ލޯބިން
އާމިރު ސަލީމް
1 ޖެނުއަރީ 1970 | ބުރާސްފަތި 05:00

      އެކި ގޮތްގޮތަށް ވިސްނުމަށްފަހު ޒައިނާ ބޭނުންވި ފުރުޞަތުވެސް ހޯދައިފިއެވެ. އެއީ ކޮންމެވެސް ޢީދެއްގެ މުނާސަބަތުގައި އައްޑޫގައި ވަރަށް ފޯރިގަދަ ކުޅިވަރުތަކެއް ބޭއްވުނު ދުވަސްވަރެކެވެ. ވަގުތަކީ ރޭގަނޑުގެ ވަގުތެވެ. ކުލޅިވަރުތައް ހިނގަމުންދިޔަ ހިސާބުގައި މީހުން ވަނީ ތޮއްޖެހިފައެވެ. ކުޅިވަރުތައް ބަލައިލުމަށް އައިސްއުޅޭ މީހުންނާއި، ހަމަ މަަޖަލަށް ކުޅިވަރަށް މީހުންގަނޑުގެ ތެރޭގައި އެނބުރެމުންދާ ދެޖިންސުގެ ޒުވާނުންތަކާއިގެން މުޅި ހިސާބުގަނޑު އޮތީ ފުރި ބާރުވެފައެވެ.

      ރައްޓެހި ދެކުއްޖަކާއި އެކު ޒައިނާއަށް އެހިސާބަށް ދެވުނުއިރު އެއްވެފައިވާ މީހުންތަކުގެ ހަޅޭކާއި ހުނުމާއި ތަރުޙީބުގެ އަޑުތަކުން މުޅި މާޙައުލުވަނީ ގުގުމާލާފައެވެ. ޒައިނާ އެއެތެރެއަށް ދިޔައީ ޒިޔާމް އެތަނުން ފެންނާނެކަމުގެ އުންމީދާއި އެކުގައެވެ. އޭނާއަށް އެހާ ބޮޑު ޔަޤީންކަމެއް ލިބުނީ އެދުވަހު ހަވީރު މަގުމަތިން ޒިޔާމް ފެންނަ ހިސާބެއްގައި ހުއްޓާ ޒިޔާމްގެ ރައްޓެއްސަކު ޒިޔާމްގެ ގާތުގައި ބުނި އެއްޗެއްގެ އަޑު އިވިގެން ނެވެ.

" އެއި ޒިޔާމް ކޮބާ ކުޅިވަރަ އިންނަ ތާން ޖައްސަލާހެއްތި. އެއްގޮތަކަސް ތެހެން ހިށަގެން ކަމަނިއޭހެއް. "

      ސައިކަލެއްގައި ދިޔަމީހަކު ޒިޔާމްއާއި ކައިރިކޮށްލުމަށްފަހު ވަރަށް ބާރަށް ޒިޔާމްއަށް ގޮވާލިއެވެ. ޖަވާބުގައި ޒިޔާމްވެސް އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލިއެވެ. އޭރު އެތަނާއި ތަންކޮޅެއް ދުރުގައި ޒައިނާ ހުއްޓިލައިގެން ހުއްޓެވެ.

" ޒިޔާމް "

މަޑުމަޑުން ޒައިނާ އެނަން ތަކުރާރުކޮށްލިއެވެ.

      މީހުންގަނޑު ތެރެއަށް ވަދެގެން އެކި ދިމަދިމާލަށް ނަޒަރު ހިންގައި ޒައިނާ ބަލަމުންގެންދިޔައެވެ.

" ކޮންތައް ތެ ހޯދަނީ! އަނެއްކޯ މީހަކާއް ގަޑި ކޭގެނާ އާސްގެން ތެހިގަނީ "

      ޒައިނާގެ ޙަރަކާތްތައް ހުރިގޮތުން ކައިރީގައި ހުރި އެއްކުއްޖަކަށް އެކަން ފާހަގަ ކުރެވުނީވެސް ކަންނޭނގެއެވެ. ޒައިނާގެ ކޮނޑުގައި ކޮއްޓާލަމުން އެކުއްޖަކު ސުވާލުކޮށްލިއެވެ. އެކަމަކު އެސުވާލަކަށް ޒައިނާ ވަކި ޖަވާބެއް ނުދެއެވެ. ހަމައެކަނި ހިނިތުންވުމަކުން ފުއްދާލީއެވެ.

      ގާތްގަނޑަކަށް ފަނަރަ ވަރަކަށް މިނެޓްގެ މަސައްކަތައް ފަހު ޒައިނާ ހިތް ހަމަޖެހޭ ކަހަލަ ނަތީޖާއެއް ލިބިއްޖެއެވެ. ވަރުބަލިކަމެއް ނެތި ޒައިނާގެ ދެލޯ ހޯދަމުންފިޔަ މީހާ ޒައިނާއަށް ފެނިއްޖެއެވެ. މިފަހަރުވެސް އެމީހަކު ޒައިނާއަށް ފެނުނީ ހަމައެހެން ފަހަރުތަކުގައިވެސް ފެންނަގޮތަށް އެހެންމީހުނާއި، ކުޅިވަރާއި، މަޖަލާއި ދުރުގައި ހުއްޓައެވެ. މީހުންތަކާއި ތަންކޮޅެއް ދުރުގައި އެކަނިމާއެކަނި ހުއްޓިލައިގެން ހުރި ޒިޔާމް ހަމަ ފެނުމާއިއެކު ޒައިނާވެސް ހުއްޓިއްޖެއެވެ.

" މަ އޭތިކޮށް ތެތެއި ތިބޭ ހެއްތިޔަ. ވަރަށް އަވަހަށް ތެބޭން "

      ޒައިނާއާއިއެކު އެތަނަށް އައިސް އުޅުު އަނެއް ދެކުދިން ގާތު އެތަނުގައި މަޑުކުރުމަށް ބުނެފައި ޒައިނާ ޒިޔާމް ހުރިތަނާ ދިމާލަށް ހިނގައިގެންފިއެވެ.

      ވަރަށް މަޑުމަޑުން ހިނގައިފައި ޒިޔާމްގެ ފަހަތުންގޮސް ހަމަ އެހާމެ މަޑުމަޑުން ޒިޔާމްގެ ދާދި ގާތައް ޒައިނާ ހުއްޓިއްޖެއެވެ. އޭރު ޒައިނާ ހުރީ ހިސާބަކަށް ފިނިވެސް ވެފައެވެ. ހިސާބަކަށް ހަތަރެސްފައި ތުރުުތުރު އަޅާހެންވްސް ހީވެއެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. މިއީ ޒިޔާމްއާއި އެހާ ގާތައް އޭނާއަށް އާދެވުނު ފުރަތަމަ ފަހަރެވެ.

" ޒިޔާމް ހާއުދަހައި އެކަނި ވެފައި ތެހެރީ "

      ވަރަށް ހިތްވަރުކޮށްފައި ޒައިނާ ވާހަކަދެއްކިއެވެ. ޒިޔާމްގެ މޫނަށް ވަލަހައްޓައިގެން ހުރެއެވެ. ޙައިރާންކަމާއިއެކު ޒިޔާމް ޒައިނާއާއި ދިމާއަށް ބަލާލިއެވެ. އޭނާ ޙައިރާންވީ ކުއްލިއަަކަށް ކައިރިން އަންހެން ކުއްޖަކު ފެނުނީމައެއްނޫނެވެ. އެކަމަކު އޭނާ އެހާ ޙައިރާން ޖެހުނީ ސީދާ އޭނާގެ ނަމުން އެކުއްޖަކު ގޮވާލުމުންނެވެ. އެކަމަކު ޒައިނާގެ ވާހަކައަކަށް އޭނާ އަޅައެއްނުލައެވެ.

" މަށް ޒިޔާމް ވަރަށް ގިނައިް ފެނެއި. ފަހަރަކި ޒިޔާމްއަށް ފާހަގަ ނިވެނީ ކަމަސް ނިއެގެއި. އެކަމަކި އަބަދަސް ފެނެނީ ވަރަށް އެކަނިވެފައި ހިންނަ ވޭލެއި. ހީވެނީ ކޮންމިޔަސް ކަމަކާއި ގެއްލިފެއި ހިންނަހެން.

އެހެންވެ އަބަދަސް ވަރަށް ޒިޔާމް އެއި ވާހަކަ ދައްކާއް ބޭނުންވެފައި މި ހިންނައި. އެކަމަކި އެކަހަލަ ފުރުސަތައް ނިލިބޭހެށި...އެކަމަކި މިރެއި މިތަނުން ފެނެމެއި ހިތަށް އެރީ ވާހަކަ ދައްކާލައް އޭނެއްޔެހި. މައްސަލާއް ނެތީ؟

      އިރުކޮޅަކު އެއްޗެކޭ ނުބުނެ ހުރުމަށްފަހު އަނެއްކާވެސް ވާހަކަ ދެއްކީ ޒައިނާއެވެ. ވަރަށް ހިތްވަރުކޮށްފަ ޒައިނާ އޭނާގެ ހިތުގެ އުދާސްތައް ކޮންމެވެސް ވަރަކަށް ބޭރުކޮށްލައިފިއެވެ. އެކަމަކު އެއިން އެއްވެސް ވާހަކައެއް ޒިޔާމްއަށް އިވުނުހެންވެސް ހީނުވެއެވެ. ޒައިނާ އެހުރިހާ ވާހަކައެއްދެއްކި އިރުވެސް ޒިޔާމް ހަމަ އެހުރިގޮތަށް ހުރީއެވެ. ޒައިނާއާއި ދިމާއަށް ވަލާވެސް ނުލައެވެ.

" އަދި ހަނދާން ނެތިފެއްޔެއި މިހިށީ! މަށް ކެނީ ޒައިނާ "

      ޒިޔާމް އެއްވެސް ޖަވާބެއް ނުދިނުމުންވެސް ޒައިނާ މާޔޫސް ވާގޮތެއް ނުވިއެވެ. ހިތްވަރުކޮށްފައި އަނެއްކާވެސް ކުރިއަށް ގެންދަންފެށީއެވެ. ކުޑަކޮށް ހިނިތުންވެލުމަށްފަހު އަމިއްލައަށް ތަޢާރަފް ވެލިއެވެ. ދެން ސަލާމްކޮށްލުމަށް އަތް ދިއްކޮށްލިއެވެ.

" ބޭނުންވަނީ ކޮންކަމެއް؟ "

      ކުޑައިރުކޮޅަކު މަޑުކޮށްލުމަށްފަހު ޒަހިނާ ދިއްކޮށްލި އަތުގައި ހިފާ ސަލާމް ކޮށްލިއެވެ. އެކަމަކު ޒިޔާމްގެ އަޑުގައިހުރީ ހަރުކަށީ މަލާމާތުގެ ގޮތެކެވެ.

" އަހަންނަކީ ތި ހީކުރާކަހަލަ އަންހެނެއް ނޫން. ބޭނުންވަނީ ޒިޔާމްގެ މީހަކަށްވާން. "

      ޒައިނާދިނީ ވަރަށް ސާދާ އެހާމެ އަވަސް ޖަވާބެކެވެ.

" ކާކުކަން ނޭނގުނަށް ހެޔޮތަ؟ "

      ޒިޔާމް ސުވާލުކޮށްލިއެވެ.

" އެއަށްވުރެ ބޮޑަށް އިތުބާރު ކުރަން. "

      ޒިޔާމްގެ އަތުން ދޫކޮށްލަމުން ޒައިނާ ޖަވާބުދިނެވެ.

" ކިހާ ދުވަހަކު އުޅެވިދާނެހެން ހީވޭތަ؟ "

      ޒިޔާމް ވާހަކަދެއްކީ އިސްޖަހާލައިގެން ނެވެ.

" މުޅި ޢުމުރަށް. "

      ޒައިނާ ދިނީ ކުރުޖަވާބެކެވެ.

" އެހެން މީހަކުދެކެ ލޯބި ވެވިއްޖެއްޔާ؟ "

      ޒައިނާގެ މޫނަށް ޒިޔާމް ބަލައިލިއެވެ.

" ދުވަހަކުވެސް ނުވާނެ! "

      ޒައިނާ ހިތުގެ އަޑު އިއްވައިދިނެވެ.

" ދުވަސްކޮޅަކުން ފޫހިވެއްޖެއްޔާ! "

" އެއަށްވުރެ ބޮޑަށް ލޯބިވޭ. "

      ޒައިނާ ވާހަކަދެއްކީ މަޑުމަޑުންނެވެ.

" މީހަކު އިންނައިރު އެމީހެއްގެ މާޒީ..........."

" މީހަކު ދެނެގަންނާކަށް އެމީހެއްގެ މާޒީގެ ފަތްފުއްތައް ފުރޮޅާކަށް ނުޖެހޭނެ. އައިކެން ރީޑް ޔޯ ފޭސް "

      ޒިޔާމްގެ ވާހަކަ މެދުކަނޑާލުމަށްފަހު ވަރަށް އިތުބާރާއިއެކު ޒައިނާ ވާހަކަ ދެއްކިއެވެ.

" ބައެއް މީހުންގެ ހިތުގައިވާ އެއްޗެއް އެމީހުންގެ މޫނުމަތިން ފެނެޔޭ ބުނާވަހަކަ ޤަބޫލެއް ނުކުރަން. ޚާއްސަކޮށް އަންހެންކުދިންގެ ބޭރުފުށުން ފެންނަ އެއްޗަކާއި ހިތް ވަރަށް ތަފާތުވާނެ. ތިއީ ލޯތްބެއް ނޫން. މޮޔަކަން. " 

ޒިޔާމް ޒައިނާއާއި ދިމާއަށް އެނބުރިލިއެވެ. އޭރު ޒިޔާމްގެ އަޑުގައި ހުރި ހަރުކަށިކަން މަޑުމަޑުން ފިލަންފަށައިފއެވ

0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް