Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނަތަންޔާހޫގެ ވެރިކަން ނިމުމަކަށް

ނަތަންޔާހޫގެ އަނިޔާވެރި ވެރިކަން ނިމުމަކަށް

13 ޖޫން 2021 | އާދީއްތަ 19:55

ކޯލިޝަން ހަދާފައިވަނީ އިދިކޮޅުގައި ހިމެނޭ 8 ޕާޓީ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 13 ޖޫން 2021 | އާދީއްތަ 19:55
އިސްރާއީލްގެ ބޮޑުވަޒީރުކަމާ ދެން ހަވާލުވެ ވަޑައިގަންނަވާނީ ނަފްތާލީ ބެނެޓް

އިސްރާއީލްގެ ބޮޑުވަޒީރުކަމާ ދެން ހަވާލުވެ ވަޑައިގަންނަވާނީ ނަފްތާލީ ބެނެޓް

އިސްރާއީލުގެ ޔަހޫދީ ދައުލަތް ހިންގަމުން އައި ނަތަންޔާހޫގެ 12 އަހަރުވީ ވެރިކަން ނިމުމަކަށް އަތުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން އެކުލަވާލި ސަރުކާރަށް، ކްނެސެޓްގެ އަޣްލަބިއްޔަތު ލިބުނީ ހަނި ފުރުސަތަކުންނެވެ. އިދިކޮޅުން އެކުލަވާލި ސަރުކާރަށް ތާއީދު ނޯންނަ ކަމަށް 59 ވޯޓު ލިބުނު އިރު، ތާއީދު އޮންނަ ކަމަށް ލިބުނީ 60 ވޯޓެވެ. މިއާއެކު 2023 ސެޕްޓެމްބަރުގެ ނިޔަލަށް ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަންނަވާނީ، ކޯލިޝަންގައި ހިމެނޭ ހަރުކަށި ފިކުރުގެ ކަނާތު ފިޔައިގެ ޕާޓީއެއްކަމުގައިވާ ޔަމިނާ ޕާޓީގެ ނަފްތާލީ ބެނެޓް އެވެ.

އަލަށް އުފެއްދި ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އަކީ ޔައިރް ލަޕިދްގެ ޔެޝް އަތިދް ޕާޓީއެވެ. މި ޕާޓީއާއެކު ދެން ކޯލިޝަން ހަދާފައިވަނީ އިދިކޮޅުގައި ހިމެނޭ 8 ޕާޓީއެކެވެ. ގުޅިފައިވާ ސަރުކާރެއް އެކުލާވާލުމަށް މި ޕާޓީތަކުން މިހާރުވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އަލަށް އެކުލަވާ ސަރުކާރުގައި ބޮޑުވަޒީރުގެ މަގާމު އޮންނާނީ ދައުރުވާ ގޮތަށެވެ. ބެނެޓަށްފަހު ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގަންނަވާނީ އިއްތިހާދުގެ އެންމެ ބޮޑު ޕާޓީ ޔެޝް އަޓިޑް ޕާޓީގެ ލީޑަރު ޔައިރ ލަޕިޑްއެވެ.

އުމުރުން 71 އަހަރުފުޅުގެ ނަތަންޔާހޫ ވެރިކަން ކުރައްވާތާ މިހާރު 12 އަހަރު ވެފައިވާއިރު، މިދިޔަ މާޗް މަހު އޮތް ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި އޭނާގެ ޕާޓީއަށް މެޖޯރިޓީ ވޯޓުލިބިފައެއް ނުވެއެވެ. އެއީ ފާއިތުވި ދެ އަހަރު ތެރޭގައި އޭނާގެ ޕާޓީއަށް މެޖޯރިޓީ ނުލިބުނު ހަތަރު ވަނަ އިންތިޚާބެވެ.

މާޗް މަހުގެ އިންތިޚާބުގެ ނަތީޖާއަށް ފަހު ކޯލިޝަން ސަރުކާރެއް ހެދުމުގެ ފުރުސަތު ނަތަންޔާހޫއަށް ލިބުނު ނަމަވެސް އެއްވެސް ޕާޓީއަކުން އޭނާއާއެކު ކޯލިޝަން ސަރުކާރެއް ހަދަން އެއްބަހެއް ނުވިއެވެ.

އެއާއެކު ކުރިން ފިނޭންސް މިނިސްޓަރުކަން ކުރެއްވި ޔައިރް ލަޕިދްއަށް ކޯލިޝަން ސަރުކާރު ހެދުމުގެ ފުރުސަތު ލިބުނީއެވެ.

އިޒްރޭލްނަފްތާލީ ބެނެޓް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
29 ނޮވެމްބަރު 2025

ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

29 ނޮވެމްބަރު 2025
ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
11 ނޮވެމްބަރު 2025

ފަލަސްތީނު ރައްޔިތުންނަށް އަމާޒު ކޮށް މަރުގެ އަދަބު ދެވޭ ބިލެއްގެ ފުރަތަމަ ކިޔުން އިޒްރޭލުގެ ޕާލިމެންޓުން ފާސް ކޮށްފި

11 ނޮވެމްބަރު 2025
ފަލަސްތީނު ރައްޔިތުންނަށް އަމާޒު ކޮށް މަރުގެ އަދަބު ދެވޭ ބިލެއްގެ ފުރަތަމަ ކިޔުން އިޒްރޭލުގެ ޕާލިމެންޓުން ފާސް ކޮށްފި
10 ނޮވެމްބަރު 2025

2014 ވަނަ އަހަރު މަރާލި އިސްރާއިލުގެ ސިފައިންގެ މީހެއް ހަށިގަނޑު ހަވާލުކުރާނެ ކަމަށް ހަމާސްއިން ބުނެފި

10 ނޮވެމްބަރު 2025
2014 ވަނަ އަހަރު މަރާލި އިސްރާއިލުގެ ސިފައިންގެ މީހެއް ހަށިގަނޑު ހަވާލުކުރާނެ ކަމަށް ހަމާސްއިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް