Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖޫރިމަނާކުރުން

އުސޫލާ ޚިލާފުވެގެން ފާއިތުވެދިޔަ 24 ގަޑިއިރުގެ 400ށްވުރެ ގިނަ މީހުން ޖޫރިމަނާކޮށްފި

20 މެއި 2021 | ބުރާސްފަތި 03:38

މާސްކް ނާޅާ އުޅުމުގެ ސަބަބުން 159 މީހުން، ކާފިއުގެ ވަގުތުގައި ބޭރުގައި އުޅެގެން 252 މީހަކު ޖޫރިމަނާކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 20 މެއި 2021 | ބުރާސްފަތި 03:38
ކާފިއުގެ ވަގުތު ފުލުހުންނާއި ސިފައިން ބުރުޒު މަގުގައި ހަރަކާތްތެރިވަނީ

ކާފިއުގެ ވަގުތު ފުލުހުންނާއި ސިފައިން ބުރުޒު މަގުގައި ހަރަކާތްތެރިވަނީ

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފުވެގެން ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 400ށްވުރެ ގިނަ މީހުން ޖޫރިމަނާކޮށްފިއެވެ.

ބުދަ ދުވަހުގެ ރޭ ހެލްތު އެމަޖެންސެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް މާލެސިޓީގެ މަގުތަކުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފުވެގެން ބައެއް މީހުން ޖޫރިމަނާ ކުރެވިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ މާސްކް ނާޅާ އުޅުމުގެ ސަބަބުން 159 މީހުން، ކާފިއުގެ ވަގުތުގައި ބޭރުގައި އުޅެގެން 252 މީހަކު އަދި ކެފޭ, ފިހާރަ، ސެލޫންތައް ފަދަ ތަންތަނުގެ ޚިދުމަތް ގަވާއިދާ ޚިލާފަށް ހޯދުމުގެ ސަބަބުން 4 މީހަކު ޖޫރިމަނާ ކުރެވިފައިވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ޚިލާފުވެއްޖެނަމަ ކުރާ ޖޫރިމަނާ ބޮޑުކޮށް، އާއްމު ކޮށްފައިވާ އުސޫލުގައި ބުނެފައިވަނީ އާންމު ފަރުދެއްނަމަ 1،000 ރުފިޔާއިން ފެށިގެން 10،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށާއި، ޤާނޫނީ ޝަޚުސެއްނަމަ 5،000 ރުފިޔާއިން ފެށިގެން 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

އެޗްޕީއޭއިން ބުނީ އާންމު ފަރުދެއްނަމަ އެންގުމާ ޚިލާފުވާ ފުރަތަމަ ފަހަރު 1،000 ރުފިޔާއިން، ދެވަނަ ފަހަރު 3،500 ރުފިޔާއިން، ތިންވަނަ ފަހަރު 7،500 ރުފިޔާއިން، އަދި ހަތަރުވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

ގާނޫނީ ޝަޚުސެއްނަމަ އެންގުމާ ޚިލާފުވާ ފުރަތަމަ ފަހަރު 5،000 ރުފިޔާއިން، ދެވަނަ ފަހަރު 25،000 ރުފިޔާއިން، ތިންވަނަ ފަހަރު 50،000 ރުފިޔާއިން އަދި ހަތަރުވަނަ ފަހަރު 75،000 ރުފިޔާއިން، ފަސްވަނަ ފަހަރުން ފެށިގެން ދެން އިތުރުވާ ކޮންމެ ފަހަރަކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މި އުސޫލުގައި ބުނެފައިވާ ގޮތުގައި ޖޫރިމަނާގެ އައު އުސޫލަށް އަމަލު ކުރާނީ ކޮވިޑް-19 އާ ގުޅިގެން މިހާރު އިއުލާން ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު، ނުވަތަ އަލަށް އެ ހާލަތު އިއުލާންކުރުމަށްފަހު އެ ހާލަތެއް ނިމުމަކަށް ގެންނަތާ 60 ދުވަސް ހަމަވާ ތާރީޚުގެ ނިޔަލަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

16 ޖުލައި 2018

ރިސޯޓުތަކުގައި ފޮށިތައް ބެހެއްޓުމުގެ ސީލިންގ ބޮޑުކުރީ ފާއިތުވެދިޔަ އިންތިހާބުތަކުގައި ބައެއް ރިސޯޓުތަކުން އެއްބާރުލުން ނުލިބުމުން: އީސީ

16 ޖުލައި 2018
ރިސޯޓުތަކުގައި ފޮށިތައް ބެހެއްޓުމުގެ ސީލިންގ ބޮޑުކުރީ ފާއިތުވެދިޔަ އިންތިހާބުތަކުގައި ބައެއް ރިސޯޓުތަކުން އެއްބާރުލުން ނުލިބުމުން: އީސީ
01 ޖުލައި 2018

އައްޑޫގައި ގަވާއިދާ ޚިލާފުވެގެން 17 ފަރާތަކާއި މެދު ފިޔަވަޅުއަޅައިފި

01 ޖުލައި 2018
އައްޑޫގައި ގަވާއިދާ ޚިލާފުވެގެން 17 ފަރާތަކާއި މެދު ފިޔަވަޅުއަޅައިފި
11 ޖޫން 2018

ދަނޑުވެރިކަމުގެ ސަބްސިޑީގެ ގޮތުގައި އުސޫލާ ހިލާފަށް 10.28 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން ފަޅާއަރައިފި

11 ޖޫން 2018
ދަނޑުވެރިކަމުގެ ސަބްސިޑީގެ ގޮތުގައި އުސޫލާ ހިލާފަށް 10.28 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން ފަޅާއަރައިފި
18 ޑިސެމްބަރު 2017

މިފާއިތުވެދިޔަ 4 އަހަރު ރާއްޖޭގައި 14 ބިލިއަން ޑޮލަރު އިންވެސްޓްމެންޓަށް ހުއްދަ ދީފައިވޭ: ނައިބު ރައީސް

18 ޑިސެމްބަރު 2017
މިފާއިތުވެދިޔަ 4 އަހަރު ރާއްޖޭގައި 14 ބިލިއަން ޑޮލަރު އިންވެސްޓްމެންޓަށް ހުއްދަ ދީފައިވޭ: ނައިބު ރައީސް
28 އޮކްޓޯބަރު 2017

ސްކޮލާޝިޕް ދޭ އުސޫލާ މެދު ބޮޑެތި ހިތްހަމަނުޖެހުންތަކެއް

28 އޮކްޓޯބަރު 2017
ސްކޮލާޝިޕް ދޭ އުސޫލާ މެދު ބޮޑެތި ހިތްހަމަނުޖެހުންތަކެއް
30 ސެޕްޓެމްބަރު 2017

ޕާޓީތަކަށް ފައިސާ ނުދީ ގާނޫނާ ޚިލާފުވެގެން އުޅޭތާ ހަ މަސް، ފިނޭންސްގެ އެއްވެސް ހާސްކަމެއް ނެތް!

30 ސެޕްޓެމްބަރު 2017
ޕާޓީތަކަށް ފައިސާ ނުދީ ގާނޫނާ ޚިލާފުވެގެން އުޅޭތާ ހަ މަސް، ފިނޭންސްގެ އެއްވެސް ހާސްކަމެއް ނެތް!
13 އޯގަސްޓު 2017

މޮނިކޮން އަމުރާ ޚިލާފުވެގެން އިއްވި ހުކުމް ތަންފީޒްކޮށް މަފާޒު ނިންމި: ޕޮލިސް

13 އޯގަސްޓު 2017
މޮނިކޮން އަމުރާ ޚިލާފުވެގެން އިއްވި ހުކުމް ތަންފީޒްކޮށް މަފާޒު ނިންމި: ޕޮލިސް
07 ޖުލައި 2017

ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ : މެޓް

07 ޖުލައި 2017
ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ : މެޓް
09 ޖޫން 2017

މިނިވަން ކުރީ ވެސް އުސޫލާ ހިލާފަށް، ކުރިއަށް ވުރެ ބާރަށް އިސްލާހީ މަސައްކަތުގައި ކުރިއަށް ދާނަން: މަހްލޫފު

09 ޖޫން 2017
މިނިވަން ކުރީ ވެސް އުސޫލާ ހިލާފަށް، ކުރިއަށް ވުރެ ބާރަށް އިސްލާހީ މަސައްކަތުގައި ކުރިއަށް ދާނަން: މަހްލޫފު
13 އެޕްރީލު 2017

އަމިއްލަ އިސްނެގުމަށް މައްސަލަ ބަލާ އުސޫލާއި ޖޫރިމަނާގެ އުސޫލް ސާފުކޮށް ދިނުމަށް ހުށަހަޅައިފި

13 އެޕްރީލު 2017
އަމިއްލަ އިސްނެގުމަށް މައްސަލަ ބަލާ އުސޫލާއި ޖޫރިމަނާގެ އުސޫލް ސާފުކޮށް ދިނުމަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް