Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެކްސިން ޖެހި މީހުން

އަންގާރަ ދުވަހު 1132 މީހުން ވެކްސިން ފުރިހަމަ ކޮށްފި

3 ޖޫން 2021 | ބުރާސްފަތި 02:25

ދެވަނަ ޑޯޒު ޖެހި މީހުންގެ ތެރެއިން 246 މީހުން ވެކްސިން ޖެހީ މާލެ ސަރަހައްދުން

އަމްނާ އިމާދު
އަމްނާ އިމާދު | 3 ޖޫން 2021 | ބުރާސްފަތި 02:25
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ

ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ

އަންގާރަ ދުވަހު މުޅި ރާއްޖެއިން 1132 މީހުން ކޮވިޑް-19އާ ދެކޮޅަށް ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އަންގާރަ ދުވަހު މުޅި ރާއްޖެއިން ވެކްސިން ޖެހީ ޖުމްލަ 1،378 މީހުންނެވެ. އެއީ ފުރަތަމަ ޑޯޒު ޖެހި 246 މީހުންނާއި ދެވަނަ ޑޯޒު ޖެހި 1،132 މީހުންނެވެ. ފުރަތަމަ ޑޯޒު ޖެހި 246 މީހުންގެ ތެރެއިން 46 މީހުން ވެކްސިން ޖެހީ މާލެއިންނެވެ. އަދި 200 މީހުން ވެކްސިން ޖަހާފައިވަނީ އަތޮޅުތެރެއިންނެވެ. އަދި ދެވަނަ ޑޯޒު ޖެހި މީހުންގެ ތެރެއިން 246 މީހުން ވެކްސިން ޖެހީ މާލެ ސަރަހައްދުންނެވެ. އަދި 886 މީހުން ވެކްސިން ޖަހާފައިވަނީ އަތޮޅުތެރެއިންނެވެ.

Advertisement - newsAdvertisement

މިހާތަނަށް ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު 310،405ށް އަރާފައިވާއިރު އޭގެތެރެއިން 168،889 މީހުން ވަނީ ދެވަނަ ޑޯޒު ޖަހާފައެވެ.

ރާއްޖޭގައި ކޮވިޝީލްޑްގެ އިތުރުން ފައިޒަރ އަދި ސިނޮފަރމް ވެކްސިނަށް ހުއްދަ ދީފައިވާއިރު، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)ން ވަނީ ރަޝިއާގެ ސްޕަޓްނިކް ވެކްސިން ވެސް ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ވެސް ދީފައެވެ. މިވަގުތު ރާއްޖޭގައި ޖަހަމުން އަންނަނީ ފައިޒާ، ސިނޮފާމް، އަދި ކޮވިޝީލްޑް ވެކްސިނެވެ.

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒު އެންމެނަށް ނުޖެހެނީސް އެ ވެކްސިން ހުސްވެފައިވާއިރު އެ ވެކްސިން ދެން ލިބޭނެ ދުވަހެއް ނޭނގޭ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. ބަދަލުގައި އެސްޓްރަޒެނެކާ ވެކްސިން ޖެހޭނެ ކަމަށް ބުނެފައިވާއިރު އެ ވެކްސިން ގެނައުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ. އެކަމަކު އަންނަ މަހުގެ ފުރަތަމަ ހަފްތާގައި ވެސް ވެކްސިން ނުލިބޭނެ ކަމަށް ހެލްތު މިނިސްޓަރ ނަސީމް ވިދާޅުވެފައިވެއެވެ.

މިދިޔަ ފެބްރުއަރީ 1 ވަނަ ދުވަހުން ފެށިގެން ކޮވިޝީލްޑް ވެކްސިން ޖަހަން ފަށާފައިވާއިރު، އޭގެ ދެވަނަ ޑޯޒް ޖެހޭނީ ވެކްސިން ޖަހާތާ 8 ހަފްތާއާއި 16 ހަފްތާއާ ދެމެދުގެ މުއްދަތެއްގައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް