ދެމަހަށް ފަހު ކުޑަކުދިންނަށް ހަމަޖެހުމުގެ ނޭވާއެއް
ކޮވިޑް19 އާއި ގުޅިގެން މާލެ ސަރަހައްދު ފުރަބަންދު ކުރުމަށްފަހު، ދިން ލުއިތަކާއި އެކު ކުޑަކުދިންނަށް ބެލެނިވެރިޔަކާއެކު ބޭރަށް ނުކުމެވޭނީ ހަވީރު 4:00 އިން ހަވީރު 6:00 އަށެއެވެ.

ކުދިންތަކެއް ރޯލަ ސްކޭޓްކުރަނީ - އެތައްދުވަހަކު ގޭ ބަންދުވެފައި ތިބުމަށްފަހު، ބޭރަށް ނުކުމެ ހިތްހަމަޖައްސާލަން ލިބުމުން ކުދިންގެ މޫނުމަތިން އުފާވެރިކަން ފެނޭ - ފޮޓޯ: ރާއްޖެއެމްވީ

ކުއްޖަކު އޭނާގެ ބައްޕައާއި އެކު އާޓިފިޝަލް ބީޗުގައި - ކުޑަކުދިން ބެލެނިވެރިޔަކާއެކު ބޭރަށް ނުކުތުން އޮންނަނީ ހަވީރު 4:00 އިން ހަވީރު 6:00 އަށް - ފޮޓޯ: ރާއްޖެއެމްވީ

ކުއްޖަކު އާޓިފިޝަލް ބީޗު ސަރަހައްދުގައި ރޯލަ ސްކޭޓްކުރަނީ - ބަންދުވެފައި އެއްތަނެއްގައި ގިނަ ދުވަހު ތިބެން ޖެހުމުން ކުދިންގެ މިޒާޖަށް ވެސް ބަދަލުއާދޭ - ފޮޓޯ: ރާއްޖެއެމްވީ

ރާޅުގަނޑު ސަރަހައްދު އަތިރިމަތީގައި ދެ ކުއްޖަކު މަޑުކޮށްލައިގެން - ބޭރަށް ނުކުމެ އުޅެން ލުއިތަކެއް ލިބުމުން، ކުދިންތައް އެންމެ ބޮޑަށް ދާހިތްވެފައި ތިބި އެއްތަނަކީ ބީޗް - ފޮޓޯ: ރާއްޖެއެމްވީ

ކުއްޖަކު އާޓިފިޝަލް ބީޗު ސަރަހައްދުގައި ރޯލަ ސްކޭޓްކުރަނީ - އެތައްދުވަހަކު ގޭ ބަންދުވެފައި ތިބުމަށްފަހު، ބޭރަށް ނުކުމެވުމުން ކުދިންތައް ދުވެ މަޖާކޮށް، އުފާކޮށްފައިވޭ - ފޮޓޯ: ރާއްޖެއެމްވީ

ކުދިންތަކެއް ބެލެނެވެރިންނާއި އެކު އާޓިފިޝަލް ބީޗުގައި - ކުދިން ބޭރަށް ނުކުންނަށް ވަކި ގަޑިތަކެއް ކަނޑައަޅާފައިވައިރު، އެ ގަޑިތަކުގައި ވެސް އާއްމު އިރުޝާދުތަކަށް ސަމާލުކަންދޭންޖެހޭ - ފޮޓޯ: ރާއްޖެއެމްވީ

ކުދިންތަކެއް ބެލެނެވެރިންނާއި އެކު އާޓިފިޝަލް ބީޗުގައި - ކުދިންނަކީ އަބަދުވެސް މޫދަށް އެރިލާ ވެއްޔާ ކުޅެ މަޖާ ކޮށްލަން ބޭނުންވާ ބައެއް، އެތައް ދުވަހަކަށްފަހު އެ އުފާވެރިކަން ކުދިންގެ އުޅުމުން މިދަނީ ފެންނަމުން - ފޮޓޯ: ރާއްޖެއެމްވީ

ކުއްޖަކު އާޓިފިޝަލް ބީޗު ސަރަހައްދުގައި ރޯލަ ސްކޭޓްކުރަނީ - އެތައްދުވަހަކު ގޭ ބަންދުވެފައި ތިބުމަށްފަހު، ބޭރަށް ނުކުމެވުމުން ކުދިންތައް ދުވެ މަޖާކޮށް، އުފާކޮށްފައިވޭ - ފޮޓޯ: ރާއްޖެއެމްވީ