Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެކްސިން ޖެހި މީހުން

ހުކުރު ދުވަހު 341 މީހުން ކޮވިޑާ ދެކޮޅަށް ވެކްސިން ޖަހައިފި

30 މެއި 2021 | އާދީއްތަ 06:16

ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ 309،022ށް އަރާފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 30 މެއި 2021 | އާދީއްތަ 06:16
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭނުގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް

ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭނުގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް

ހުކުރު ދުވަހު ރާއްޖެއިން 341 މީހުން މީހުން ކޮވިޑް-19އާ ދެކޮޅަށް ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއިން ހުކުރު ދުވަހު ވެކްސިން ޖެހި 341 މީހުންގެ ތެރެއިން ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހީ 117 މީހުންނެވެ. އަދި ދެވަނަ ޑޯޒު ޖެހީ 224 މީހުންނެވެ.

Advertisement - newsAdvertisement

މިއާއެކު މުޅި ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު 309،022ށް އަރާފައިވާއިރު، އޭގެ ތެރެއިން 164،013 މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒު ޖަހާފައެވެ.

ރާއްޖޭގައި ކޮވިޝީލްޑްގެ އިތުރުން ފައިޒަރ އަދި ސިނޮފަރމް ވެކްސިނަށް ހުއްދަ ދީފައިވާއިރު ދާދި ފަހުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)ން ވަނީ ރަޝިއާގެ ސްޕަޓްނިކް ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ވެސް ދީފައެވެ. އޭގެ ތެރެއިން މިވަގުތު ރާއްޖޭގައި ޖަހަމުން އަންނަނީ ފައިޒާ ސިނޮފާމް އަދި ކޮވިޝީލްޑްއެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒު އެންމެނަށް ނުޖެހެނީސް އެ ވެކްސިން ހުސްވެފައިވާއިރު އެ ވެކްސިން ދެން ލިބޭނެ ދުވަހެއް ނޭނގޭ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. ބަދަލުގައި އެސްޓްރަޒެނެކާ ވެކްސިން ޖެހޭނެ ކަމަށް ބުނެފައިވާއިރު އެ ވެކްސިން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ. އެކަމަކު އަންނަ މަހުގެ ފުރަތަމަ ހަފުތާގައި ވެސް ވެކްސިން ނުލިބޭނެ ކަމަށް ހެލްތު މިނިސްޓަރ ނަސީމް ވިދާޅުވެފައިވެއެވެ.

ސްޕަޓްނިކް ވެކްސިން، އެއްބަސްވާ މުއްދަތުގައި ރާއްޖެއަށް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ރަޝިއާއިން ވަނީ ދީފައެވެ. މި ޔަގީންކަން ރަޝިއާއިން ދީފައި ވަނީ ވެކްސިން ހޯދުމުގެ މަސައްކަތާއި ރާއްޖެއާއި ރަޝިއާގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އެ ގްއުމުގެ ފޮރިން މިނިސްޓަރ ސަރްގޭ ލަވްރޯވްއާ ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

ރާއްޖެއިން ރަޝިއާގެ ސްޕަޓްނިކް ވެކްސިންގެ 200،000 ޑޯޒްް ގަންނައިރު މި ވެކްސިން އެއްވެސް ލަސްކަމެއްނެތި ރާއްޖެއަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މިހާރު އެއްބަސްވެފައިވާގޮތުން އެގްރިމެންޓްގައި ސޮއި ކުރާތާ 4 ހަފްތާ ތެރޭގައި ވެކްސިން ލިބޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ސްޕަޓްނިކް ވެކްސިން އުފައްދަނީ ރަޝިއާގެ ކުންފުންޏެއް ކަމަށްވާ 'ދި ގަމާލޭޔާ ނޭޝަނަލް ސެންޓަރ އޮފް އެޕިޑެމަލޮޖީ އެންޑް މައިކްރޮބައޮލޮޖީ' އިންނެވެ. މި ވެކްސިން މިހާރުވެސް އިމެޖެންސީގައި ބޭނުން ކުރުމުގެ ޚާއްސަ ހުއްދައިގެ ދަށުން، 66 ގައުމެއްގައި ބޭނުން ކުރަމުންދެއެވެ.

މި ވެކްސިން ބަހައްޓަން ޖެހެނީ 18-ގެ ފިނި ހޫނު މިނެއްގައެވެ. އެހެންކަމުން މި ވެކްސިންގެ ހުއްދަ ދީފައިވަނީ، ވެކްސިން އެތެރެކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާއި، ވެކްސިން އެތެރެ ކުރުމަށްފަހު އަދި ގެންގުޅުމުގެ ހުރިހާ މަރުހަލާއެއްގެ 'ކޯލްޑް ޗެއިން' ބެލެހެއްޓުމަށް ޝަރުތު ކޮށްގެން ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.

އެމްއެފްޑީއޭއިން ބުނީ ކޮންމެ ވެކްސިނަކީ ވެސް އެ ވެކްސިނެއް ބޭނުންކުރުމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ 'ރިއެކްޝަނެއް' އައުމުގެ ފުރުސަތު އޮންނަ އެއްޗެއް ކަމަށެވެ. ވުމާއެކު، އެހެން ފަހަރުތަކެކޭ ވެސް އެއްގޮތަށް، ވެކްސިން ދިނުމަށްފަހު ކުރިމަތިވެދާނެ ކަންކަން އެމްއެފްޑީއޭއާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) ގުޅިގެން ބަލަމުން ގެންދިއުމަށް ނިންމާފައިވާ ކަމަށް އެފްޑީއޭއިން ބުނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް