Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފަލަސްތީން

ފަލަސްތީނުގެ ހައްގުތައް އަދާކުރުމަށް ގޮވާލާ ގަރާރުތަކުގެ އަދަދެއްވެސް ނެތެވެ.

ސަލާމަތީ މަޖިލީހުން އެކަނިވެސް މިހާތަނަށް 187 ގަރާރު ފާސްކޮށްފައިވޭ

| 19 މެއި 2021 | ބުދަ 15:05
ފަލަސްތީނުގެ ދިދަ އދ ގެ މައި އިމާރާތުގެ ކުރިމަތީގައި ވިހުރުވެނީ

ފަލަސްތީނުގެ ދިދަ އދ ގެ މައި އިމާރާތުގެ ކުރިމަތީގައި ވިހުރުވެނީ

ފަލަސްތީނުގެ ބިމުގައި ގަދަބާރުން އިޒްރޭލޭ ކިޔުނު ދައުލަތް ގާއިމުކޮށް ފަލަސްތީނުގެ ނިކަމެތި ރައްޔިތުން ގެދޮރާއި ވަޒަނުން ބޭރުކޮށްލެވިފައިވާތާ 70 އަހަރަށްވުރެ ދިގު މާޟީއެއް ތާރީޚުގެ ތެރެއަށް ވަދެގެން ހިގައްޖެއެވެ. މި މުއްދަތުގެ ތެރޭގައި ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށާއި ހައްގުތައް އަދާކުރުމަށާއި އިޒްރޭލުގެ އަނިޔާތައް ނިމުމަކަށް ގެނައުމަށް ގޮވާލައި ޔުނައިޓެޑް ނޭޝަންސް ނުވަތަ އ.ދން ފާސްކޮށްފައިވާ ގަރާރުތައް ގުނައި އަދަދުކުރަން ފަސޭހަވަރަށް ވުރެ ގިނައެވެ. އދ ގެ އާއްމު މަޖިލީސް ނުވަތަ ޖެނެރަލް އެސެމްބްލީން ފާސްކޮށްފައިވާ ގަރާރުތަކާއި ދުނިޔޭގެ ހަމަ ކޮންމެ ބަޔަކުވެސް އެއަށް އަމަލުކުރުން ލާޒިމުކަމަށް ބުނެވޭ އދ ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރުތައް ހިމެނޭ ގޮތުންނެވެ.

އިޒްރޭލާ ދެކޮޅަށް ގަރާރެއް ފާސްކުރުމަކީ އެއްވެސް އިރެއްގައި އެއްވެސް ބަޔަކަށް އދ ގެ ތެރޭގައި ފަސޭހަ ކަމެއް ނޫނެވެ. އޭގެ ސިއްރަކީ އެމެރިކާއެވެ. އިޒްރޭލުގެ ހިމާޔަތާއި މަސްލަހަތުގައި އެމެރިކާއިން ވީޓޯގެ ބާރު ބޭނުންކޮށް ބޭރުކޮށްލާފައިވާ ގަރާރުތައް މަދެއް ނޫނެވެ. އެއީ ގިނަ އެއްޗެކެވެ. އެހެންނަމަވެސް ފިނިހަގުރާމައިގެ ތެރޭގައި އެމެރިކާ އާއި ރޫސީވިލާތުގެ ވާދަވެރިކަން އެންމެ މައްޗަށް އުފުލިގެންދިޔަ ދުވަސްވަރު އެމެރިކާ ބޭނުންވާ ބައެއް ކަހަލަ ގަރާރުތައް ރޫސީވިލާތުން ވީޓޯނުކުރާން ޝަރުތުކޮށްފައި ރޫސީން ބޭނުންވާ ބައެއް ގަރާރުތައް ވީޓޯ ނުކޮށް އެމެރިކާއިިން ދޫކޮށްލާފައިވެސް ވެއެވެ. އެގޮތުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް އިއާދަކުރުމަށް ގޮވާލާ ގަރާރުތައް ބައެއް ފަހަރު ފާސްވެފައިވަނީ އެވެ.

އެމެރިކާއަށް އދ ގެ ސަލާމަތީ މަޖިލީހުގައި ލިބިފައިވާ ވީޓޯގެ ބާރު އެގައުމުން ބޭނުންކޮށްފައިވާ ގޮތުގެ ތަފާސްހިސާބުތަކަށް ބެލީމާ މުޅިންވެސް ފެންނަނީ އިޒްރޭލަށްޓަކައި ވީޓޯކޮށްފައިވާ ގަރާރުތަކެވެ. މިއަށް ބެލީމާ އެމެރިކާއިން އދ ގެ ސަލާމަތީ މަޖިލީހުގައި މަސައްކަތް ކުރަނީ އެމެރިކާގެ މަސްލަހަތަށްވުރެ ބޮޑަށް އިޒްރޭލުގެ މަސްލަހަތުގައޭ ހީކުރެވޭނެއެވެ. މިމައްސަލައިގައި އެވަރަށް އެމެރިކާއިން އޮންނަނީ އިޒްރޭލުގެ ފަޅިއަށް ޖެހިފައެވެ. ރޫސީވިލާތަށްވެސް އަދި އެހެން ބަޔަކަށްވެސް އެމެރިކާއިން ސަލާމަތީ މަޖިލީހުގައި ވީޓޯގެ ބާރު ބޭނުންކޮށްފައިވާ ވަރާ ގާތަށްވެސް އެބާރު ބޭނުން ކުރެވިފައެއް ނުވެއެވެ.

އދ އިން ފާސްކުރާ ގަރާރުތައް ދެބަޔަކަށް ބަހައިލެވިދާނެއެވެ. އެއްބަޔަކީ އާއްމު މަޖިލީހުން ފާސްކުރާ ގަރާރުތަކެވެ. އާއްމު މަޖިލީހަކީ އދ ގެ އެންމެހައި މެމްބަރު ގައުމުތައް ހިމެނޭ ބޮޑު މަޖިލީހެވެ. ދުނިޔޭގެ ދަރުބާރަކީވެސް އެއީއެވެ. އެކަމަކު އާއްމު މަޖިލީހުގެ ގަރާރުތަކަކީ އެޔަށް އަަމަލުކުރުން ލާޒިމު ނުވަތަ މަޖުބޫރު އެއްޗެއް ނޫނެވެ. މިފަދަ ގަރާރުތަކުން ފަޅުވާނީ ދުނިޔޭގެ އާއްމު ރައުޔެވެ. އެއަށް އަމަލުކުރުމާއި ނުކުރުން އޮންނަނީ ޝާމިލުވާ ގައުމެއްގެ އިޚުތިޔާރަށް ދޫކޮށްލެވިފައެވެ. އެކަމަކު ސަލާމަތީ މަޖިލީހުން ފާސްކުރާ ގަރާރުތައް ތަފާތެވެ. އެއީ އަމަލުކުރުން ލާޒިމު އެއްޗެކެވެ. އަމަލުނުކޮށްފިނަމަ ފިޔަވަޅުވެސް އެޅެއެވެ. އަޅާފައިވެސް އެބަހުއްޓެވެ. ސަލާމަތީ މަޖިލީހަކީ 15 ގައުމުގެ މައްޗަށް އެކުލެވިގެންވާ މަޖިލީހެކެވެ. އދ ގެ ސިކުނޑިއަކީ އެއީ އެވެ. މެންބަރު 15 ގައުމުގެ ތެރޭގައި ހިމެނެނީ ދާއިމީ ނޫން 10 ގައުމާއި ދާއިމީ ފަސް ގައުމެވެ. ވީޓޯގެ ބާރު ލިބިގެންވަނީ މި ފަސް ގައުމަށެވެ. އދ ގެ މުއައްސިސެއްގެ ގޮތުގައި އެމެރިކާއަކީ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރެކެވެ.

އދ އުފެދިގެން މިހާތަނަށް އައިސް އަލިމަސް ޔޫބީލާއި ދިމާއަށް މިސްރާބު ޖަހާފައިވާއިރު އާއްމު މަޖިލީހުންވެސް އަދި ސަލާމަތީ މަޖިލީހުންވެސް އެކަމަކާމެދު އެންމެ ގިނައިން ވާހަކަ ދައްކައި ގަރާރުތައް ފާސްކޮށްފައިވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ރުޖޫއަކުރުމާއި މެދުއިރުމައްޗަށް ދާއިމީ ސުލަހައެއް ގެނައުމާމެދުގައެވެ. އދ ގެ މުޅި ތާރީޚުގައިވެސް އެންމެ އަމަލު ނުކުރެވޭ އަދި ބޭކާރުވެގެންދާން ދޫކޮށްލެވިފައިވަނީވެސް މިދެންނެވި ގަރާރުތަކެވެ. އެހެން އެވަނީ އެމެރިކާ ބޭނުންވާ ގޮތަކީ އެއީ ކަމަށް ވުމުންނެވެ. ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެންބަރުންގެ ތެރެއިން އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތްވެސް ގިނަފަހަރު ބޭނުންވާ ގޮތަކީ އެއީ ކަމަށް ވުމުންނެވެ. އިޒްރޭލާ ގުޅޭ ކަންކަމުގައި އދ އަކީ ވަކިނެތް ދަތްނެތް ސިންގާއެކޭ ބުނެވެއެވެ. އެހެން އެވަނީ މިގައުމުތަކުގެ އަމަލުތައް ހުންނަ ގޮތުންނެވެ.

އދ ގެ އާއްމު މަޖިލީހުން 1947 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާމެދު ފާސްކޮށްފައިވާ ގަރާރުތައް ހާހަކާއި ގާތްކުރެއެވެ. އެކަމަކު އިޒްރޭލަށް އިވޭކަމަކަށް ނުވެއެވެ. ހަމަ އެހެންމެ އެއަށް އަމަލު ކުރުން ލާޒިމުކަމަށް ކަނޑައަޅާފައިވާ ސަލާމަތީ މަޖިލީހުގެ ގަރާރުތައް ވެސް އިޒްރޭލާ ޖެހުނީމާ ދަނީ ތޮޅިއަށެވެ. އިވޭކަމަކަށް ނުވެއެވެ. އިޒްރޭލު އުފެދުމާއެކުހެން 1948 ވަނަ އަހަރުން ފެށިގެން 2016 ގެ ނިޔަލަށް ސަލާމަތީ މަޖިލީހުން މިކަމާމެދު ޖުމްލަ 187 ގަރާރު ފާސްކޮށްފައިވެއެވެ. މިއިން އެއްވެސް އެއްޗަކަށް އިޒްރޭލުން އަމަލެއް ނުކުރެއެވެ. ތަންފީޒުކުރުވާކަށް ބާރުގަދަ ގައުމުތަކުން މަސައްކަތެއްވެސް ނުކުރެއެވެ.

އިޒްރޭލާ ޖެހުނީމާ ދުނިޔޭގެ ގާނޫނުތަކާއި އަދ ގެ ގަރާރުތައް ޖެހެނީ މުގުރައިލާށެވެ. ނުވަތަ ބަޅުކޮށްލާށެވެ. އެކަމަކު އެހެން ގައުމުތަކަށް އޮންނަނީ ތަފާތު ހުކުމެކެވެ. މީގެ އެއް މިސާލަކީ އިރާގެވެ. ދެން އަފްޣާނިސްތާނެވެ. އެތަންތަނާ މެދު ގަރާރުތައް ފާސްކޮށް ގަދަބާރުން ތަންފީޒުވެސް ކުރިއެވެ. އެގަރާރުތަކުގެ އެހީގައި ލަޝްކަރުތައް ރުކުރުވާލައި ދުނިޔޭގެ ގާނޫނު ހިންގުމުގެ ނަމުގައި ބާރުގަދަ ގައުމުތައް އިސްވެ ތިބެގެން އަސްކަރީ ބޮޑެތި އޮޕަރޭޝަންތައް ވެސް ހިންގިއެވެ. އިރާގަށް ސިފައިން އަރައި ސައްދާމު ހުސައިނުގެ ވެރިކަން ނިމުމަކަށް ގެނައި ހަގުރާމައަކީ މި ބަހުގެ ގަދަ މިސާލެކެވެ. އެކަމަކު އިޒްރޭލާ ދެކޮޅަށް މިޒާތުގެ އެއްވެސް ކަމެއް ނެތެވެ. ކުރަން ކެރޭ ބަޔަކުވެސް ނެތެވެ.

މިސާލަކަށް ޖެހިލާނަމެވެ. އެންމެފަހުން ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރަކީ ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުން ހުއްޓައިލުމަށް އަމުރުކޮށް 2016 ވަނަ އަަހަރުގެ ޑިސެމްބަރު 23 ވަނަ ދުވަހު ފާސްކުރި ގަރާރެވެ. އެ ގަރާރު އޮތްތަނެއްގައި އޮތީއެވެ. ޔަހޫދީން ވަޒަންވެރި ކުރުވުމާއި ފަލަސްތޫީނުގެ ރައްޔިތުން ގެދޮރުން ނެރެލުމުގެ ކަންކަން ބާރަށް އެހެރަގެން ހިންގަނީއެވެ. މިހިނގާ މެއި މަހުވެސް އިރުމަތީ ގުދުސްގެ ޝައިޚު ޖައްރާއިން ފަލަސްތީނުގެ އެތައް އާއިލާއެއް ގަދަބާރުން ދަމައިނެރެ މަގުމަތިކޮށްފިއެވެ. އިޒްރޭލުގެ މިހިރަ މިހިރަ އަމަލުތަކާއި ގަރާރުތައް މުގުރާލުމުގެ ލިސްޓަކީ ދިގު ލިސްޓެކެވެ. ވަކިވަކި ގަރާރުތަކުގެ މައްޗަށް ބަލައި ދައްކަން ޖެހޭ ވާހަކައަކީ ވަރަށް ދިގު ވާހަކައެކެވެ. އެހެންވީމާ ކުރުކޮށްލީއެވެ.

އިތުރަށް ކިޔާލަން

10 މެއި 2021

ފަލަސްތީނުގެ އަޑު: އަހަރެމެންނަށް 1948ން ފެށިގެން ނޭވާއެއް ނުލެވޭ

10 މެއި 2021
ފަލަސްތީނުގެ އަޑު: އަހަރެމެންނަށް 1948ން ފެށިގެން ނޭވާއެއް ނުލެވޭ
12 ޖުލައި 2019

ޖީއައިއެސްގެ 10 ވަނަ އަހަރީ ދުވަސް: ތިމާވެށި ރައްކާތެރިކުރުމަށް ގޮވާލާ ބޮޑު ޕެރޭޑެއް

12 ޖުލައި 2019
ޖީއައިއެސްގެ 10 ވަނަ އަހަރީ ދުވަސް: ތިމާވެށި ރައްކާތެރިކުރުމަށް ގޮވާލާ ބޮޑު ޕެރޭޑެއް
19 ޖެނުއަރީ 2019

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

19 ޖެނުއަރީ 2019
ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
03 ޖެނުއަރީ 2019

2018: ހަތް އަހަރަށްފަހު ހައްގުތައް އިއާދަވި

03 ޖެނުއަރީ 2019
2018: ހަތް އަހަރަށްފަހު ހައްގުތައް އިއާދަވި
10 މާރިޗު 2018

ކުއްލި ހާލަތު އުވިއްޖެ؟ ހައްގުތައް އިޔާދަކޮށް، ހައްޔަރީން ދޫކޮށްލަންޖެހޭ!

10 މާރިޗު 2018
ކުއްލި ހާލަތު އުވިއްޖެ؟ ހައްގުތައް އިޔާދަކޮށް، ހައްޔަރީން ދޫކޮށްލަންޖެހޭ!
18 ޑިސެމްބަރު 2017

ރައްޔިތުންގެ ހައްގުތައް ގެއްލިގެން ދާއިރު ދައުލަތުގެ މުއައްސަސާތައް ހިމޭނުން

18 ޑިސެމްބަރު 2017
ރައްޔިތުންގެ ހައްގުތައް ގެއްލިގެން ދާއިރު ދައުލަތުގެ މުއައްސަސާތައް ހިމޭނުން
10 ޑިސެމްބަރު 2017

އެޗްއާރްސީއެމް އަށް ހެޔޮ ދުއާ ސަލާމް، ހައްގުތައް ނިގުޅައިގަންނައިރު ކުޅި ބަލަން ތިޔަ ތިބެނީ ގާނޫނެއް ނެތީމައިތޯ އެވެ؟

10 ޑިސެމްބަރު 2017
އެޗްއާރްސީއެމް އަށް ހެޔޮ ދުއާ ސަލާމް، ހައްގުތައް ނިގުޅައިގަންނައިރު ކުޅި ބަލަން ތިޔަ ތިބެނީ ގާނޫނެއް ނެތީމައިތޯ އެވެ؟
17 ނޮވެމްބަރު 2017

ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު: ލިބުނު ހައްގެއް ނެތް، ހުސް ގެއްލުނު ހައްގުތައް

17 ނޮވެމްބަރު 2017
ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު: ލިބުނު ހައްގެއް ނެތް، ހުސް ގެއްލުނު ހައްގުތައް
10 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންގެ އިންސާނީ ހައްގުތައް ކޮބާ؟

10 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންގެ އިންސާނީ ހައްގުތައް ކޮބާ؟
17 ޖޫން 2017

ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

17 ޖޫން 2017
ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު