Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ އަންއެމްޕްލޯއިމެންޓް ރޭޓް

މި އަހަރު ރާއްޖޭގެ އަންއެމްޕްލޯއިމެންޓް ރޭޓް ދަށްވާނެ - ފިނޭންސް

1 ޖޫން 2021 | އަންގާރަ 07:57

އިގުތިސާދު ކުރިއަރަންފަށައި އޭގެ އަސަރު ވަޒީފާތަކަށް ވަނީ ކޮށްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 1 ޖޫން 2021 | އަންގާރަ 07:57
މަސައްކަތްތެރިންގެ މުޒާހަރާގެ ތެރެއިން

މަސައްކަތްތެރިންގެ މުޒާހަރާގެ ތެރެއިން

މިއަހަރުގެ ތެރޭގައި ރާއްޖޭގެ އަންއެމްޕްލޯއިމެންޓް ރޭޓް ދަށްވެ، އެމްޕްލޯއިމެންޓް ރޭޓް މަތިވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް އިން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން މިއަހަރު ރައްޖޭގެ އިގުތިސާދު ރަނގަޅުވާނެ ކަމަށް ލަފާކުރެވިފައިވާތީ މި އަހަރުގެ ތެރޭގައި އަންއެމްޕްލޯއިމެންޓް ދަށްވެ، އެމްޕްލޯއިމެންޓް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

Advertisement - newsAdvertisement

ފިނޭންސް އިން އާންމުކޮށްފައިވަ މައުލޫމާތުތައް ދައްކާގޮތުން 2020 ވަނަ އަހަރުގެ މެދުތެރޭގައި ރާއްޖޭގެ އެމްޕްލޯއިމެންޓް ރޭޓް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސް، އަންއެމްޕްލޯއިމެންޓް ރޭޓް މަތިވާން ފަށާފައެވެ. އެގޮތުން ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލުނު އަދި މުސާރައިން އުނިކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދޫކުރުމަށް އެކުލަވާލި ޖޮބްސެންޓަރުގެ ޕޯޓަލްގައި އޭޕްރިލް މަހުން ފެށިގެން މީހުން ރަޖިސްޓްރީވަމުން ދިޔައިރު، ފުރަތަމަ ތިން މަހު ރަޖިސްޓްރީވި މީހުންނަށް ވުރެ ކުރިއަށް އޮތް ފަސް މަހު ރަޖިސްޓްރީވި މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެގެން ދިޔައެވެ.

އޭޕްރިލް މަހު 3،861 މީހުން ޖޮބްސެންޓަރުގައި ރަޖިސްޓްރީވެފައިވާއިރު، މެއި މަހު ރަޖިސްޓްރީވެފައި ވަނީ 4،092 މީހުންނެވެ. އަދި ޖޫން މަހު 3،871 މީހުން ވަނީ ޖޮބްސެންޓަރުގައި ރަޖިސްޓްރީވެފައެވެ. ޖުލައި މަހުން ފެށިގެން ޖޮބްސެންޓަރުގައި ރަޖިސްޓްރީވާ މީހުންގެ އަދަދު އިތުރުވާން ފަށާފައިވާއިރު، އެމަހު އެކަނިވެސް 12،095 މީހުން ވަނީ ޖޮބްސެންޓަރުގައި ރަޖިސްޓްރީވެފައެވެ. އޮގަސްޓް މަހު 13،806 މީހުން، ސެމްޓެމްބަރު މަހު 13،149 މީހުން އަދި އޮކްޓޫބަރު މަހު 13،162 މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ. ނޮވެމްބަރު މަހުން ފެށިގެން މިއަަދަދު ދަށްވާން ފެށިއިރު، އެމަހު ރަޖިސްޓްރީކޮށްފައި ވަނީ 12،804 މީހުންނެވެ. އަދި ޖެހިގެން އައި ޑިސެމްބަރު މަހު މި އަދަދު ވަނީ 7،818ށް ދަށްވެފައެވެ.

ފިނޭންސް އިން ބުނީ މިދިޔަ އަހަރުގެ ޖޫން މަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރަން ފެށުމާއި ސަރުކާރުން އިކޮނޮމިކް ރިކަވަރީ އަދި އިކޮނޮމިކް ސްޓިމިއުލަސް ޕެކޭޖްތައް ތައާރަފުކުރުމުން، އިގުތިސާދު ކުރިއަރަންފަށައި އޭގެ އަސަރު ވަޒީފާތަކަށް ކޮށްފައިވާކަމަށެވެ.

ޕެންޝަން އޮފީހުގައި ރަޖިސްޓަރ ކޮށްފައިތިބި މުވައްޒަފުންގެ އަދަދު މި ދިޔަ އަހަރު ދަށަށް ދިޔަ ނަމަވެސް މިއަހަރުގެ ފެބްރުއަރީ މަހު އެ އަދަދު 2019 ވަނަ އަހަރާ އެއްވަރަށް މަތިވެފައިވާކަމަށް ފިނޭންސް އިން ފާހަގަކުރެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް