Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕޯޓްސް ކޯޕަރޭޝަނުގެ އޮފީސް

ސްޕޯޓްސް ކޯޕަރޭޝަނުގެ އޮފީސް ހުސްކުރަން އަންގައިފި

ސްޕޯޓްސް ކޯޕަރޭޝަނަކީ އުވާލަންޖެހޭ ކުންފުންޏެއް ކަމަށް ވަޒީރު މީގެ ކުރިން ވިދާޅުވި

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް, ރާއްޖެ އެމްވީ | 16 މެއި 2021 | އާދީއްތަ 05:24
މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އޮފީހުގައި މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އޮފީހުގައި މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

ގަލޮޅު ދަނޑުގެ އެކޮމަޑޭޝަން ބްލޮކުގައި ހިންގަމުން އަންނަ މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުގެ އޮފީސް ހުސްކުރަން އަންގައިފިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުގައި އޮންނަ ގަލޮޅު ދަނޑުގެ އެކޮމަޑޭޝަން ބްލޮކުގައި ހިންގަމުން އަންނަ ސްޕޯޓްސް ކޯޕަރޭޝަން އޮފީސް ހުސްކުރަން ވުޒާރާއިން އަންގާފައިވާއިރު، އަންނަ ޖުލައި މަސް ނިމުމުގެ ކުރިން އޮފީސް ހުސްކުރަން ޖެހެއެވެ.

ސްޕޯޓްސް ކޯޕަރޭޝަނުން ބުނީ އިމާރާތް ހުސްކުރަން ވުޒާރާއިން އަންގާފައިވަނީ އެ އިމާރާތުން އެހެން ކުޅިވަރު އެސޯސިއޭޝަންތަކަށް ޖާގަ ދިނުމުގެ ގޮތުން ކަމަށާއި، އެކަމާ ގުޅިގެން ސްޕޯޓްސް ކޯޕަރޭޝަނުގެ ބެލެނިވެރި ފަރާތް ކަމަށްވާ ފިނޭސް މިނިސްޓްރީއަށް އެހެން ގޮތެއް ހޯދައިދޭން ކޯޕަރޭޝަނުގެ ފަރާތުން މިހާރު އެދިފައިވާ ކަމަށެވެ.

ސްޕޯޓްސް ކޯޕަރޭޝަނުގެ އޮފީސް ހިންގަމުން އަންނަ އިމާރާތް ހުސްކުރުމަށް ކުޅިވަރާ ބެހޭ ވުޒާރާއިން އަންގާފައިވާއިރު، ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް މީގެ ކުރިން ވަނީ ސްޕޯޓްސް ކޯޕަރޭޝަނަކީ އުވާލަންޖެހޭ ކުންފުންޏެއް ކަމަށް ވަރަށް ގިނަ ފަހަރު ވިދާޅުވެފައެވެ. އަދި ވުޒާރާގެ ފަރާތުން ކުޅިވަރު ޤާނޫނަށް ހުށަހެޅި އިސްލާހުތަކުގައިވެސް ސްޕޯޓްސް ކޯޕަރޭޝަން އުވާލުމަށް ވަނީ ހިމަނާފައެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީއަށް ހާޒިރުވެ، މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މަޚްލޫފް ވަނީ މިހާރު އެކުލަވާލާފައިވާ ޤާނޫނަށް އިސްލާހު ގެނެސް، ސްޕޯޓްސް ކޯޕަރޭޝަން އުވާލަން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. އެ ފަހަރު ވަޒީރު ވިދާޅުވީ ކުޅިވަރާ ބެހޭ ވުޒާރާ އާއި ވަޒީރު އަދި ސްޕޯޓްސް ކޯޕަރޭޝަނާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި، މިހާތަނަށްވެސް މަސައްކަތްކޮށްފައި ވަނީވެސް ވަރަށް ގާތްކޮށް ކަމަށެވެ. އެކަމަކު ސްޕޯޓްސް ކޯޕަރޭޝަނަކީ އަމިއްލައަށް ކަމެއް ކުރުމުގެ ކެޕޭސިޓީއެއް ނެތި، ގެއްލުމުގައި ކުރިއަށްގެންދާ ކުންފުންޏެއް ކަމަށާއި، އެހެން ކަމުން ފިނޭސް މިނިސްޓްރީއާއެކު ކުރެވުނު މަޝްވަރާތަކަށްފަހު ސްޕޯޓްސް ކޯޕަރޭޝަން އުވާލުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގައި ސްޕޯޓްސް ކޯޕަރޭޝަނެއް އޮންނަކަން އެނގިނުލައްވާ ކަމަށާއި، ސްޕޯޓްސް ކޯޕަރޭޝަން އުވާލަން ނިންމީ ސްޕޯޓްސް ކައުންސިލާއި، ކުޅިވަރު އެސޯސިއޭޝަންތަކުންވެސް އެކަމަށް އެދޭތީ ކަމަށެވެ. އެކަމަކު އުފައްދާފައި އޮތް ކުންފުންޏެއް އުވާލުމުގެ ކުރިން އެކި ފަރާތްތަކުގެ މަޝްވަރާ އާއި ލަފާ ހޯދާނެ ކަމަށާއި، އެއީ ވަޒީރު އަމިއްލައަށް ނިންމާ ނިންމުމެއް ނޫން ކަމަށްވެސް އެ ފަހަރު ވިދާޅުވިއެވެ.

ސްޕޯޓްސް ކޯޕަރޭޝަނުގެ ކެޕޭސިޓީއެއް ނެތްކަން ވަޒީރު މީގެ ކުރިން ފާހަގަކުރެއްވިއިރު، އެ ބޭފުޅުން މަސައްކަތް ކުރައްވާ އިމާރާތަކީވެސް ކުޅިވަރާ ބެހޭ ވުޒާރާއިން ހިލޭ ދީފައިވާ އިމާރާތެކެވެ. އަދި މި ސަރުކާރުން ދެ ފަހަރު އެ އިމާރާތުގެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށް ވަޒީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ސްޕޯޓްސް ކޯޕަރޭޝަން އޮފީސް ހުސްކުރުމަށް ކުޅިވަރާ ބެހޭ ވުޒާރާއިން އެންގުމުން، ކޯޕަރޭޝަނުން ވަނީ ދެ ހުށަހެޅުމެއް ފިނޭސްއަށް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހެންވޭރު ޔޫތު ސެންޓަރުގެ ގޮތުގައި ކުރިން ބޭނުންކުރި މުނިއުފާ ހިންގި ބިމަކީ އެ ކުންފުންޏަށް މީގެ ކުރިންވެސް ދީފައިވާ ތަނަކަށްވާތީ، އެ ބިން އަލުން ކުންފުންޏަށް ދިނުމަށް އެދި ފިނޭސް މިނިސްޓްރީގައި އެދިފައިވާއިރު، އެކަން އެގޮތައް ކުރެވެން ނެތް ނަމަ އެހެން އޮފީހެއް ހަމަޖައްސައިދިނުމަށް ވަނީ އެދިފައެވެ.

ރާއްޖޭގެ ކުޅިވަރުގެ ޤާނޫނުގައި ބުނެފައި ވަނީ "ދިވެހި ދައުލަތުގެ މިލްކިއްޔާތުގައިވާ ކުޅިވަރާ ގުޅޭ މުދަލުގެ ތެރެއިން މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނަށް ބަދަލުކުރަން ކަނޑައެޅިފައިވާ މުދާ ކަނޑައަޅައި، މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނަށް ކުޅިވަރާ ބެހޭ ވުޒާރާއިން ނަގުލުކޮށް ބަދަލު ކުރަންވާނެ" ކަމަށެވެ.

މީގެ ކުރިން 2017 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ކުޅިވަރާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުގައި އޮތް މުނިއުފާ ހިންގި ބިން ސްޕޯޓްސް ކޯޕަރޭޝަނަށް ދިނުމަށް ނިންމައި އެއްބަސްވުމެއް އެކުލަވާލި ނަމަވެސް، ފަހުން އެ ބިން ވަނީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައެވެ. ގާތްގަނޑަކަށް 10،000 އަކަ ފުޓޫގެ އެ ބިމުގައި އޭރު ސްޕޯޓްސް ކޯޕަރޭޝަނުން ނިންމާފައި އޮތީ އެ ތަން ބޭނުންކޮށްގެން ކުޅިވަރުތައް ކުރިއެރުވުމަށް ބޭނުންވާނެ ފައިސާ ހޯދުމަށެވެ.

މާބޮޑު މަސައްކަތެއް ނެތް ކުންފުންޏެއްގެ ގޮތުގައި އޮތް ސްޕޯޓްސް ކޯޕަރޭޝަނުން މި ސަރުކާރު އައި ފަހުން ކޮށްފައިވާ ބޮޑު މަސައްކަތަކީ ކުޅިވަރާ ބެހޭ ވުޒާރާއިން ސްޕޯޓްސް ކޯޕަރޭޝަނާ ހަވާލުކޮށްގެން ރަށްރަށުގައި އެޅުމަށް ނިންމާފައިވާ 61 އައުޓްޑޯ ޖިމްތައް ގެނައުމުގެ މަސައްކަތެވެ.

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރަކީ މަޝްހޫރު ގޯލްކީޕަރު އަދި ކޯޗު މައުރޫފް އަޙްމަދު (މާއްޓޭ) އެވެ. އަދި އެ ކޯޕަރޭޝަނުގެ ޗެއާމަނަކީ ވޮލީބޯލް އެސޯސިއޭޝަނުގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން މުޙައްމަދެވެ.

ކުޅިވަރުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ސްޕޯޓްސް ކޯޕަރޭޝަނުގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގައި ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ކުރިއެރުވުމާއި، ސްޕޯޓްސް ޗެނަލް ތަރައްގީކުރުމާއި، ކުޅިވަރު ކުޅޭ ފަރާތްތަކުގެ ގާބިލުކަން ކުރިއެރުވޭނެ ޕްރޮގްރާމުތައް ރާވައި ހިންގުމާއި، ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އިތުރަށް ކުރިއަރުވާ ތަމްރީނު ހޯދާނެ މަގު ފަހިކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން އެ ކުންފުނީގެ ބެލުމުގެ ދަށުފައިވާ ކުޅިވަރު ވަސީލަތްތަކުގެ ބޭނުން ކްލަބުތަކާއި އެސޯސިއޭޝަންތަކަށް ބޭނުން ހިފޭނެ މަގުފަހިކޮށްދީ އެނޫން ފަރާތްތަކަށް އެ މުދަލުން މުއާމަލާތްކޮށް ވިޔަފާރި އުސޫލުން މަންފާ ހޯދުންވެސް ހިމެނެއެވެ.

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޕޯޓްސް ކޯޕަރޭޝަން ވަގުތުން އުވާލަން ޖެހޭ: މަޚްލޫފް

ސްޕޯޓްސް ކޯޕަރޭޝަން ވަގުތުން އުވާލަން ޖެހޭ: މަޚްލޫފް

17 ނޮވެމްބަރު 2021
ކުޅިވަރު ކުރިއަރުވަން ސްޕޯޓްސް ކޯޕަރޭޝަނާއި އެމްއޯސީ ގުޅިގެން މަސައްކަތްކުރަނީ

ކުޅިވަރު ކުރިއަރުވަން ސްޕޯޓްސް ކޯޕަރޭޝަނާއި އެމްއޯސީ ގުޅިގެން މަސައްކަތްކުރަނީ

15 ސެޕްޓެމްބަރު 2021
އޮފީސް ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަން އިމިގްރޭޝަނާއި އެމްޕީއެލް އަށް

އޮފީސް ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަން އިމިގްރޭޝަނާއި އެމްޕީއެލް އަށް

12 ފެބުރުއަރީ 2017
އޮފީސް ނެޓް ބޯޅަ މުބާރާތް: ޕޮލިސް، އެސްޓީއޯ، އިމިގްރޭޝަން އަދި ކަސްޓަމްސް މޮޅުވެއްޖެ

އޮފީސް ނެޓް ބޯޅަ މުބާރާތް: ޕޮލިސް، އެސްޓީއޯ، އިމިގްރޭޝަން އަދި ކަސްޓަމްސް މޮޅުވެއްޖެ

11 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް

އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު