Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަސައްކަތްތެރިން

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ފަތުރުވެރިކަމުގެ ދާއިރާގައި 40،000 މީހުން ވަޒީފާ އަދާކުރަމުންދޭ

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް, ރާއްޖެ އެމްވީ | 19 ޖެނުއަރީ 2019 | ހޮނިހިރު 13:55
ރާއްޖޭގެ ރިސޯޓެއް

ރާއްޖޭގެ ރިސޯޓެއް

ފަތުރު ވެރިކަމުގެ ދާއިރާއަށް 46 އަހަރަށް ވުރެން ގިނަ ދުވަސް ވެފައިވާއިރު މި ދާއިރާގައި 40,000 މީހުން ވަޒީފާ އަދާކުރަމުން ދެއެވެ. އޭގެ ތެރެއިން ގާތްގަޑަކަށް 18,000 މީހުންނަކީ ދިވެހިންނެވެ. މި ދާއިރާއަކީ ރާއްޖޭގެ އިގްތިސާދުގެ ނާރެސްގެ ގޮތުގައި ވެގެން ގޮސްފައިވާއިރު މި ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އެފަރާތްތަކުގެ ހައްގުތައް ހޯދުމުގައި ހީނުކުރާ ވަރުގެ ގޮންޖެހުންތަކާ މިއަދު މިވަނީ ކުރިމަތިލާން ޖެހިފައެވެ. ތަފާތު ސަބަބުތަކާ ހުރެއެވެ. އެއްކަމެއްގެ ގޮތުގައި 2009 ވަނަ އަހަރުން ފެށިގެން ރާއްޖެ އައިއެލްއޯ (އިންޓަރނޭޝަނަލް ލޭބަރ އޯގަނައި ޒޭޝަން)ގައި ބައިވެރިވެ މިވީ ނުވަ އަހަރުގެ ތެރޭގައި އިންޑަސްޓްރިއަލް ރިލޭޝަންސްއާ ބެހޭ ގާނޫނެއް ވުޖޫދުވެފައި ނެތުން ފާހަގަކޮށްލަން ޖެހެއެވެ.

އިންޑަސްޓްރިއަލް ރިލޭޝަންސްއާ ބެހޭ ގަނޫނު 2011 ވަނައަހަރު ޑްރާފްޓްކުރި ފަހުން މިހާތަނަށް ތިން ފަހަރެއްގެ މަތިން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައި ވެއެވެ. އެންމެ ފަހުން މި ބިލް ހުށައަޅާފައި ވަނީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

ޓްއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަންގެ ރައީސް އަހުމަދު ޝިހާމް ފާހަގަކުރެއްވި ގޮތުގައި ކޮންމެ ފަހަރަކު ބިލް މަޖިލީހުން ބޭރުކޮށްލާ ސަބަބަކީ ބައެއް ރިސޯޓްތަކުގެ އޯނަރުންނާއި ސިޔާސީ ބައެއް ވެރިން ރިސޯޓްތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ހައްގުތައް ފުރިހަމައަށް ހޯދައިދީ އެފަރާތްތައް ބާރުވެރި ކުރުވަން ބޭނުން ނުވުމެވެ.

ރާއްޖޭގައި މިހާރު ހިންގަމުންދާ ޖުމްލަ 132 ރިސޯޓެއް އޮތް އިރު މި ތަންތަނުގައި މަސައްކަތްކުރާ ދިވެހިންގެ ނިސްބަތަކީ އެންމެ 40 ޕަސެންޓެވެ. 18 ވަރަކަށް ރިސޯޓްގައި ޖެނެރަލް މެނޭޖަރުންގެ މަގާމްގައި ދިވެހިން ތިބިއިރު ބާކީ ރިސޯޓްތަކުގައި މެނޭޖަރ ލެވެލްގައި ތިބީ ބޭރު މީހުން ކަމަށް ވާއިރު ރާއްޖޭގެ އިގްތިސާދުން އަހަރެއްގެ މައްޗަށް އެތައް ފައިސާއެއް ބޭރުވެގެން ދެއެވެ. އަނެއްކޮޅުން ގިނަ ރިސޯޓްތަކުގައި ގާނޫނުގައި ބުނާ ނިސްބަތުން ދިވެހިން ވަޒީފާތަކުގައި ނުގެންގުޅޭކަން ފާހަގަކުރެވެއެވެ.

"ޓޫރިސްޓް ސީޒަންގައި އެވްރެޖްކޮށް ސާރވިސްޗާޖްގެ ގޮތުގައި 1000 ޑޮލަރު ލިބޭ ރިޒޯޓްތަކުގައި ދިވެހިން ތިބެނީ މަސައްކަތްކުރާ ހިތުން . އެކަމަކު މިތަންތަނުގައިވެސް މަސައްކަތް ކުރާ ދާއިމީ މުވައްޒަފުންގެ ދެބައިކުޅަ އެއްބަޔަކީ ބިދޭސީ މުވައްޒަފުން. ފާހަގަކޮށްލަން ޖެހޭ އެއްކަމަކީ އެ ރިޒޯޓްތަކުގެ އެއްވެސް ވަޒީފާއަކަށް ދިވެއްސަކު ނުލިބި ނުހުންނާނެކަން،" ޓީމް ޖަމުއިއްޔާގެ ޖެނެރަލް ސެކެޓްރީ މައުރޫފް ޒާކިރު ވިދާޅުވިއެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި މިނިމަމްވޭޖެއް ނެތުމަކީ ވެސް މި ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ދިމާވެފައިވާ ގޮންޖެހުމެކެވެ. އަދި ގާނޫގައި ކަނޑައަޅާފައިވާ މިންވަރަށް ސާރވިސްޗާޖް ނުބެހުމާއި ބައެއް ރިސޯޓްތަކުގައި އެއްގޮތަކަށް ވެސް ސާވިސް ޗާޖް ނުދިނުމާއި މަހުން މަހަށް ސާވިސް ޗާޖް ނުދިނުމާއި އެ ނޫން ވެސް މައްސަލަތަކެއް އެބަހުއްޓެވެ. ނަމަވެސް އިންސާފު ހޯދުމަށް ދައުލަތުގެ މުއައްސަސާތަކަށް ހުށަހަޅައި އަދުލު އިންސާފު ނުލިބި މައްސަލަތަށް ދިގުލައިގެން ދިއުމަކީ ވެސް އެ ފަރާތްތަކަށް ހުރި ގޮންޖެހުންތަކެވެ.

"މިހުރިހާ ވާހަކައެއް ދައްކަމުންދާއިރު ދެރަވާންޖެހޭ އެއްކަމަކީ މި އިންޑަސްޓްރީގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންނަކީ ވަރިހަމަ ބޮޑުކޮށްލައިގެން ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން 10، 12 ގަޑިއިރު ވަޒީފަ އަދާކޮށްފައި، އައިސް ފުޓްބޯޅަ މެޗެއް ބަލާލާފައި އަންހެނުންނަށް ފޯނުކޮށްލާފައި ދެން ނިދާނީ. ސޯޝަލައިޒް ވުމެއް ދުނިޔޭގައި ހިނގާ ކަންކަމާ މެދު ނަޒަރު ހިންގުން މީ ވަރަށް މަދު މީހުން ގައިން ނޫނީ ނުފެންނަ ކަންކަން. ކޮންމެ މީހަކު ވެސް އެ މީހެއްގެ ފަރުދީ ޒިއްމާ ވެސް ނަގަންޖެހޭ،" މައުރޫފް ޒާކިރު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ޓްއަރިޒަމާ ބެހޭ ގާނޫނުގައި ސަރވިސް ޗާޖްގެ ގޮތުގައި ލިބޭ ފައިސާގެ 99 އިންސައްތަ މުވައްޒަފުންގެ މެދުގައި ބެހުމަށް ލާޒިމް ކޮށްފައި ވެއެވެ. ނަމަވެސް ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި ރިސޯޓްތަކުގެ ތެރެއިން ރިސޯޓެއްގައި ސްޕޮވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރާ އާދަމް ޝިރުހާން ބުނެފައި ވަނީ އެނާ މަސައްކަތް ކުރާ ރިސޯޓުން ވެސް ގާނޫނުގައި ބުނެފައިވާ މިންވަރަށް ސަރވިސް ޗާޖް ނުދޭ ކަމަށާއި ސާވިސް ޗާޖްގެ ގޮތުގައި ދެނީ އޭ ގެތެރެއިން ކުޑަ މިންވަރެއް ކަމަށެވެ.

ޗުއްޓީ ދިނުމާއި އޮފް ދުވަސް ދިނުމުގައި ވެސް ބޭރު މީހުުންނާ ދިވެހިންނާ ދެމެދު ތާފާތު ކުރާ ކަމަށާއި މަތީ ފެންވަރުގެ މަގާމްތައް ގާބިލް ނޫން މީހުންނަށް ދީފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކުގެ ވެސް ޒިންމާއެއް އޮތްކަން ގަބޫލުކޮށް އެ މީހަކަށް ލިބެންޖެހޭ ހައްގުތަށް ހޯދުމަށް އެމީހަކު އަމިއްލައަށް ވެސް ބުރަ މަސައްކަތްތަކެއް މިއަދު މިވަނީ ކުރަންޖެހިފައެވެ.

ފަރުދީ ޒިންމާގެ އިތުރުން ސަރުކާރާއި އަދި ރިސޯޓްތައް ހިންގާ ފަރާތްތަކުން ވެސް ބިދޭސީ މަސައްކަތްތެރިންނެކޭ އެގޮތަށް ދިވެހި މަސައްކަތު މީހާ އަށް ވެސް މުސާރަޔާއި އެލެވަންސާއި އަދި އެހެނިހެން ކަންކަމުގައި ވެސް ހަމަހަމަ ފުރުސަތު ދިނުމަށް މަސައްކަތްތަކެއް ކުރަން ޖެެހެއެވެ. ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހައްގުތައް ހިމާޔަތްކުރުމުގެ ވާހަކަ އެކަނި ދެއްކިޔަސް ކަމަކު ނުދާނެއެވެ. އެކަމުގައި އަމަލީ ގޮތުން ވެސް ފިޔަވަޅުތަކެއް އަޅަންޖެހެއވެެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017
ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

27 އެޕްރީލު 2017
އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017
ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

29 މާރިޗު 2017
ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި

ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި

18 މާރިޗު 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު