Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޮޕާ ލީގު

ޔޫރޮޕާ ލީގު: ސެލްޓަވިގޯ އަތުން އެއްވަރުވިޔަސް ޔުނައިޓެޑް ފައިނަލަށް

12 މެއި 2017 | ހުކުރު 09:24

ޔުނައިޓެޑް އަދި ސެލްޓަވިގޯ ކުޅުންތެރިންތެރިޔަކަށް ރަތްކާޑު ދެއްކި

ލީވާން އަލީ
ލީވާން އަލީ | 12 މެއި 2017 | ހުކުރު 09:24
ޔުނައިޓެޑް ކުޅުންތެރިން އުފާފާޅުކުރަނީ

ޔުނައިޓެޑް ކުޅުންތެރިން އުފާފާޅުކުރަނީ

ޔޫރޮޕާ ލީގުގައި ސެލްޓަވިގޯ އަތުން އެއްވަރުވިޔަސް މެންޗެސްޓާ ޔުނައިޓެޑް ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ސެމީފައިނަލް ދެވަނަ ލެގު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. އެހެންނަމަވެސް ފުރަތަމަ ލެގު 0-1 ގެ ނަތީޖާއިން ޔުނައިޓެޑް ކާމިޔާބުކޮށްފައިވުމާއެކު، 1-2 ގެ އެގްރިގޭޓް ނަތީޖާއަކުން އެޓީމު ވަނީ ފައިނަލަށް ދަތުރުކޮށްފައެވެ.

ޔުނައިޓެޑް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ އެޓީމުންނެވެ. އެގޮތުން ލަނޑު ޖެހުމަށް އެޓީމުން ވަނީ ހުސް ގިނަ ފުރުސަތުތައް ހޯދާފައެވެ.

ޔުނައިޓެޑުން މެޗުގެ ލީޑު ނެގީ 17 ވަނަ މިނެޓުގައި މާކަސް ރަޝްފަޑް ތަނަވަސްކޮށްދިން ފުރުސަތަކުން ފެލާނީ އެވެ. މި ލަނޑަކީ ޔުނައިޓެޑުން މި ސީޒަނުގައި ކާމިޔާބުކުރި 100 ވަނަ ލަނޑެވެ. އަދި މިއީ ސާ އެލެކްސް ފާގަސަން އެޓީމު ދޫކޮށްދިޔަ ފަހުން ޔުނައިޓެޑުން ސީޒަނެއްގައި 100 ލަނޑު ހަމަކުރި ފުރަތަމަ ފަހަރެވެ.

މި ލަނޑަށްފަހުވެސް ޔުނައިޓެޑުން ދިޔައީ ސެލްޓަވިގޯގެ ގޯލަށް ނުރައްކާކުރަމުންނެވެ. މީގެއިތުރުން ސެލްޓަވިގޯއަށް ވެސް ވަނީ ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ސެލްޓަވިގޯގެ މައްޗަށް ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޔުނައިޓެޑުން އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައިވާއިރު، ލަނޑު ޖެހުމަށް އެޓީމުން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. ޔުނައިޓެޑުން ރަނގަޅަށް ކުޅެމުން ދަނިކޮށް ސެލްޓަވިގޯ އިން ނަތީޖާ ހަމަހަމަކުރީ 85 ވަނަ މިނެޓުގައި ސަބެސްޓައިން އެވެ.

މެޗުގެ 87 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ބެއިލީ އަދި ސެލްޓަވިގޯގެ ސެބެސްޓައިންއާ ދެމެދު ހިނގި ހަމަނުޖެހުމާއެކު ރެފްރީ ވަނީ އެ ދެ ކުޅުންތެރިންވެސް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް