Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑްގައި އިތުރު މީހަކު ނިޔާވުން

ކޮވިޑްގައި އިތުރު މީހަކު ނިޔާވެ އަދަދު 196ށް

ހޮނިހިރު ދުވަހު 4 މީހަކު ނިޔާވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 13 ޖޫން 2021 | އާދީއްތަ 02:37
ހުޅުމާލެ ހޮސްޕިޓަލް - ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ މީހަކު ވަނީ ނިޔާވެފައި

ހުޅުމާލެ ހޮސްޕިޓަލް - ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ މީހަކު ވަނީ ނިޔާވެފައި

ކޮވިޑްގައި އިތުރު މީހަކު ނިޔާވެ އަދަދު 196ށް އަރައިފިއެވެ.

އެޗްޕީއޭއިން ބުނީ ހޮނިހިރު ދުވަހުގެ ރޭގަނޑު 10:00 ހާއިރު ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ 63 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. މިއީ ހޮނިހިރު ދުވަހު ނިޔާވި 4 ވަނަ މީހާއެވެ.

ހޮނިހިރު ދުވަހު ނިޔާވި އިތުރު މީހުންގެ ތެރޭގައި ހިމެނެނީ ލ. ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 92 އަހަރުގެ ދިވެހި ފިރިހެނަކާއި، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ 25 އަހަރުގެ އަންހެނަކާއި، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 84 އަހަރުގެ އަންހެނެކެވެ.

ރާއްޖޭގައި ކޮވިޑް ހަލުވި ކަމާއެކު ފެތުރެމުން އަންނައިރު މި ބަލީގައި ނިޔާވާ މީހުންގެ އަދަދު ވެސް ދަނީ އިތުރު ވަމުންނެވެ. އެގޮތުން އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ކޮވިޑްގައި އެންމެ ގިނަ އަދަދަކަށް މީހުން ނިޔާވީ މެއި މަހުގައެވެ.

ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރ އަޙުމަދު ޝަހީދު ވިދާޅުވީ މިހާރު ހެދިފައިވާ އެނަލިސިސްތައް ދައްކާގޮތުން އޭޕްރީލް މަހުގެ 28ން ފަށައިގެން ޖޫން މަހުގެ 5އާ ހަމައަށް 111 މީހުން ނިޔާވެފައިވާ ކަމަށެވެ.

އަދި 80 އަހަރުން މަތީގެ 30 މީހުން ނިޔާވެފައިވާ ކަމަށާއި، 65 އަހަރާއި 80 އަހަރާ ދެމެދުގެ 37 މީހުން ނިޔާވެފައިވާ ކަމަށެވެ. އަދި ނިޔާވި 60 އިންސައްތަ މީހުންނަކީ 65 އަހަރުން މަތީގެ މީހުން ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ނިޔާވި 30 އިންސައްތަ މީހުންނަކީ އުމުރުން 40 އަހަރާއި 65 އަހަރާ ދެމެދުގެ މީހުން ކަމަށާއި، 20 އިންސައްތައަކީ 40 އަހަރުން ދަށުގެ މީހުން ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

ކޮވިޑް-19ކޮވިޑް19ހުޅުމާލެ މެޑިކަލް ފެސިލިޓީހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓާރ (އެޗް.އީ.އޯ.ސީ)ހެލްތު ޕްރޮޓެކްޝަން އެޖެންސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު