Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

މުސީބާތްތަކަށް ކެތްތެރިވެ ނިއުމަތްތަކަށް ޝުކުރުވެރިވާ އަޅުންނަށް އިތުރުކޮށްދެއްވާނެ: ހުކުރު ޚުތުބާ

28 މެއި 2021 | ހުކުރު 08:05

ﷲ ގެ ތަނަވަސް ރަހުމަތުން އުންމީދު ކަނޑާނުލުމަށާއި މާޔޫސްނުވުމަށް ގޮވާލާފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 28 މެއި 2021 | ހުކުރު 08:05
އީދު ނަމާދު

އީދު ނަމާދު

މުސީބާތްތަކަށް ކެތްތެރިވެ ނިއުމަތްތަކަށް ޝުކުރުވެރިވާ އަޅުންނަށް އިތުރުކޮށްދެއްވާނެ ކަމަށް ހުކުރު ޚުތުބާ ބުނެފިއެވެ.

"ހައްގު ގޮތުގައި މާތްﷲ އަށް ވަކީލުކުރުން" މި މައުޟޫގެ މައްޗަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި ހުކުރު ޚުތުބާގައި ވަނީ މި މުސީބާތުގެ ވަގުތުގައި ކެތްތެރިވުމަށް ގޮވާލާފައެވެ. ﷲ ގެ ތަނަވަސް ރަހުމަތުން އުންމީދު ކަނޑާނުލުމަށާއި މާޔޫސްނުވުމަށް ގޮވާލާފައެވެ. ދުޢާ އަކީ މުއުމިނުންގެ ހަތިޔާރުކަން ފާހަގަކޮށް ޚުތުބާ ބުނީ ބަލިމަޑުކަމުގެ މިވަގުތުގައި އަޅުތަކުންނަށް އޯގާތެރިވެ، ރަހުމުން ކުރުމަށެވެ. އަޅުތަކުންނަށް ރަހުމު ކުރާ މީހުންނަށް ﷲ ގެ ތަނަވަސް ރަހުމަތްފުޅު ދުނިޔެ އާއި އާޚިރަތުގައި ލިބޭނެ ކަމަށް އެކަލާނގެ އަންގަވާފައިވެއެވެ.

Advertisement - newsAdvertisement

ކޮންމެ ކަމެއް ވެސް ވުމަށްޓަކައި އެކަލާނގެ ލައްވާފައިވާ ދުނިޔަވީ ސަބަބުތައްވާ ކަމަށާއި އެ ސަބަބުތަކުގައި ހިފުމަކީ މާތް ﷲ އަށް ކިޔަމަންތެރިކަން އަދާކޮށް އެކަލާނގެއަށް އީމާންވުމުގެ ތެރޭގައި ހިމެނޭ ކަމަށް ޚުތުބާގައި ބުންޏެވެ. މުއުމިނުންނަށް ދިމާވާ ކޮންމެ ކަމެއްގައި އޭނާގެ މަދަދުގާރަކީ މާތް ﷲ އެވެ. އެހެންކަމުން އޭނާއާ މެދު ބަޔަކު ކިތަންމެ ރޭވުމެއް ރޭވިޔަސް އަދި ދުނިޔެ މަތީގައި ކިތަންމެ ބޮޑު ހިތްދަތިކަމެއް ލިބުނު ނަމަވެސް ﷲ އަށް ވަކީލުކޮށްފިނަމަ އޭނާއަށް އެކަލާނގެ ފުދިގެންވާ ކަމަށް ޚުތުބާ ބުންޏެވެ.

މައިމީހާ އޭނާގެ ތުއްތު ދަރިފުޅަށް ރަހުމްކުރާވަރަށްވުރެ މާ ބޮޑަށް ﷲ ތަޢާލާ އެކަލާނގެ އަޅުތަކުންގެ މައްޗަށް އޯގާތެރިވެ ވޮޑިގަންނަވައެވެ. ﷲ ގެ ރަހުމަތްފުޅު ނުވާނަމަ މި ދުނިޔެމަތީގައި އެއްވެސް މީހަކަށް ނޭވާ ވެސް ނުލެވޭނެއެވެ. އެއްވެސް މީހަކަށް ބޯނޭ ފެންފޮދެއް ވެސް ނުލިބޭނެއެވެ. ބަލިވެއްޖެނަމަ އެއްވެސް މީހަކަށް ޝިފާއެއް ވެސް ނުލިބޭނެއެވެ.

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

3

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

4

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

5

ރައީސް އޮފީސް، މަޖިލިސް އަދި ސުޕްރީމް ކޯޓުގައި ހުޅުޖަހާ ވާހަކަ ދެއްކި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހައްޔަރު ކޮށްފި

އިތުރަށް ކިޔާލަން

24 އޯގަސްޓު 2022

މިދިޔަ ދެ އަހަރު ދަރިވަރުން ކުރި ބުރަ މަސައްކަތަކީ، ދަތި އުނދަގޫ ޙާލަތްތަކަށް ކެތްތެރިވެ، ހިތްވަރާއެކު ކަންތައްތަކާ ކުރިމަތިލުމުގެ ނަމޫނާއެއް: ރައީސް

24 އޯގަސްޓު 2022
މިދިޔަ ދެ އަހަރު ދަރިވަރުން ކުރި ބުރަ މަސައްކަތަކީ، ދަތި އުނދަގޫ ޙާލަތްތަކަށް ކެތްތެރިވެ، ހިތްވަރާއެކު ކަންތައްތަކާ ކުރިމަތިލުމުގެ ނަމޫނާއެއް: ރައީސް
27 ޑިސެމްބަރު 2017

ތަރައްގީ އިސްކޮށް، ރައްޔިތުން އަޅުންނަށް ހަދައިގެން ނުވާނެ: ސައުދު

27 ޑިސެމްބަރު 2017
ތަރައްގީ އިސްކޮށް، ރައްޔިތުން އަޅުންނަށް ހަދައިގެން ނުވާނެ: ސައުދު
13 ޖުލައި 2017

މަޖިލިސް މެމްބަރުން ރައީސް ޔާމިންގެ އަޅުންނަށް ހަދައިފި: ޝިދާތާ

13 ޖުލައި 2017
މަޖިލިސް މެމްބަރުން ރައީސް ޔާމިންގެ އަޅުންނަށް ހަދައިފި: ޝިދާތާ
03 އެޕްރީލު 2017

ކޮރަޕްޝަނާ ބޭއިންސާފާ ދެކޮޅަށް އަޑުއުފުލާ ދިވެހި ދަރިންނަށް ޤައުމު ޝުކުރުވެރިވާނެ:މައުމޫން

03 އެޕްރީލު 2017
ކޮރަޕްޝަނާ ބޭއިންސާފާ ދެކޮޅަށް އަޑުއުފުލާ ދިވެހި ދަރިންނަށް ޤައުމު ޝުކުރުވެރިވާނެ:މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް