 6 ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ހަމަޖެހިފައިވާކަމަށް އޭޖީ އޮފީހުން ބުނެއެވެ.

Advertisement - newsAdvertisement

މިސަރުކާރު އައުމަށްފަހު ލާމަރުކަޒީ ގާނޫނަށް ވަނީ ބޮޑެތި އިސްލާހުތަކެއް މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ގެނެސްފައެވެ. ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއްދީފައިވާއިރު މިއިސްލާހުތަކާއެކު އިންތިޚާބު ކުރެވުނު ފުރަތަމަ ކައުންސިލްތައް މިހާރު ވަނީ އިންތިޚާބުކުރެވި ހުވާކޮށްފައެވެ. ގާނޫނަށް އަލަށް ގެނައި އިސްލާހާއެކު ތަޢާރުޟުވާ ގާނޫނުތަކަށް އިސްލާހު ގެނައުމުގެ ބިލްތައް މިދިޔަ ދައުރުގެ ޖަލްސާއަށް ވެސް ވަނީ ހުށަހަޅާފައެވެ.

އިސްލާހު ގެނައުމަށް އޭޖީ އޮފީހުން މިހާރު ރައީސް އޮފީހަށް ފޮނުވާފައިވާ މިބިލްތަކަކީ ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުން މިދާ ދެ ވަނަ ދައުރަށް ހުށަހަޅާނެކަމަށް ހާމަކޮށްފައިވާ ބިލްތަކުގެ ތެރޭގައި ހިމެނޭ ބިލްތަކެކެވެ. މިދައުރަށް 19 ބިލެއް ހުށަހަޅާނެކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ. މިދައުރަށް ހުށަހެޅުމަށް ހަމަޖެހިފައިވާ ބިލްތަކުގެ ތެރެއިން 7 ބިލެއް މިހާރު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.

ރައްޔިތުންގެ މަޖިލިސްއެޓަރނީ ޖެނެރަލް

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

01 އޮކްޓޯބަރު 2024

ޣައްޒާގެ ގަތުލުއާންމު މައްސަލައަށް ތަދައްހުލުވުމަށް ރާއްޖެއިން ހުށަހަޅައިފި

01 އޮކްޓޯބަރު 2024
ޣައްޒާގެ ގަތުލުއާންމު މައްސަލައަށް ތަދައްހުލުވުމަށް ރާއްޖެއިން ހުށަހަޅައިފި
16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
29 އެޕްރީލު 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި
28 އެޕްރީލު 2024

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު
24 އެޕްރީލު 2024

އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް

24 އެޕްރީލު 2024
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
02 އެޕްރީލު 2024

އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް

02 އެޕްރީލު 2024
އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް
19 މާރިޗު 2024

މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް

19 މާރިޗު 2024
މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް
12 މާރިޗު 2024

މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި

12 މާރިޗު 2024
މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް