Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެމްޕީއާރްސީ ޚިޔާނާތް

ބޮޑު ޚިޔާނާތުގެ މައްސަލައިގައި ތުހުމަތެއް ނެތް ފަރާތްތަކަށް އެކަން އަންގަނީ

1 ޖޫން 2021 | އަންގާރަ 15:34

މި މައްސަލައިގައި އެކުންފުންޏާއި ދެކޮޅަށް ކުރާނެ ތުހުމަތެއް ނެތް ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ނިންމާފަ

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 1 ޖޫން 2021 | އަންގާރަ 15:34
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ބޮޑު ޚިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މިންވަރަށް ހެކި ލިބިފައިނުވާ ފަރާތްތަކަށް, މައްސަލަ ތަހުގިގު ކުރާ ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ (އެސެޓް ރިކަވަރީ ކޮމިޝަން) އިން އެކަން އަންގަން ފަށައިފިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރްސީ)ގެ މައްސަލައިގައި, އެސް.އޯއެފް ޕްރައިވެޓް ލިމިޓެޑުން 2014 ވަނަ އަހަރު އަދި 2015 ވަނަ އަހަރު  ޑޮލަރު ދޫކުރި ފަރާތްތަކާ ގުޅޭ ގޮތުން އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ތަހުގީގު ކޮށްފައެވެ. މި ތަހުގީގަށް ފަހު, އެ ފައިސާއަކީ ޚިޔާނާތުގެ ފައިސާކަން ކަށަވަރު ނުކުރެވޭ ފަރާތްތަކަށް އެކަމުގެ ލިޔުން އެ ކޮމިޝަނުން މިހާރު ވަނީ ފޮނުވަން ފަށާފައެވެ.

Advertisement - newsAdvertisement

އެގޮތުން އެސް.އޯ.އެފުން 105,000 (އެއްލައްކަ ފަސް ހާސް) ޔޫއެސް ޑޮލަރު ދޫކުރި ކުންފުންޏެއް ކަމަށްވާ ސިރިއަސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް, އެ މައްސަލައިގައި ތުހުމަތު ކުރެވޭނެ ތަނެއް ނެތް ކަމުގެ ސިޓީއެއް އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ފޮނުވާފައެވެ.

އަންގާރަ ދުވަހު ފޮނުވި ސިޓީގައި, އެސްއޯއެފުން އެކުންފުންޏަށް ދޫކޮށްފައިވާ ޑޮލަރާ ގުޅޭގޮތުން ތަހުގީގަށް ހުށަހަޅާފައިވާ ލިޔުންތަކާއި, ބޭންކްތަކުގެ ލިޔުންތަކާއި, ޑޮލަރު ވިއްކާފައިވާ ގޮތާއި, ނަގުދު ފައިސާއިން މުއާމަލާތުކޮށްފައިވާ ގޮތަށް ބަލާއިރު, އެ ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތުތަކެއްގެ ތެރެއިން, އެ ކުންފުންޏަށް ދޫކޮށްފައިވާ ފައިސާކަމަށް ބެލެވޭނެ އެކަށީގެންވާ ސަބަބުތަކެއް ހުރިކަން ތަހުގީގަށް ސާބިތުވެފައި ވާކަމަށް ބުނެފައިވެއެވެ.

ތަހުގީގަށް ލިބިފައިވާ ހެކިތަކަށް ރިއާޔަތް ކޮށް ކޮމިޝަންގެ ސިޓީގައި ބުނެފައި ވަނީ ސިރިއަސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ފައިސާއަކީ ޑޮލަރުގަތުމުގެ މުއާމަލާތެއް ފިޔަވައި އެހެން ބޭނުމެއްގައި ދީފައިވާ ފައިސާއެއް ކަމަށް ބެލެވޭނެ ސަބަބެއް ނެތް ކަމަށެވެ. އެހެން ކަމުން މި މައްސަލައިގައި އެކުންފުންޏާއި ދެކޮޅަށް ކުރާނެ ތުހުމަތެއް ނެތް ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ނިންމާފައެވެ.

ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިންގާފައިވާ ޚިޔާނާތާއި، ދަޢުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ މައްސަލަތައް ތަހުޤީޤުކޮށް، އިންސާފު ޤާއިމުކޮށްދިނުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހްގެ ވައުދެކެވެ. އެސެޓް ރިކަވަރީ ކޮމިޝަންއަކީ މި ވައުދުގެ ދަށުން ރައީސް އުފެއްދެވި ކޮމިޝަނެކެވެ. އެ ކޮމިޝަނެއް އުފައްދަވާފައި ވަނީ 17 ނޮވެންބަރު 2018 ގައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް