Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލީހުން ކުރިޔަށްގެންދާ އިންކުއަރީ

241 ކޮމިޓީން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްއާ ސުވާލުކޮށްފި

އިންކުއަރީއަށް ހާޒިރުކުރާނެ 29 ސިފައިން ކަމަށް ބުނެފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 8 ޖޫން 2021 | އަންގާރަ 07:23
241 ކޮމިޓީން ކުރިޔަށް ގެންދާ އިންކުއަރީގައި ސުވާލުކުރުން

241 ކޮމިޓީން ކުރިޔަށް ގެންދާ އިންކުއަރީގައި ސުވާލުކުރުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ސެކިޔުރިޓީ ފެއިލްވިގޮތުގެ އިންކުއަރީ ކުރިޔަށްގެންދާ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވަޑައިގެން ކޮމިޓީގެ ސުވާލުތަކަށް ޖަވާބު ދެއްވައިފިއެވެ.

241 ކޮމިޓީން ކުރިޔަށްގެންދާ އިންކުއަރީއަށް މިހާތަނަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް ޢަބްދުއްލަތީފްއާއި މާލެ ސިޓީގެ ކުރީގެ މޭޔަރ ޝިފާ މުހައްމަދާއި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މުޙައްމަދު އަސްލަމްގެ އިތުރުން ޕޮލިސް ކޮމިޝަނަރު މުޙައްމަދު ޙަމީދު ވެސް ވަނީ ކޮމިޓީއަށް ވަޑައިގަންނަވާފައެވެ. ކޮމިޓީގެ ބައްދަލުވުންތައް ކުރިޔަށްދަނީ މީޑިޔާއަށް ނުވަދެވޭ ގޮތަށް ސިއްރުކޮށްގެންނެވެ. މި ތަހުގީގަށް ފުލުހުންނާއި ސިފައިންގެ އިތުރުން ކަމާގުޅުންހުރި އިދާރާތަކުގެ ބޭފުޅުން ހާޒިރުކޮށް ސުވާލުކުރުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނުގެ ސެކިއުރިޓީ ފެއިލްވި ގޮތާ ގުޅިގެން ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ކުރިޔަށް ގެންދާ އިންކުއަރީގައި އެމްއެންޑީއެފްގެ އޮފިސަރުންގެ ތެރެއިން 29 ބޭފުޅަކާ ސުވާލުކުރުމަށް ކޮމިޓީން ނިންމާފައިވާކަމަށް ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވަނީ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ. އަސްލަމް ވިދާޅުވީ އެ އަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ. އެންމެ ފުރަތަަމަ ކޮމިޓީން ނިންމާފައިވަނީ 29 އޮފިސަރުންނާ ސުވާލުކުރުމަށް ކަމަށެވެ. އެހެންނަމަވެސް އިންކުއަރީއަށް ބޭނުންވާ މައުލޫމާތު ލިބޭ ކަމަށް ކޮމިޓީއަށް ގަބޫލުކުރެވޭ ކަމަށްވާނަމަ ދެން މައުލޫމާތު ސާފުކުރުމަށް ބޭނުންވާ އެހެން އޮފިސަރުންގެ ފަރާތުން މައުލޫމާތު ސާފުނުކޮށް ވެސް ހިނގައިދާނެކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ލިޔެކިޔުމުން ލިބިފައިވާ މައުލޫމާތުގެ އަލީގައި ފާހަގަކުރެވޭ ބައެއް ބޭފުޅުންނަށް ބައެއް މަގާމުތަކުގެ މަސްއޫލިއްޔަތު އަދާކުރައްވައި އެ ބޭފުޅުންނަށް މިހާރު ސުވާލުކުރުމަށް ދަންނަވަމުން ގެންދަވާކަމަށެވެ. އަދި އިތުރަށް އިންޓަރވިއުތަކުން ފާހަގަކުރެވޭ ކަންކަމާއި އެނގިގެންދާ ކަންކަމުގެ މައްޗަށް ބިނާކޮށް ސުވާލުކުރަން ބޭނުންވާ ފަރާތްތަކަށް ބަދަލު އަންނަމުންދާ ކަމަށް އަސްލަމް ވިދާޅުވިއެވެ. މީގެއިތުރުން ސުވާލުކުރުމަށް ވަކި އަދަދެއް ކޮމިޓީން ނިންމާފައިނުވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އިންކުއަރީގައި އެކި ފަރާތްތަކާ ސުވާލުކުރުމަށް ފަށާފައިވަނީ މެއި މަހުގެ 5 ވަނަ ދުވަހުން ފެށިގެންނެވެ. 

ރައްޔިތުންގެ މަޖިލިސްރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ

އިތުރަށް ކިޔާލަން

16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
29 އެޕްރީލު 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި
28 އެޕްރީލު 2024

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު
24 އެޕްރީލު 2024

އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް

24 އެޕްރީލު 2024
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
02 އެޕްރީލު 2024

އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް

02 އެޕްރީލު 2024
އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް
19 މާރިޗު 2024

މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް

19 މާރިޗު 2024
މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް
13 މާރިޗު 2024

މެއި 6 ޙަމަލާ: ސީނުން މާއްދީ ހެކި ނެގި ފަރާތުގެ ހެކިބަސް ނަގައިފި

13 މާރިޗު 2024
މެއި 6 ޙަމަލާ: ސީނުން މާއްދީ ހެކި ނެގި ފަރާތުގެ ހެކިބަސް ނަގައިފި
12 މާރިޗު 2024

މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި

12 މާރިޗު 2024
މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު