Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުހުޅުމާލެ މެޑިކަލް ފެސިލިޓީގެ ހާލަތު

''އެންމެ ހިތް ދަތިވަނީ ފަހުނޭވާލާ ތަން ބަލަން''

3 ޖޫން 2021 | ބުރާސްފަތި 03:30

ހުޅުމާލޭގެ މެޑިކަލް ފެސިލިޓީގައި ޚިދުމަތްތައް ފުރިހަމަ، ވަސީލަތްތައް ވަނީ ގާއިމްކުރެވިފައި

އަމްނާ އިމާދު
އަމްނާ އިމާދު | 3 ޖޫން 2021 | ބުރާސްފަތި 03:30
ހުޅުމާލެ މެޑިކަލް ފެސިލިޓީ، އާއްމު ރައްޔިތުންގެ އެއްބާރުލުން ބޭނުންވޭ

ހުޅުމާލެ މެޑިކަލް ފެސިލިޓީ، އާއްމު ރައްޔިތުންގެ އެއްބާރުލުން ބޭނުންވޭ

ހާލަތު ގޯސްވެއްޖެއެވެ. ކޮންޓްރޯލް ނައްޓައިގެން ގޮސްފިކަމުގެ އިންޒާރު ސިއްޚީ މާހިރުން ދަނީ ދެމުންނެވެ. ކޮވިޑްގެ ހާލަތު އަތުން ދޫވެ، އެންމެންގެ އެއްބާރުލުމަށް ސިއްހީ ޚިދުމަތްތެރިން ތިބީ އެދިއެދިއެވެ. ބައްޔަށް ހުށަހެޅޭ މީހުން އިތުރުވެ، ބަލީގައި ދުނިޔެ ދޫކޮށްދާ މީހުންގެ ރޭޓް މަތިވީއެވެ. ފާއިތުވި މަސްދުވަހުގެ ތެރޭގައި ގިނަ ބަޔަކު އަޅުގަނޑުމެންނާ ދާއިމަށް ވަކިވެދިޔައީއެވެ. މި ފަނާވަނިވި ދުނިޔެއަށް އަލްވަދާއު ކީއެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ''ހުޅުމާލެ މެޑިކަލް ފެސިލީޓީ'' ގައި ފަރުވާ ހޯދަމުން ދިޔަ މީހަކު ނިޔާވި ޚަބަރު ނީވޭ ދުވަހެއް މަދުވާނެއެވެ. މިއާއެކު ހުޅުމާލެ މެޑިކަލް ފެސިލިޓީން ގިނަ ބަޔަކު ނިޔާވަނީ ކީއްވެތޯއާއި، ދެމުންދާ ޚިދުމަތްތަކާ ބެހޭ ގޮތުން ސުވާލު އުފައްދާފައިވެއެވެ.

''އެންމެ ހިތް ދަތިވަނީ ފަހުނޭވާލާތަން ބަލަން'' މިއީ އޭނަ ވާހަކަ ފެށިގޮތެވެ. ނަން ނުޖެހުމަށް ޝަރުތުކޮށް އޭނާ ކިޔައިދިން ގޮތުގައި ހުޅުމާލޭގެ މެޑިކަލް ފެސިލިޓީގައި ޚިދުމަތްތައް ފުރިހަމައެވެ. ވަސީލަތްތައް ވަނީ ގާއިމުކުރެވިފައެވެ. ނަމަވެސް ބަލި ޖެހޭ މީހުންގެ ރޭޓް އިންތިހާއަށް ގިނަވެ، ގިނަ ބަޔަކު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓް ކުރިއެވެ. ގިނަ ބަލި މީހުންނަކީ ދާއިމީ ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނަށްވާތީ އެމީހުންނަށް ޚާއްސަ އިސްކަމެއް ދޭން ޖެހެއެވެ. މީގެ ތެރޭގައި ޑަޔަލިސިސް ހަދާ މީހުންނާއި، ލޭ މައްޗަށްދާ މީހުންނާއި، ހަކުރު ބަލި ފަދަ ބަލިތައް ހުރި މީހުން ހިމެނެއެވެ. އަދި އަމިއްލައަށް ތެދުވެ ނޫޅެވޭ ވަރުގެ އުމުރުން ދުވަސްވީ ބަލި މީހުން ތިބިކަން އޭނާ ފާހަގަކުރިއެވެ.

ސިއްހީ ޚިދުމަތްތެރިޔާ ބުނި ގޮތުގައި މެއި މަހަކީ ބިރުވެރި ހިތް ދަތިމަހެކެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކޮންމެވެސް މީހެއްގެ މާމައެއް، ކާފައެއް، މަންމައެއް ނުވަތަ ބައްޕައެއް މަރުވާ މަންޒަރު ލޮލަށް ފެންނަ ކަމަށާއި، އެވަގުތު ސިފަ ކުރަން ވެސް ނޭނގޭ ކަމަށެވެ. އޭނާ ކިޔައިދިން ގޮތުގައި އުމުރުން ދުވަސްވީ ބައެއް މީހުން ހާލު ސިރިއަސްވެ ކުއްލި ގޮތަކަށް ނިޔާވެސްވެފައި އެބަހުއްޓެވެ. އޮކްސިޖަން ލެވަލް އިންތިހާއަށް ދަށްވެ ފުރާނަ ދަނީއެވެ.

މި ޚިދުމަތްތެރިޔާ ބުނިގޮތުގައި މެއި މަހުގެ ތެރޭގައި ނަރުހުންނާއި ޑޮކްޓަރުންނަށް އެކަށީގެންވާ ގޮތެއްގައި ޙިދުމަތް ދެވޭ ވަރަށް ވުރެ ކޮވިޑަށް ފަރުވާ ހޯދަން އެޑްމިޓްކުރި މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އެހެންކަމުން ޚިދުމަތްތެރިން ވީ މަދެވެ. ކޮންމެ ނަރުހަކަށް 10 ޕޭޝަންޓު ބަލަން ޖެހުނު ދުވަސްތައް އައިކަން އޭނާ ފާހަގަކުރިއެވެ. ނަމަވެސް މިހާރު ސިއްހީ ޚިދުމަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ނަރުސްކަން ކިޔަވާ ކުދިން ވަނީ ވޮލަންޓިއަރުންގެ ގޮތުގައި ފްރޮންޓްލައިނަށް ނެރެފައެވެ. އަދި މި މިފަރާތްތަކަށް އިތުރަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބަލި މީހުންނަށް އިތުރަށް އަޅާލުމަށްޓަކައި އިތުރު ވޮލަންޓިއަރުން ވެސް ވަނީ މިހާރު ފެސިލިޓީގައި މަސައްކަތްކުރަން ފަށާފައެވެ.

ސިއްހީ ޚިދުމަތްތެރިޔާ ކިޔައިދިން ގޮތުން ފެސިލިޓީގައި ސާފުތާހިރުކަން ކުޑައެއް ނޫނެއެވެ. އަބަދުވެސް ސާފުކުރާ މީހުންނާއި، ފެސިލިޓީގެ ކަންކަން ބަލަހައްޓާ މީހުން އުޅެއެވެ. ނަމަވެސް ގިނަ ބަޔަކު އުޅޭ ތަނަކަށްވާއިރު، ކޮންމެވެސް ކަހަލަ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް އޭނާ ބުނެއެވެ. އަދި އެއީ އެތަނެއްގެ އުޅޭ ބައެއްގެ ސާފުތާހިރުކަމަށް ކަންކަން ޑިޕެންޑްވާ ކަމަށެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ގާއިމްކޮށްފައިވަނީ ބްލޮކް ތަކަކަށް ބަހައިގެންނެވެ. އެގޮތުން އޭ ބްލޮކް 1، 2، 3 ހިމެނޭއިރު، ބީ-ބްލޮކްގައި އަވަސްފަރުވާއަށް ވަނީ ޚާއްސަ ކޮށްފައެވެ. އަދި އޭ ބްލޮކްގެ ގްރައުންޑްގައި ގާއިމުކޮށްފައިވަނީ އައިސީޔޫއެވެ. ފެސިލިޓީން އެއްވެސް ވަރަކަށް ބޭރު ނުފެނުނު ކަމުގައި ވީނަމަވެސް އޭ ބްލޮކް 1، 2، 3 އަކީ ޖާގަ ތަނަވަސް ތަނެއް ކަމަށާއި އެތަނުގައި ކެރަމް ބޯޑް، ތާސް ފަދަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ބިރުވެރި ހާލަތުން އަރައިގަތުމަށް ސިއްހީ ޚިދުމަތްތެރިން ހޭބޯނާރާ ދަނީ މަސައްކަތް ކުރަމުންނެވެ. ވަރުބަލިވި ނަމަވެސް އެކަމެއް ނުދައްކައެވެ. އެ ޚިދުމަތްތެރިންގެ ފުރާނަ ވެސް ނުރައްކަލުގެ ތެރެއަށް ވައްޓާލުމަށްފަހު، އާއިލާއާ ދުރުގައި އެތައް މަސްދުވަސްދުވަސް ހޭދަކުރަމުންދާއިރު، ޚިދުމަތްތެރިން އެދެމުންދަނީ އާއްމު ރައްޔިތުންގެ އެއްބާރުލުމަށެވެ.  

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

30 ޖޫން 2017

އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

30 ޖޫން 2017
އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް
25 ޖޫން 2017

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!
29 މެއި 2017

ބަންގި ގޮވާ އަޑު އިވިގެން އިސްލާމްދީނަށް ހިތްޖެހުނު އެމެރިކާ މީހެއްގެ ވާހަކަ!

29 މެއި 2017
ބަންގި ގޮވާ އަޑު އިވިގެން އިސްލާމްދީނަށް ހިތްޖެހުނު އެމެރިކާ މީހެއްގެ ވާހަކަ!
26 މެއި 2017

ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!

26 މެއި 2017
ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!
19 މެއި 2017

ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

19 މެއި 2017
ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!
15 މެއި 2017

ތަން ތަގެ ރަޓާ ލެބީގެން ނުން މަން މަގެ ރަޓާ އާއި ދާއިރާ ލެބެންނާ

15 މެއި 2017
ތަން ތަގެ ރަޓާ ލެބީގެން ނުން މަން މަގެ ރަޓާ އާއި ދާއިރާ ލެބެންނާ
15 މެއި 2017

ރިލުވާނާއި ޔާމީންގެ މަންމަގެ އިހްސާސްތައް، ހިތްފަޅައިގެން ހިނގައްޖެ!

15 މެއި 2017
ރިލުވާނާއި ޔާމީންގެ މަންމަގެ އިހްސާސްތައް، ހިތްފަޅައިގެން ހިނގައްޖެ!
28 ފެބުރުއަރީ 2017

ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

28 ފެބުރުއަރީ 2017
ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!
23 ޖެނުއަރީ 2017

ކިތަންމެ އަނިޔާއެއް ކުރިނަމަވެސް ރާއްޖޭޓީވީގެ ނޫސްވެރިން ފަހަތަކަށް ނުޖެހޭނެ

23 ޖެނުއަރީ 2017
ކިތަންމެ އަނިޔާއެއް ކުރިނަމަވެސް ރާއްޖޭޓީވީގެ ނޫސްވެރިން ފަހަތަކަށް ނުޖެހޭނެ
18 ޖެނުއަރީ 2017

ރިލްވާނުގެ 31 ވަނަ އުފަން ދުވަސް: މާޔޫސްކަމާއި ހިތްދަތި ދުނިޔެއެއްގައި މަޔެއް!

18 ޖެނުއަރީ 2017
ރިލްވާނުގެ 31 ވަނަ އުފަން ދުވަސް: މާޔޫސްކަމާއި ހިތްދަތި ދުނިޔެއެއްގައި މަޔެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް