Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންޑިއާ އާއި ރާއްޖޭގެ ގުޅުން

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރަނީ

ތަރައްގީގެ އައު ޕްރޮޖެކްޓްތައް ހިންގުމަށް މަގު ފަހިވާނެކަމަށް އިންޑިއާއިން ވަނީ ބުނެފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 25 މެއި 2021 | އަންގާރަ 13:38
މާލޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން

މާލޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން

އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމުކުރަން ނިންމައި އެކަމުގެ ހުއްދަ އިންޑިއާ ސަރުކާރުން ދީފިއެވެ.

ރާއްޖެއިން އިންޑިއާގެ ގުޅުން ހަރުދަނާ ކުރުމާ ގުޅޭގޮތުން "ރާއްޖެއެމްވީ" އާއި ވާހަކަ ދައްކަވަމުން ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނީ ކޮންސިއުލަރ ޚިދުމަތްތައް އަވަސްމިނެއްގައި ދިނުމަށް ހައިކޮމިޝަނަކާއެކު ކޮންސިއުލޭޓްތައް ގާއިމުކޮށް ޚިދުމަތް ދިނުމަކީ މުހިންމު ކަމެއް ކަމުގައެވެ. އިންޑިއާގައިވެސް ރާއްޖޭގެ ހައިކޮމިޝަން ވެރިރަށް ދިއްލީގައި ހުރި އިރު، އެންމެ ގިނަ އަދަދަކަށް ދިވެހިން ދަތުރުކުރާ ޓްރިވެންޑްރަމްގައި ޚިދުމަތް ދެމުން އައުމުގެ މައިގަނޑު ސަބަބަކީ މިއީ ކަމަށް ހައިކޮމިޝަނުން ބުންޏެވެ.

މިފަދަ ނެޓްވޯކެއް ރާއްޖޭގައިވެސް އޮތުން މުހިންމުކަން ފާހަގަކޮށް އިންޑިއާ ހައިކޮމިޝަނުން ވަނީ ޚިދުމަތްތައް ހަރުދަނާކުރުމަށް އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރަން ނިންމައި އެކަމުގެ ހުއްދަ އިންޑިއާ ސަރުކާރުން ދީފައިވާކަން ހާމަކޮށްފައެވެ. މިކަމުގައި ރާއްޖޭގެ ސަރުކާރުން އަދި ވަކިގޮތެއް ނުނިންމާކަން ފާހަގަކޮށް އިންޑިއާއިން ވަނީ މި ނިންމުމަށް އިންތިޒާރު ކުރަމުންދާ ކަމަށް ބުނެފައެވެ.

މި ކޮންސިއުލޭޓް މުހިންމުވާ ސަބަބުތައްވެސް ހައިކޮމިޝަނުން ވަނީ ތަފުސީލުކޮށްދީފައެވެ. އިންޑިއާގެ އެހީގައި ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީގައި އެކަނިވެސް 200 މިލިއަން ޑޮލަރުގެ މަޝްރޫއުތައް ހިންގަމުންދާއިރު، މީގެ ތެރޭގައި އައްޑޫ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމާއި، ގަން އިންޓަނޭޝަނަލް އެއަރޕޯޓް އަލުން ތަރައްގީކުރަމުން ދިއުންފަދަ ބޮޑެތި ޕްރޮޖެކްޓްތައް ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން މަސް ފިނިކުރާ ކާރުޚާނާތައް ތަރައްގީކުރުމާއި، ތިމާވެއްޓާއި ރައްޓެހި އީކޯ ޓުއަރިޒަމް ޒޯންތައް އަދި މާލެ ސަރަހައްދު ފިޔަވާ އެހެން ސަރަހައްދެއްގައި ފުރަތަމަ ފަހަރަށް ރިހެބް ސެންޓަރެއްވެސް އައްޑޫގައި ގާއިމުކުރަނީ އިންޑިއާގެ އެހީގައިކަން ވަނީ ފާހަގަކޮށްފައެވެ. މި މަސައްކަތްތައް ނިންމައި ސަރުކާރުގެ އަމާޒަކީ އައްޑޫއަކީ ރާއްޖޭގެ އިގްތިސާދީ އަދި ވިޔަފާރީގެ ހަބަކަށް ހަދަންކަމުގައިވާއިރު، އައްޑޫއަކީ ހުރިހާ ޚިދުމަތްތަކެއް އެއްތާކުން ފަސޭހައިން ލިބެން ހުންނަ ތަނަކަށް ވާންޖެހޭނެކަން ހައިކޮމިޝަނުން ފާހަގަކުރެއެވެ. އަދި މިގުޅުން އިންޑިއާއިން ދޭ ޚިދުމަތްތަކުގައިވެސް ކަށަވަރުކުރާނެ ކަމަށް ވަނީ ބުނެފައެވެ.

ވިސާ ލިބުމުގައި ދިމާވާ މައްސަލައަކީ ހައިކޮމިޝަނަށް ލިބޭ އެންމެ ބޮޑު އެއް ޝަކުވާކަން ފާހަގަކޮށް، ހައިކޮމިޝަނުން ވަނީ އައްޑޫގައި ކޮންސިއުލޭޓެއް ގާއިމުކުރުމުން މާލެއަށް ނުގޮސް މި ޚިދުމަތް ރަށުގައި ހުރެގެން އަވަސްކަމާއެކު ލިބޭނެކަން ކަށަވަރުވާނެ ކަމަށް ބުނެފައެވެ. މިކަމުގެ އެދެވޭ އަސަރު އައްޑޫގައި މިވަގުތު މަސައްކަތް ކުރަމުންދާ އެތަކެއް ސަތޭކަ އިންޑިއާ ނަރުހުންނާއި ޓީޗަރުންނަށް ކުރުމަކީ މަސައްކަތް އިތުރަށް ހަލުވިކުރަން ބޭނުންވާ ސަބަބުކަން ހައިކޮމިޝަނުން ފާހަގަކުރެއެވެ.

ކޮންސިއުލޭޓެއް އައްޑޫގައި ގާއިމުކުރުމުން ރައީސުލްޖުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ބަދަހިވެފައިވާ އިންޑިއާއާއި ރާއްޖޭގެ ގުޅުމަށް އިތުރު ބާރަކާއި ފުރިހަމަކަމެއް ލިބިގެންދާނެކަމަށް ވަނީ ބުނެފައެވެ. އެގޮތުން އިންޑިއާގެ ޓުޓިކޮރިންއިން އައްޑޫއަށް ކުރާ ސީދާ ކާގޯ ދަތުރުތައް މެދުކެނޑުމެއްނެތި ހިނގާތޯ ކަށަވަރުކުރެވި މި ޚިދުމަތް ހަރުދަނާވެގެންދާނެކަން ވަނީ ފާހަގަކޮށްފައެވެ. ހަމަމިއާއެކު އިންޑިއާއިން އައްޑޫގައި ހިންގާ ޕްރޮޖެކްޓްތައް ހިންގުމަށް އިތުރު ބާރެއް ލިބި ތަރައްގީގެ އައު ޕްރޮޖެކްޓްތައް ހިންގުމަށް މަގު ފަހިވާނެކަމަށް ވެސް އިންޑިއާ ހައިކޮމިޝަނުން ވަނީ ބުނެފައެވެ.

އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމުކުރުމުގެ ހުއްދަ ރާއްޖެއިން ދޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަން ފާހަގަކޮށް އިންޑިއާ ހައިކޮމިޝަނުން ވަނީ، އައްޑޫގައި ކޮންސިއުލޭޓް ގާއިމުކުރާ ތަނަކީވެސް އެކި ގޮތްގޮތަށް ވިސްނައިގެން ހުރިހާ ގޮތަކުން ފައިދާ ވާނެ ތަނެއްގައި އިމާރާތްކުރާ ތަނެއްކަން ކަށަވަރު ކުރަން ޖެހޭކަމަށް ބުނެފައެވެ. އެގޮތުން ހުޅުމީދޫ ފިޔަވާ މައިގަނޑުގޮތެއްގައި އެއް ފަސްގަނޑެއްގެ މައްޗަށް އެކުލެވޭ, މާލެއާއި އަޅާބަލާއިރު ބިމުގެ ސަރަހައްދު ބޮޑު އައްޑޫގައި ކޮންސިއުލޭޓެއް ގާއިމުކުރަން ޖެހޭނީ މިކަންކަމަށް ވިސްނައި ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ހޯދުމަށް ދަތުރުކުރެވޭ އަދި ވިޔަފާރިވެރިންގެ މަޝްވަރާއާ އެކުގައި ކަމަށްވެސް ވަނީ ބުނެފައެވެ.

އައްޑޫގައި ކޮންސިއުލޭޓެއް ގާއިމުކުރާ ވާހަކަ ދެއްކުމުން މީހުން ދައްކަފާނެ ބައެއް ވާހަކަތަކަށް ދުރާލާ އިންޑިއާ ހައިކޮމިޝަނުން ވަނީ ޖަވާބުދީ އެކަންކަން ސާފުވެސް ކޮށްދީފައެވެ. އެގޮތުން އައްޑޫގައި އިންޑިއާ އެހީގައި ފުލުހުން ތަމުރީނު ކުރުމަށް ޓްރެއިނިންގް ފެސިލިޓީއެއް ތަރައްގީކުރިޔަސް، މި ބިމަކީ ރާއްޖޭގެ ސަރުކާރުގެ ބިމެއްގެ ގޮތުގައި ދެމިއޮންނަ އޮތުމަށް ބަދަލެއް ގެނައުމަށް އިންޑިއާއިން ނުވިސްނާނެކަން ވަނީ ސާފުކޮށްދީފައެވެ. އަދި އެ ބިމުގައި އިންޑިއާ ކޮންސިއުލޭޓް ނާޅާނެކަން އިންޑިއާ ހައިކޮމިޝަނުން ވަނީ ކަށަވަރު ކޮށްދީފައެވެ. އަދި ކޮންސިއުލޭޓް ގާއިމުކުރާނީ ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ހޯދުމަށް ވަދެ ނިކުމެ އުޅެވޭފަދަ އިންތިޒާމާއިއެކުކަމަށް ވަނީ ބުނެފައެވެ.

އިންޑިއަން އެމްބަސީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހުއްދަ ނެތި ތިމަރަފުއްޓަށް ހެލިކޮޕްޓަރު ދަތުރު ކުރި ކަމަށް ޣައްސާން ދެއްކެވި ވާހަކަ އިންޑިއާ ސަރުކާރުން ދޮގުކޮށްފި

ހުއްދަ ނެތި ތިމަރަފުއްޓަށް ހެލިކޮޕްޓަރު ދަތުރު ކުރި ކަމަށް ޣައްސާން ދެއްކެވި ވާހަކަ އިންޑިއާ ސަރުކާރުން ދޮގުކޮށްފި

15 މެއި 2024
ރާއްޖޭގައި މަސްވެރިކަން ކުރަމުންދަނިކޮށް ހައްޔަރު ކުރި އިންޑިޔާގެ 8 މީހަކު އަނބުރާ ފޮނުވާލައިިފި

ރާއްޖޭގައި މަސްވެރިކަން ކުރަމުންދަނިކޮށް ހައްޔަރު ކުރި އިންޑިޔާގެ 8 މީހަކު އަނބުރާ ފޮނުވާލައިިފި

12 ނޮވެމްބަރު 2023
ގަން އެއަރޕޯޓުގެ ޕްރޮޖެކްޓް ހިންގާ ބައެއްގެ ހަސިއްޔަތުން އިންޑިއާއަށް ތަސައްވުރު ހާމަކުރެވޭނެ: ސަރުކާރު

ގަން އެއަރޕޯޓުގެ ޕްރޮޖެކްޓް ހިންގާ ބައެއްގެ ހަސިއްޔަތުން އިންޑިއާއަށް ތަސައްވުރު ހާމަކުރެވޭނެ: ސަރުކާރު

13 ޖުލައި 2021
އައްޑޫގައި އިތުރު އެކްސިޑެންޓެއް، ސީރިއަސް އަނިޔާތަކެއް ނުވޭ

އައްޑޫގައި އިތުރު އެކްސިޑެންޓެއް، ސީރިއަސް އަނިޔާތަކެއް ނުވޭ

18 މާރިޗު 2017
ފެނަކައިގެ ބިޒަނަސް ޕްލޭން ހަދަން 8.7 މިލިއަން ރުފިޔާ އަށް އިންޑިއާގެ ކުންފުންޏަކަށް

ފެނަކައިގެ ބިޒަނަސް ޕްލޭން ހަދަން 8.7 މިލިއަން ރުފިޔާ އަށް އިންޑިއާގެ ކުންފުންޏަކަށް

17 މާރިޗު 2017

އަހަރުތަކުން މިއަދު

11 މާރިޗު
ގާރލިކް ޓަސްކަން ޗިކެން
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގާރލިކް ޓަސްކަން ޗިކެން

އަލުވި ޗީޒް ޕޭންކޭކް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

އަލުވި ޗީޒް ޕޭންކޭކް

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް
20233 އަހަރު ކުރިން
ރާއްޖެ

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ
20224 އަހަރު ކުރިން
ރާއްޖެ

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!
20215 އަހަރު ކުރިން
ރިޕޯޓު

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!
20197 އަހަރު ކުރިން
ރިޕޯޓު

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު