Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

މިލާނާއި ކަލިއާރީ އެއްވަރު، ޔުވެންޓަސްއަށް އުއްމީދެއް

ތާވަލުގެ ތިންވަނައިގައި މިލާން އޮތީ 76 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 16 މެއި 2021 | އާދީއްތަ 22:24
މިލާނާއި ކަލިއާރީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 0-0 ން

މިލާނާއި ކަލިއާރީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 0-0 ން

އިޓާލިއަން ލީގުގައި އާދީއްތަ ދުވަހުގެރޭ އޭސީ މިލާނާއި ކަލިއާރީ ބައްދަލުކުރި މެޗު އެއްވަރުވުމުން، ގަދަ ހަތަރެއްގެ ޖާގައެއް ހޯދަން މަސައްކަތްކުރަމުން އަންނަ ޔުވެންޓަސްއަށް އުއްމީދެއް ލިބިއްޖެއެވެ.

މިލާނުގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

މި މެޗުގައި ލީޑު ނަގަން ދެ ޓީމަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައިރު، ފުރަތަމަ ހާފުގައި އެންމެ ނުރައްކާތެރި ހަމަލާއެއް އުފައްދާފައިވަނީ މިލާނުންނެވެ. އެގޮތުން އޭރިއާ ބޭރުން އެ ޓީމުގެ އެލެކްސިސް ސައެލެމައެކާސް ފޮނުވާލި ނުރައްކާތެރި ހަމަލާ ކަލިއާރީގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފައެވެ.

އަދި ދެވަނަ ހާފުގައި އޭރިއާ ތެރެއިން ކަލިއާރީގެ ލެއޮނާޑޯ ޕަވޮލެޓީ ބޮލުން ނުރައްކާތެރި ހަމަލާއެއް ފޮނުވާލިއިރު، އެ ހަމަލާ މިލާނުގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އަދި އޭގެ ފަހުން ދެވަނަ ހާފުގައި މިލާނުގެ ކުޅުންތެރިންނަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.

މި މެޗުން މިލާން މޮޅުވި ނަމަ، ޔުވެންޓަސްއަށް ގަދަ ހަތަރެއްގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެގެންދާނެއެވެ. އެކަމަކު މިލާން އެއްވަރުވުމުން ގަދަ ހަތަރެއްގެ އުއްމީދެއް ޔުވެންޓަސްއަށް ލިބިގެންދިޔައިރު، އެ ޓީމު މި ވަގުތު އޮތީ ތާވަލުގެ ފަސްވަނައިގައި ކުޅުނު 37 މެޗުން ލިބުނު 75 ޕޮއިންޓާއެކުއެވެ.

ތާވަލުގެ ހަތަރުވަނައިގައި އޮތީ އާދީއްތަ ދުވަހުގެރޭ ފިއޮރެންޓީނާ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވި ނާޕޮލީއެވެ. ނާޕޮލީ އާއި ތިންވަނައިގައި އޮތް މިލާނަށް 37 މެޗުން 76 ޕޮއިންޓް ލިބިފައިވާއިރު، މިލާނަށް ކުރި ލިބެނީ ހެޑް-ޓު-ހެޑް ގަވާއިދުންނެވެ.

އިޓާލިއަން ލީގުއޭސީ މިލާން

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް
15 މެއި 2025

މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

15 މެއި 2025
މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި
19 ފެބުރުއަރީ 2025

އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް

19 ފެބުރުއަރީ 2025
އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް
17 ފެބުރުއަރީ 2025

ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި

17 ފެބުރުއަރީ 2025
ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި
16 ފެބުރުއަރީ 2025

ފަހު ވަގުތު ލާޒިއޯއާ އެއްވަރުވެ، ނަޕޯލީ އަށް ފުރުސަތު ގެއްލިއްޖެ

16 ފެބުރުއަރީ 2025
ފަހު ވަގުތު ލާޒިއޯއާ އެއްވަރުވެ، ނަޕޯލީ އަށް ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު