ކޮރޯނާ ވައިރަސްއާއެކު ދިރިއުޅުން
ކޮވިޑް-19 މުޅި ދުނިޔެއަށް ފެތުރި އޭގެ ސަބަބުން އަންމު ދިރިއުޅުމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައެވެ. މިހާތަނަށް ބޭހެއް އަދި ވެކްސިނެއް ހޯދިފައި ނުވާ މި ބަލިން ރައްކާތެރިވުމުގެ ގޮތުން އާންމު ދިރިއުޅުމުގެ އެތައް ކަމެއް މިވަނީ ބަދަލު ގެންނަން ޖެހިފައެވެ. އަދި މި ބައްޔަށް ފަރުވާއެއް ލިބެންދެން އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމާއި، މާސްކް އެޅުމާއި އަދި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ގިނަގިނައިން އަތް ދޮވުން މުހިންމެވެ.

ކޮރޯނާ ވައިރަސްއާއެކު ދިރިއުޅުން - ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ ޕާކެއްގެ ފާރުބުރި މަތީގައި މީހަކު އަރާމުކޮށްލަނީ - ފޮޓޯ: ރޮއިޓަރސް

ކޮރޯނާ ވައިރަސްއާއެކު ދިރިއުޅުން - ވިއެޓްނާމްގެ ހަނޯއީގައި ކޮވިޑް-19 ގެ ޕެންޑަމިކްގެ ތެރޭގައި އުފަންވި ޕުކް އާން ފޭސް ޝީލްޑެއް އަޅުވާފައި. ރައްކާތެރިކަމުގެ ގޮތުން ހޮސްޕިޓަލުތަކުންނާއި ކުލިނިކް ތަކުން އަންނަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުން - ފޮޓޯ: ރޮއިޓަރސް

ކޮރޯނާ ވައިރަސްއާއެކު ދިރިއުޅުން - ނިއުޔޯކްގެ ޑޮމިނޯ ޕާކުގައި އާންމުން ހިތްހަމަޖައްސާލަންވެގެން އެތަނުގައި ކުރަހާފައިވާ ބޮޅުތަކުގެ ތެރޭގައި ސޯޝަލް ޑިސްޓެންސިންއާއެކު އިށީންދެގެން ތިބި އިރު ނިއުޔޯކް ޕޮލިސް ޑިޕާޓްމަންޓުގެ އޮފިސަރެއް ސޯޝަލް ޑިސެޓޭންސިންގ ބަހައްޓާތޯ ޗެކްކުރަނީ - ފޮޓޯ: ރޮއިޓަރސް

ކޮރޯނާ ވައިރަސްއާއެކު ދިރިއުޅުން - އިންޑިއާގެ އަހުމަދުއާބާދުގެ ބިއުޓީ ސެލޫނެއްގައި މަސައްކަތް ކުރާ މުވައްޒަފުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޕީޕީއީ ލައިގެން އެތަނަށް އައި ކަސްޓަމަރެއްގެ މެނިކިއު އަދި ޕެޑިކިއު ހަދައިދެނީ - ފޮޓޯ: ރޮއިޓަރސް

ކޮރޯނާ ވައިރަސްއާއެކު ދިރިއުޅުން - އުމުރުން 3 އަހަރުގެ މަރލިން ކޯލްސް ރޯޔަލް އެސްކޮޓް އަސް ދުއްވުމުގެ މުބާރާތެއް ޓީވީން ލައިވްކޮށް ބަލާއިރު އޭގައި ބައިވެރިވުމުގެ ގޮތުން އޭނާގެ އަހުގެ މައްޗަށް އަރައިގެން - ފޮޓޯ: ރޮއިޓަރސް

ކޮރޯނާ ވައިރަސްއާއެކު ދިރިއުޅުން - ބަންގުލަދޭޝްގެ ބޯކޮށާ ސެލޫނެއްގައި ބޯ ކޮށައިދޭ 2 މީހުން ޕްރޮޓެކްޓިވް އިކްވިޕްމަންޓުގައި އެތަނަށް އައި ދެ މީހެއް ބޯ ކޮަށައިދެނީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެގައުމުގައި ވެސް ވަރުގަދަކޮށްފައި - ފޮޓޯ: ރޮއިޓަރސް

ކޮރޯނާ ވައިރަސްއާއެކު ދިރިއުޅުން - އޮންލައިން ގްރެޖުއޭޝަނެއްގައި، ޑައު ހަސްބްރޮއެކް އޭނާގެ އަންހެން ދަރިފުޅު ލީޑިއާގެ ބޮލަށް ގްލިޓަރ ކަރުދާސް އަޅަނީ، ގިނަ ގްރެއުޖުއޭޝަންތަކެއް އެކި ގައުމުތަކުގައި ބާއްވާފައިވަނީ އޮންލައިންކޮށް - ފޮޓޯ: ރޮއިޓަރސް

ކޮރޯނާ ވައިރަސްއާއެކު ދިރިއުޅުން - ކެނެޑާގެ އޮންތާރިއޯގެ އައުޓްޑޯ ޖިމެއްގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބަބުލްސް ބޭނުންކޮށްގެން ކަސްރަތު ކުރަނީ - ފޮޓޯ: ރޮއިޓަރސް

ކޮރޯނާ ވައިރަސްއާއެކު ދިރިއުޅުން - މިޗިގަންގެ މިލްފޯޑުގައި ސަމަރ ކޭމްޕްތައް ހުޅުވުމާއެކު ކައުންސެލަރެއް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކް އަޅައިގެން ދެ ކުދިންނަށް ބާސްކެޓް ބޯލް ކުޅެން ދަސްކޮށްދެނީ - ފޮޓޯ: ރޮއިޓަރސް

ކޮރޯނާ ވައިރަސްއާއެކު ދިރިއުޅުން - އިންޑޮނޭޝިއާގެ ޖަކާޓާގެ ހަމުގެ ހާއްސަ ޑޮކްޓަރެއް އޭނާގެ ޕޭޝަންޓެއްގެ މޫނުގެ ހަންގަނޑު ރީތި ކުރުމުގެ މަސައްކަތް ކުރަމުންދަނީ، ލޮކްޑައުންއަށް ލުއިތަކެއް ދިނުމާއެކު އެގައުމުގައި ވަނީ އަމަލުކުރަންޖެހޭ ހާއްސަ ފިޔަވަޅުތަކެއް އެކުަލަވާލާފައި - ފޮޓޯ: ރޮއިޓަރސް

ކޮރޯނާ ވައިރަސްއާއެކު ދިރިއުޅުން - ފިލިޕީންގެ މެނީލާގެ ރޭލެއްގައި ދަތުރުކުރާ ފަސިންޖަރުން ރޭލުގެ ތެރޭގައި ތިބި އިރު އެކަކު މާސްކް އަޅައިގެން އަދި އިތުރު މީހަކު އޭނާ އިންނަން ބޭނުންވަ ސީޓް ސެނިޓައިޒާއިން ޑިސްއިންފެކްޓް ކުރަނީ - ފޮޓޯ: ރޮއިޓަރސް

ކޮރޯނާ ވައިރަސްއާއެކު ދިރިއުޅުން - ލަންޑަންގެ ޕާކެއްގައި އާންމުން މާސްކް އަޅައިގެން އެކި ހަރަކާތްތަކުގައި ބައިވެރިވަނީ - ފޮޓޯ: ރޮއިޓަރސް

ކޮރޯނާ ވައިރަސްއާއެކު ދިރިއުޅުން - ކޮވިޑްގެ ލޮކްޑައުންއަށްފަހު އާންމު ހާލަތަކަށް ރުޖޫއަވަމުން އަންނަ އިރު، ޕެރޫގެ ބަހެއްގައި ފަސިންޖަރުން ތިބޭ ސީޓްތައް ވަކި ކުރުމުގެ ގޮތުން ފަރުދާ ދަމާފައި - ފޮޓޯ: ރޮއިޓަރސް

ކޮރޯނާ ވައިރަސްއާއެކު ދިރިއުޅުން - ކޮވިޑްގެ އައު އާންމު ހާލަތުގައި ޖިމުގައި ބޭނުންކުރާ ސާމާނާއި އާލާތްތައް ޖިމްގެ ކޮމްޕައުންޑަން ނެރެގެން މީހުން ކަސްރަތު ކުރަނީ - ފޮޓޯ: ރޮއިޓަރސް

ކޮރޯނާ ވައިރަސްއާއެކު ދިރިއުޅުން - ކޮވިޑް-19 އާއި ގުޅިގެން މާލީ ތާށިކަން ދިމަވި ފަރާތްތަކަށް އެހީތެރިވުމަށް އަމިއްލައަށް އިސްނަގައިގެން ޗިލީގައި ކެއުން ފޯރުކޮށްދޭ ޖަމިއްޔާއަކަށް އާންމު މީހަކު ތަރުކާރީއާއި މޭވާ ހަދިޔާ ކުރަނީ - ފޮޓޯ: ރޮއިޓަރސް