Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފިޝަރީޒް މިނިސްޓަރަށް ރުހުންދިނުން

ފިޝަރީޒް މިނިސްޓަރ ޑރ ހުސައިން ރަޝީދަށް ރުހުން ދިނުމަށް ކޮމިޓީން ފާސްކޮށްފި

ޑރ ހުސައިން ރަޝީދަށް ރުހުންދިނުމަށް ފާސްވީ ކޮމިޓީގެ އަޣުލަބިއްޔަތުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 12 ޖޫން 2021 | ހޮނިހިރު 04:13
ފިޝަރީޒް މިނިސްޓަރ ޑރ ހުސައިން ރަޝީދު ހަސަން

ފިޝަރީޒް މިނިސްޓަރ ޑރ ހުސައިން ރަޝީދު ހަސަން

މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގަރިކަލްޗަރ ޑރ ހުސައިން ރަޝީދު ހަސަން އަށް ރުހުން ދިނުމަށް އެކަން ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިއެވެ.

ޑރ ހުސައިން ރަޝީދަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރުމުގެ ކޮމިޓީ ބައްދަލުވުން ބާއްވާފައިވަނީ ހުކުރު ދުވަހުއެވެ. އޮންލައިންކޮށް ކުރިޔަށްދިޔަ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެމްބަރ މުހައްމަދު ފަލާހު ވިދާޅުވީ ޑރ ހުސައިން ރަޝީދަށް ރުހުންދިނުމުގެ ކަންތަކުގައި ކުރިން އަރާފައިވާ އޮޅުންތައް މިހާރު ސާފުވެފައިވާ ކަމަށެވެ. އެގޮތުން މިނިސްޓަރގެ އެއްވެސް ހިއްސާއެއް ކުންފުންޏެއްގައި ނެތްކަން އިކޮނޮމިކް މިނިސްޓްރީން ސާފުކޮށްދެއްވާފައިވާކަމަށް ފަލާހު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރާއި ގުޅޭގޮތުން ކަންކަން ސާފުވެފައިވާތީ މިނިސްޓަރަށް ރުހުން ދިނުމަށް ފެންނަކަމަށް ހުށަހެޅުއްވީ ދަނގެތީ ދާއިރާގެ މެމްބަރ މުހައްމަދު ނާޒިމެވެ. ނާޒިމްގެ ހުށަހަޅުއްވުމަށް ތާއީދުކުރެއްވީ ފުވައްމުލަކު މެދުދާއިރާގެ މެމްބަރ ހުސައިން މުހައްމަދު ދީދީއެވެ. މިއާއެކު މިނިސްޓަރަށް ރުހުން ދިނުމަށް ފެނޭތޯ ވޯޓަށް އެހުނެވެ. މިވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣްލަބިއްޔަތުން ފާސްވީ ފިޝަރީޒް މިނިސްޓަރ ޑރ ހުސައިން ރަޝީދަށް ރުހުން ދިނުމަށް ފެންނަކަމަށެވެ.

މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގަރިކަލްޗަރ ގެ މަގާމަށް ޑރ ހުސައިން ރަޝީދު ހަސަން އައްޔަނުކުރެއްވީ މެއި މަހުގެ 5 ވަނަ ދުވަހުއެވެ. ފިޝަރީޒް މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޑރ ހުސައިން ހުންނެވީ އެންވައިރުންމެންޓް މިނިސްޓަރު ކަމުގެ މަގާމުގައެވެ. ޑރ ހުސައިނަކީ މީގެ ކުރިންވެސް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެއީ ރައީސް ނަޝީދުގެ ދައުރުގައެވެ.

ޑރ ހުސައިން ރަޝީދު ހަސަން ފިޝަރީޒް މިނިސްޓަރަކަށް އައްޔަން ކުރެއްވީ ކުރިން އެމަގާމުގައި ހުންނެވި ޒަހާ ވަހީދު "އިސްތިއުފާ" ދެއްވުމުންނެވެ. ރައީސް އޮފީހުން ބުނެފައިވަނީ ޒަހާގެ އިސްތިއުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ލިބިވަޑައިގަތުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ "ވަޒީރުކަމުގެ މަގާމުގައި ހުންނަވައިގެން ޒަހާ ވަހީދު ކޮށްދެއްވި އިޚްލާސްތެރި ޚިދުމަތްތަކަށް" ޝުކުރުއަދާކުރައްވާފައި ކަމަށެވެ.

ޒަހާ "އިސްތިއުފާ" ދެއްވީ ކެބިނެޓާއި ސިޔާސަތުތަކަށް ބަދަލު ގެނެސް ސަރުކާރު ހިންގުން ހަރުދަނާކުރުމުގެ ވިސްނެވުންތަކެއް ރައީސް ގެންގުޅުއްވާ ކަން ރައީސް އޮފީހުން އިއުލާންކޮށްފައި ވަނިކޮށެވެ. ބޭނުމަކީ ރައީސް ވެވަޑައިގެންފައިވާ ވައުދުތައް އަވަހަށް ފުއްދަވައި ރައްޔިތުން އެދޭ ފަދަ ނަތީޖާއެއް ނެރެދެއްވުމެވެ.

ރައްޔިތުންގެ މަޖިލިސްފިޝަރީޒް މިނިސްޓަރ

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު