Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފިތުރު ޒަކާތް ބެހުން

ފިތުރު ޒަކާތުގެ ގޮތުގައި މާލެ ސިޓީން ހަމިލިއަނަށް ވުރެ ގިނަ ރުފިޔާ

ފިތުރު ޒަކާތް ދައްކާފައިވަނީ 164392 މީހުން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 16 މެއި 2021 | އާދީއްތަ 06:54
ފައިލް ފޮޓޯ، މާލޭގައި ފިތުރު ޒަކާތް ދައްކަނީ

ފައިލް ފޮޓޯ، މާލޭގައި ފިތުރު ޒަކާތް ދައްކަނީ

މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި މާލެ ސިޓީން ހަމިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

1442 ވަނަ އަހަރުގެ ފިތުރު ޒަކާތު ފައިސާގެ ތަފްސީލު ހިއްސާކޮށް އިސްލާމިކް މިނިސްޓްރީން ބުނީ މާލޭ ސިޓީގައި ފިތުރު ޒަކާތް ބަލައިގެންފައިވަނީ 1442 ރަމަޟާން 01 އިން ފެށިގެން 1442 ރަމަޟާން 30 ވަނަ ދުވަހުގެ ރޭ 8:00ށް އާ ހަމައަށް ކަމަށެވެ. ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ޖުމްލަ 00-6,746,896 (ހަމިލިއަން ހަތްލައްކަ ސާޅީސް ހަހާސް އަށްސަތޭކަ ނުވަދިހަ ހަ ރުފިޔާ) ލިބިފައިވާއިރު، ފިތުރު ޒަކާތް ދައްކާފައިވަނީ 164392 މީހުން ކަމަށް މިނިސްޓްރީން ބުނެއެވެ.

މާލެ ސިޓީގައި ފިތުރު ޒަކާތުގެ ފައިސާ ބަހާފައިވާ ގޮތަށް އަލިއަޅުވާލައި އިސްލާމިކް މިނިސްޓްރީން ބުނީ މާލޭގައި ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނެނީ 1498 މީހުން ކަމަށާއި، މި އަހަރުގެ ފިތުރު ފައިސާ ހަވާލު ކުރެވުނީ 1494 މީހުންނަށް ކަމަށެވެ. އަދި ފަގީރުންގެ ދަފްތަރަށް ބަހާފައިވާ ޖުމްލަ ފައިސާއަކީ 6,274,800.00 (ހަމިލިއަން ދެލައްކަ ހަތްދިހަ ހަތަރުހާސް އަށްސަތޭކަ ރުފިޔާ) ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ފިޔަވަތި، އަމާންވެށި، ކުޑަކުދިންގެ ހިޔާ އަދި ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ހަވާލު ކުރެވުނީ 47209600 (ހަތަރުލައްކަ ހަތްދިހަ ދެހާސް ނުވަދިހަ ހަރުފިޔާ) ކަމަށެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ 1442 ރަމަޝާން 28 ވަނަ ދުވަހާ ހަމައަށް އެކައުންޓްގެ ތަފްސީލް ލިބިފައިވާ ޖުމްލަ 1472 މީހުންނަށް ފިތުރު ފައިސާ ވަނީ އެމީހުންގެ އެކައުންޓްތަކަށް ޖަމާކޮށްފައި ކަމަށެވެ. ނަމަވެސް 1442 ރަމަޟާން 30 ވަނަ ދުވަހާ ހަމައަށް އެކައުންޓް ތަފްސީލް ލިބިފައިނުވާ މީހުންގެ ފައިސާ ދެވޭނެ އިންތިޒާމުތައް ހަމަޖައްސައި އިތުރު 22 މީހުންގެ ފައިސާ މިނިސްޓްރީން ދޫކޮށްފައިވެއެވެ.

ފިތުރު ޒަކާތުގެ ފައިސާ އަކީ އެ ރަށަކަށް ލިބޭ ފައިސާ އެ ރަށެއްގައި ދިރިއުޅޭ ފަގީރުންނާއި މިސްކީނުންނަށް ޢީދު ނަމާދުގެ ކުރިން ބަހައި ހުސްކުރަން ޖެހޭ ފައިސާ އެކެވެ. އެގޮތުން އެ ރަށަކުން ލިބުނު ފައިސާ އެ ރަށެއްގައި ރަޖިސްޓްރީވެފައިވާ ފަގީރުންނާއި މިސްކީނުންނަށް ބަހާއިރު މާލެ އަދި އަތޮޅުތެރޭގެ އެކި ރަށްތަކުގައި ބޮލަކަށް ޖެހޭ އަދަދު ތަފާތުވާނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާލެ ސިޓީ އަދި ރަށްރަށުގައި ނަގާފައިވާ ފިތުރު ފައިސާ، އީދު ނަމާދުގެ ކުރިން އެ ރަށެއްގައި ދިރިއުޅޭ ފަގީރުންނާއި މިސްކީނުންނަށް ބަހާފައިވާ ކަމަށެވެ. މިނިސްޓްރީގެ ބެލުމުގެ ދަށުން ހުރިހާ ރަށެއްގައި ފިތުރު ފައިސާ ބަހާފައިވާއިރު ރަށްރަށުންފައިސާ ބެހިގޮތުގެ ތަފްސީލު ލިބޭނީ ހުރިހާ ކައުންސިލަކުން ތަފްސީލް ލިބުމުން ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ފިތުރު ޒަކާތް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑި އާއްމުކޮށްފި

ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑި އާއްމުކޮށްފި

28 ފެބުރުއަރީ 2025
ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސްތަކާއި މިންގަނޑުތައް އާންމުކޮށްފި

ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސްތަކާއި މިންގަނޑުތައް އާންމުކޮށްފި

23 ޑިސެމްބަރު 2024
އިއްޔެގެ ނިޔަލަށް ފިތުރު ޒަކާތުގެ ގޮތުގައި 9.2 މިލިއަން ރުފިޔާ ލިބިއްޖެ

އިއްޔެގެ ނިޔަލަށް ފިތުރު ޒަކާތުގެ ގޮތުގައި 9.2 މިލިއަން ރުފިޔާ ލިބިއްޖެ

09 އެޕްރީލު 2024
ފިތުރު ޒަކާތުގެ ގޮތުގައި 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

ފިތުރު ޒަކާތުގެ ގޮތުގައި 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

09 އެޕްރީލު 2024
ރަމަޟާންމަހު ފުރަތަމަ 20 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 4.4 މިލިއަން ރުފިޔާ

ރަމަޟާންމަހު ފުރަތަމަ 20 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 4.4 މިލިއަން ރުފިޔާ

03 އެޕްރީލު 2024

އަހަރުތަކުން މިއަދު

11 މާރިޗު
ގާރލިކް ޓަސްކަން ޗިކެން
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގާރލިކް ޓަސްކަން ޗިކެން

އަލުވި ޗީޒް ޕޭންކޭކް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

އަލުވި ޗީޒް ޕޭންކޭކް

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް
20233 އަހަރު ކުރިން
ރާއްޖެ

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ
20224 އަހަރު ކުރިން
ރާއްޖެ

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!
20215 އަހަރު ކުރިން
ރިޕޯޓު

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!
20197 އަހަރު ކުރިން
ރިޕޯޓު

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު