ޒިޔާމްގެ ވާހަކަތައް އަޑުއަހާ ނިމުނުއިރު ސައީދު އިނީ ހައިރާންވެގެންގޮސް ބުނާނެ އެއްޗެއް ނޭނގިފައެވެ.
" ހަދާނެގޮތެއް ނޭނގިގެން މިއުޅެނީ. އެންމެ ކަންބޮޑުވަނީ އަރީފްގެ ފަރާތުން އެކަން ޒައިނާއަށް ނުވަތަ ޒައިނާގެ ގޭމީހުނަށް އެނގިދާނެތީ. ޒައިނާ ގެއްލޭކަށް އަހަރެންނެއް ނޭދެން. "
އިސްޖަހާލައިގެން އިނދެ ޒިޔާމް ވާހަކަ ދައްކަމުން ގެންދިޔައެވެ.
" އެކަމަކު ކައިރީގައި އުޅެންޏާ ޅައެއްޗެއް އެޅޭތަން ގާތްވާނެ. އެހެންވީމަ އަހަންނަށް ފެންނަނީ އޭއްޗެކޭ މީއްޗެކޭ ކިޔައިގެން ނަމަވެސް ނިހާ ފޮނުވާލަން. "
ވަރަށް ވިސްނުމަށްފަހު ހަދާނެ ރަނގަޅުގޮތެއްގެ ޙިޔާލު ސައީދު ހުށަހަޅައިފިއެވެ.
" ޒައިނާގާތު ކޯންޗެކޭ ކިޔާނީ؟ ހަމަގައިމު ފަސޭހަ ރަޙްމަތެއްގައި ޒައިނާ ނިހާއެއް ފޮނުވައެއް ނުލާނެ!
އެއްފަރާތެއްގައި ހުރި ޖޫސްތަށި ގާތްކޮށްލުމަށްފަހު ޒިޔާމް ޖޫސްފޮދެއް ބޯލިއެވެ.
" ޒައިނާއަށް ކިޔައިދޭންވީނު "
ސައީދު ސިގިނރެޓްބުރި އަޅިކެނޑި ތެރެއަށް ނިއްވާލިއެވެ.
" އެހާ އިތްވަރެއް ނެތް. ފުރަތަމަ ކިޔައިދެވުނު ނަމަ ރަނގަޅު. އެކަމަކު މިހުރިހާކަމެއް މިހެން ދިމާވެ ކަންތައްވީމަ ކީކޭ ކިޔާނީ!"
ގޮނޑީގެ އަތްގަނޑުގައި އުޅަނބޮށި ވިއްދާލައިގެން އަތުގެ އިނގިލިތަކުން ދަތްދޮޅީގައި ހިފަހައްޓާލައިގެން އިނދެ ޒިޔާމް ވާހަކަ ދައްކަމުން ގެންދިޔައެވެ.
"އެކަމަކު ކޮންމެވެސް އެއްދުވަހަކުން ތިހުރިހާކަމެއްވެސް......................"
" ފަޅާއަރާނެކަން އެނގޭ. ޒައިނާއަށް ކިޔާނުދޭކަށްވެސް ނޫން. އެކަމަކު ވަގުތުގެ ގޮތުން. "
" އޭ! ދެން ގޮސްލަނީއޭ. ޒައިނާ އަހަރެން ނުފެނިގެން ކަންބޮޑުވެގެން އުޅޭނެކަންނޭނގެ. ވަރަށް ބޮޑަށް ތޭންކްސް. "
ބާކީހުރި ޖޫސްފޮދު ބޯލުމަށްފަހު ބޭރަށް ނުކުތުމަށްތަކައި ޒިޔާމް ތެދުވެއްޖެއެވެ. އޭރު އޭނާ ހުރީ އެވާހަކަތައް އެހެންމީހަކަށް ކިޔާދެވުމުން ހިސާބަކަށް ހިތްހަމަޖެހިފައެވެ.
" ޒައިނާ ގޮވައިގެން އަދި އަންނަންވާނެ ކޮންމެވެސް އެއްޗެއް ކާލަން "
ޒިޔާމް ހިނގައިގަތުމުން ޒިޔާމް އާއި އެކު ބޭރަށް ނުކުތުމަށްޓަކައި ސައީދުވެސް ތެދުވެގެން ހިނގައިގެންފިއެވެ.
" ގުޑްނައިޓް. "
ސައީދުއާއި ސަލާމް ކޮށްލުމަށްފަހު ގެއަށް ދިއުމަށްޓަކައި ޒިޔާމް ހިނގައިގެންފިއެވެ.
" ވާނުވާ ކުޑަކޮށް އަންގާލައްޗޭ! "
ޒިޔާމް ހިނގައިގަތުމުން ސައީދު އެތެރެއަށް ވަދެއްޖެއެވެ.
ބައެއްފަހަރު ހިތުގައި އުފެދޭ ޚިޔާލުތައް ތިމާގެ މުޅި މިޒާޖް ބަދަލުކޮށްލުވައެވެ. ހަމަޖެހުން ނަގާލައެވެ. އެކަމަކު އެއިން ކޮންމެ ޚިޔާލަކީ އަނެކުންގެ ކުރިމަތީގައި ފާޅުކުރެވޭ އެއްޗެއްނޫނެވެ. އެހެންނޫންނަމަ އެހެންމީހަކަށް އެޚިޔާލުތައް އިއްވައިގެން ތިމާގެ ހިތައް ހަމަޖެހުމެއް ގެނެވުނީހެވެ. ހިތާމަތަކާއި ދުރަށް ދެވިއްޖައީހެވެ. އެކަމަކު އެއީ މަދުމީހަކަށް ނޫނީ ނުކުރެވޭނެ ކަމެކެވެ. ބައެއްމީހުންނަކީ އެމީހުންގެ ހިތް އެމީހުންގެ މޫނުމަތިން ފެންނަ ބައެކެވެ. އެމީހުންގެ ހިތުގައި އުފަލެއް ނުވަތަ ހިތާމައެއް ވާނަމަވެސް އެމީހުންގެ މޫނުމަތިން ފެނެއެވެ. އެކަމަކު އެއްބަޔަކު މަސައްކަތް ކުރަމުންދަނީ ހިތުގެ އުދާސްތަކާއި ރިހުންތަކުގައި އަތްއަޅާ އޮއްބާލުމަށްފަހު ހިނިތުންވާށެވެ. އެކަމަކު ދެރައީ ހިތުގެ ސިއްރަކީ ތާއަބަދު ސިއްރެއްގެ ގޮތުގައި އޮންނާނެ އެއްޗަކަށް ނުވާކަމެވެ. ކޮންމެވެސް އެއްދުވަހަކުން އެސިއްރު ބޭޒާރުވާނެއެވެ.
ތިމާގެ މިޒާޖުން އެކަން އެނގެން ފަށާފާނެއެވެ. ބޭއިޚްތިޔާރުގައި ނަމަވެސް ތިމާގެ މޫނުމަތިން އެކަން އެނގެން ފަށާފާނެއެވެ. އެކަމަކު ގިނަފަހަރަށް އެހިސާބަށްދާއިރު އޮންނާނީ ވަގުތު ފާއިތު ވެފައެވެ. އެކަމެއްގެ ޙައްލު ތިމާ އަތް ނުފޯރާ ފަށަށްގޮސް ހުރިހާކަމެއް ބޮއްސުން ލާފައެވެ. ލޯބިވާ މީހުނާއި ވަކިވާންޖެހި ލޯބި ނަފްރަތަށް ބަދަލުވާން ފަށާފައެވެ. އުފާތައް ގެއްލި ހިތާމަތައް މަރުޙަބާ ކިޔަންފަށާފައެވެ. އޭރުން ދެތުންފަތަށް ވެރިވެފައި ހުންނަ ހިނިތުންވުމުގެ ބަދަލުގައި ހުންނާނީ ދެލޮލަށް ޖަމާވެފައިވާ ކަރުނަތަކެކެވެ. ވެހިގަންނަން ތައްޔާރުވެފައިވާ ވިލާގަނޑެއް ފަދައިންނެވެ. މުޅި އުދަރެހުގައި ވަށައިގެން ފެންނަން ހުންނަ ކަޅު ވިލާތައް ފަދައިން ތިމާގެ ވަށައިގެން އެކަނިވެރިކަން ނޫން އެއްޗެއް ކިތަންމެ ވަރަކަށް ހޯދިއަސް ނުފެންނާނެއެވެ.
ކޮޓަރީގެ ކުޑަދޮރު ހުޅުވާލައިގެން ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ބޭރަށް ބަލަން ހުރި ޒައިނާ ކުޑަދޮރު ލައްޕާލުމަށްފަހު ލޮލުން ފައިބާފައިހުރި ކަރުނަތައް ފުހެލިއެވެ. ދެން މަޑުމަޑުން ހިނގާފައި ގޮސް އެނދުކައިރީގައި އިށީންދެއްޖެއްއެވެ. އޭރު ޒިޔާމް އޮތީ ނިދާށެވެ. ޒައިނާ ޒިޔާމްގެ މޫނު ބަލައިލިއެވެ.
އެއީ އުފާވެރި ބައްދަލުވުމެކެވެ. ހައެއްކަ މަސް ކުރިއެވެ. ރައްޓެހިންތަކަކާއިއެކު ޒައިނާ ހިނގާލަންދިޔަ ހިތްފަސޭހަ ހަވީރުގެ ވަގުތެވެ. ލިންކްރޯޑްގެ އެއްފަރާތު ކައިރީގައި ހުއްޓިލައިގެން ހުރި ޒިޔާމް ޒައިނާއަށް ފާހަގަކުރެވުނީ ކީއްވެގެން ކަމެއް އެދުވަހަކު ޒައިނާއަކަށް ނުވިސްނުނެވެ. އެއްވެސް ދިމާލަކަށް ޝައުގުވެރިކަމެއް ނެތް ޒިޔާމްގެ ޒުވާން މޫނުމަތިން ފެންނަމުންދިޔަ އެކަނިވެރިކަން ޒައިނާއަށް ވިސްނައިދޭން މަސައްކަތްކުރީ ކޮންއެއްޗެއްކަން އަދިއަދާ ޖެހެންދެންވެސް ޒައިނާއަކަށް ނޭނގެއެވެ. އެކަމަކު އެނގޭހާވެސް އެއްޗަކީ ޒައިނާގެ ޒުވާން ހަލަބޮލި ޙަޔާތަށް ހިމޭންކަމެއް ގެނުވީ ޒިޔާމްގެ ފުށުންފެނުނު އެކަނިވެރިކަން ކަމެވެ.
ޒައިނާއަށް ޒިޔާމް ފާހަގަ ކުރެވުނީ އެހެންމީހުނާއި ތަފާތު ޒުވާނެއްގެ ގޮތުގައެވެ. ރީތިއެއްޗެއްސަށް ބެލުމާއި ރީތިކަމަށް އެދުމަކީ އިންސާނީ ތަބީއަތަށް ހާއްސަކޮށް ފިރިހެނުންގެ ތަބީއަތަކަށް ވާއިރު ތޮއްޖެހިފައިވާ މަގުތަކުގެ މަތީގައި ދެކޮޅަށް ހެލިފެލިވެ އުޅޭ ޒުވާން ރީތި މޫނުތަކަށް ޒިޔާމްގެ ނަޒަރު ނުހުއްޓެނީ ކީއްވެގެން ހެއްޔެވެ؟ ހަލަބޮލި ކަމާއި މަޖަލުގައި އެހެން މީހުން ވަގުތު ހޭދަ ކުރާއިރު ހިމޭންކަމާއި އެކަނިވެރިކަމުގައި ޒިޔާމް ހޭދަކުރަނީ ކީއްވެގެން ހެއްޔެވެ؟ އެއީ ޒައިނާގެ ހިތުގެ ތެރޭގައި އެސުވާލުތަކެއް ޒިޔާމް ފެނުނު ފުރަތަމަ ދުވަހުން ފެށިގެން އުފެދި ޖަވާބެއް ނުލިބި ޒައިނާގެ ހަމަޖެހުމަށް އެތައް ރެއެއްގެ އަރާމު ނިދިން އޭނާ މަޙްރޫމް ކުރުވި އުނދަގޫ ސުވާލުތަކެކެވެ. ހަގީގަތުގައި ޒައިނާއަށް ޒިޔާމްއާއި ދޭތެރޭ އެހާ ބޮޑަށް ވިސްނެން ފެށީވެސް އެހެންވެގެން ކަންނޭނގެއެވެ.
ވަކި ކަމެއްގެ ޚިޔާލު ހިތުގައި މާބޮޑުވެއްޖެނަމަ އެކަމަށް ތިމާގެ ހިތް ގޮވާގޮވުންތަކަށް އިޖާބަދޭން ޖެހުމަކީ އިންސާނީ ތަބީއަތެވެ. އެހެން ވެއްޖެނަމަ އިޚްތިޔާރާއި ބޭއިޚްތިޔާރުގައި ތިމާއަށް އެކަމަށް މަސައްކަތް ކުރެވެން ފެށެއެވެ. އޭރުން އިއްތިފާގާއި ތަޤްދީރުވެސް އެކަމުގައި ތިމާއާއި އެއްބައި ވާހެން ހީވާނެއެވެ. ޒިޔާމްއާއި މެދު ވިސްނަން ފެށުމުން ޒައިނާއަށް ވެސް ވީއެކަހަލަ ގޮތެކެވެ. އެތައްތަނަކުން އެކި ވަގުތު ވަގުތު ޒިޔާމްއާއި ބައްދަލުވެވެން ފެށިއެވެ. އެކަމުގެ ސަބަބުން ޒައިނާއަށް ހިތްހަމަ ޖެހުން ލިބިގެން ދިޔައެވެ. ހިތައް އުފަވެރިކަން ހިޙްސާސް ކުރެވެން ފެށިއެވެ. ލޮލަށް އަރާމު ލިބެއެވެ. އެކަމަކު ހިތް ފުރެންދެން ބަލާލުން ނޫންކަމެއް ނުކުރެވެއެވެ. ވާހަކަ ދައްކަން ބޭނުންވި ނަމަވެސް އެފުރުޞަތެއް ނުލިބެއެވެ. މައްސަލައަކީ ޒިޔާމްގެ ތަފާތު މިޒާޖެވެ. އެކަމަކު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެހުރަސްވެސް ޒައިނާ ގިރާކޮށްފިއެވެ. އެނޫން ގޮތެއް ނެތުނީއެވެ. ހިތުގެ އެދުންތަކުގެ ކުރިމަތީގައި ހަތިޔާރު ބަހައްޓަން ޖެހުނީ މަޖުބޫރު ވެގެންނެވެ. ކެތްތެރިކަން ކޮޅުންލީމައެވެ. އިންތިޒާރު ކޮށްކޮށް ވަރުބަލިވުމުންވެސް މެއެވެ.
ވަރަށް ވިސްނުމަށްފަހު ޒައިނާ ގޮތެއް ނިންމީ ކޮންމެ ގޮތެއް ވިޔަސް ހެޔޮކަމަށެވެ. އަންހެންކުއްޖަކަށްވެ ހުރެވެސް ޒައިނާ ނިންމީ އިސްނަގާށެވެ. އެކަމުގައި އެއްވެސް މީހެއްގެ ޚިޔާލެއް އޭނާ ނުހޯދައެވެ. ބައެއްފަހަރު ބައެއް ރައްޓެހިން ޒައިނާގެ އުޅުމަށާއި މިޒާޖަށް އައިސްގެން އުޅޭ ބަދަލާއިމެދު ސުވާލުކޮށް ހަދައެވެ. އެއިން ކޮންމެ ފަހަރަކުވެސް ޒައިނާގެ ޖަވާބަކީ އެކަހަލަ ވަގުތުތަކުގައި އެންމެންވެސް ދީއުޅޭ އެންމެ ލުއި ފަސޭހަ ޖަވާބެވެ. އެއީ އެންމެ ފަސޭހައިން ކަންކަމުގައި މަތި އޮއްބާލެވޭ ޖަވާބެވެ.
" ކަމެއްނުވޭ "
އާދައިގެ ހިނިތުންވުމަކާއިއެކު ޒައިނާދޭ ޖަވާބަކީވެސް އެއީއެވެ.
އެކި ގޮތްގޮތަށް ވިސްނމަށްފަހު ޒައިނާ ބޭނުންވި ފުރުޞަތުވެސް ހޯދައިފިއެވެ. އެއީ ކޮންމެވެސް ޢީދެއްގެ މުނާސަބަތުގައި އައްޑޫގައި ވަރަށް ފޯރިގަދަ ކުޅިވަރުތަކެއް ބޭއްވުނު ދުވަސްވަރެކެވެ. ވަގުތަކީ ރޭގަނޑުގެ ވަގުތެވެ. ކުލިވަރުތައް ހިނގަމުންދިޔަ ހިސާބުގައި މިހުން ވަނީ ތޮއްޖެހިފައެވެ. ކުޅިވަރުތައް ބަލައިލުމަށް އައިސްއުޅޭ މީހުންނާއި، ހަމަ މަަޖަލަށް ކުޅިވަރަށް މީހުންގަނޑުގެ ތެރޭގަި އެނބުރެމުންދާ ދެޖިންސުގެ ޒުވާނުންތަކާއިގެން މުޅި ހިސާބުގަނޑު އޮތީ ފުރި ބާރުވެފައެވެ.
ދިހަ ވަނަ ބައި