ފޮޓޯ ގެލަރީ

ތުރުކީ-ސީރިޔާ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 19،000ން މައްޗަށް
ތުރުކީއާއި ސީރިޔާއަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 19،000ން މައްޗަށް އަރައިފިއެވެ.

ތުރުކީ-ސީރިޔާ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 9،000ން މައްޗަށް
ތުރުކީ-ސީރިޔާ އަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 9،000ން މައްޗަށް އަރާފައިވާކަމަށް ރިޕޯޓުކޮށްފިއެވެ.

ތުރުކީއަށް އައި ބާރުގަދަ ބިންހެލުން - މުޅި ދިރިއުޅުން އެފުށް މިފުށަށް، ހިތްދަތި އެތައް މަންޒަރެއް
ތުރުކީވިލާތާއި ސީރިއާ ބޯޑަރު ގުޅޭ ސަރަހައްދަށް، ރެކްޓަރ މިންގަނޑުން 7.8 މެގްނިޓިއުޑްގެ ބާރުމިނުގެ ބިން ހެލުމެއް އައިސްފައިވަނީ، ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުގެ ވަގުތެއްގައެވެ. މި ބިންހެލުމުގައި އެތައް ހާސް ބަޔަކު މަރުވެ، އެތައް އިމާރާތެއް ވަނީ ބިމާހަމަވެފައެވެ.

ތުރުކީ އާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުން
ހޯމަ ދުވަހުގެ ވަގުތެއްގައި ތުރުކީ އާއި ސީރިއާ ބޯޑަރު ގުޅޭ ސަރަހައްދަށް އައި 7.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

2023 ވަނަ އަހަރުގެ ރިޔާސީ ބަޔާން ދެއްވުން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު ވަނީ ހޯމަ ދުވަހު، މިއަހަރުގެ ރިޔާސީ ބަޔާން ދެއްވާފައެވެ.

ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށްފަހު އޮލިމްޕަސް ހުޅުވުން
ޒަމާނީ ވަސީލަތްތައް ގާއިމުކޮށް ބޮޑު ބަދަލުތަކެއް ގެނައުމަށްފަހު އޮލިމްޕަސް އަލުން ހުޅުވައިފިއެވެ. އޮލިމްޕަސް އަލުން ހުޅުވާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ހާއްސަ ޝޯއަކާއެކުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު އާއި އެމަނިކުފާނުގެ އަނބިިކަނބަލުން ފަޒްނާ އަހުމަދުއެވެ.

އެންވައިސީ ޖޮބް ފެއަރގައި ޔޫކްރެއިންގެ 1،000 އަށްވުރެ ގިނަ ރެފިއުޖީން ބައިވެރިވުން
އެމެރިކާގެ ނިއު ޔޯކް ސިޓީގައި ކުރިޔައްދިޔަ ޖޮބް ފެއަރގައި ޔޫކްރެއިންގެ 1،000 އަށްވުރެ ގިނަ ރެފިއުޖީން ވަނީ ބައިވެރިވެފައެވެ.

ރަޝިއާގެ މިސައިލެއް އަނެއްކާވެސް ޔޫކްރެއިންގެ އާންމުން ދިރިއުޅޭ އިމާރާތަކަށް
ރަޝިއާގެ މިސައިލް ހަމަލާއެއް ވަނީ ބުރާސްފަތި ދުވަހު އަނެއްކާވެސް ޔޫކްރެއިންގެ އާންމުން ދިރިއުޅޭ އިމާރާތަކަށް އަމާޒުވެފައެވެ.

ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖަޕާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބަރގް ވަނީ ދާދިފަހުން ޖަޕާނަށް ދަތުރުފުޅެއް ކުރައްވާފައެވެ.

ޕާކިސްތާންގެ ޕެޝާވަރްގައި ހިނގި ބޮމުގެ ހާދިސާގައި 100ށް ވުރެ ގިނަ މީހުން މަރުވުން
ޕާކިސްތާންގެ ޕެޝާވަރްގެ މިސްކިތެއްގައި މީހަކު ޖާނުން ފިދާވެގެންދިން ބޮމުުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 100ން މައްޗަށް ވަނީ އަރާފައެވެ.

ސިޔާސީ ހަމަނުޖެހުންތަކާއެކު ޕެރޫގައި މުޒާހަރާ ކުރިޔަށް
ޕެރޫގައި ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާގެ ބައިވެރިންގެ މައިގަނޑު ޑިމާންޑްތަކުގެ ތެރޭގައި؛ ކޮންގްރެސް އުވާލުމާއި، މިހާރުގެ ރައީސް ޑީނާ ބޮލުއާޓޭގެ އިސްތިއުފާއާއި، އާ އާންމު އިންތިޚާބާއި، ކެސްޓިލޯ ދޫކޮށްލުމާއި، ގާނޫނު ހަދާ މަޖިލީހެއް އުފެއްދުން ހިމެނެއެވެ.

ޕާކިސްތާންގެ މިސްކިތެއްގައި މީހަކު ޖާނުން ފިދާވެގެން ބޮމުގެ ހަމަލާއެއް ދިނުން
ހޯމަ ދުވަހު، ޕާކިސްތާންގެ ޕެޝާވަރްގެ މިސްކިތެއްގައި މެންދުރު ނަމާދު ވަގުތުގައި މީހަކު ވަނީ ޖާނުން ފިދާވެގެން ބޮމުގެ ހަމަލާއެއް ދީފައެވެ. މިހަމަލާގައި މިހާތަނަށް 32 މީހުން ވަނީ މަރުވެފައެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީ 2023
އެމްޑީޕީ ރިޔާސީ ޕްރައިމަރީ 2023ގެ ވޯޓުލުން ވަނީ ހޮނިހިރު ދުވަހު ކުރިއަށް ގެންގޮސްފައެވެ. ވޯޓުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އިންތިހާބު ކާމިޔާބުކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އެވެ.

އަފްޣާނިސްތާނަށް ނުރައްކާތެރި ފިނި މޫސުމެއް
އަފްޣާނިސްތާނުގެ ގަދަ ފިނި މޫސުމުގައި މިހާތަނަށް 157 މީހުން މަރުވެފައިވާއިރު، އިންސާނީ އެހީތެރިކަން އެންމެ ކުޑަމިންވަރަކުން އެތައް މިލިއަން ބަޔަކަށް ހޫނުމިން ގޯސްވެ، ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މަރުވި މީހުންގެ އަދަދު ދެގުނައަށް އިތުރުވެއްޖެއެވެ.

ކެލިފޯނިއާގައި ހިންގަމުންދާ ނުރައްކާތެރި ބަޑީގެ ހަމަލާތަކުގެ ހިތާމަ ފާޅުކުރުން
ކެލިފޯނިއާގައި ހިންގަމުންދާ ނުރައްކާތެރި ބަޑީގެ ހަމަލާތަކުގެ އަސަރުކޮށްފައިވާ އާއިލާތައް ދަނީ އަދިވެސް އެކަމުގެ ހިތާމަ ފާޅުކުރަމުންނެވެ.

ޕެރޫގައި ސަރުކާރާ ދެކޮޅަށްކުރާ މުޒާހަރާ ކުރިއަށް
ޕެރޫގައި ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާގެ ބައިވެރިންގެ މައިގަނޑު ޑިމާންޑްތަކުގެ ތެރޭގައި، ކޮންގްރެސް އުވާލުމާއި، މިހާރުގެ ރައީސް ޑީނާ ބޮލުއާޓޭގެ އިސްތިއުފާއާއި، އާ އާންމު އިންތިޚާބާއި، ކެސްޓިލޯ ދޫކޮށްލުމާއި، ގާނޫނު ހަދާ މަޖިލީހެއް އުފެއްދުން ހިމެނެއެވެ.

ޣައްޒާގެ އަންހެން ކުދިންނަށް ހާއްސަ ބޮކްސިން ކްލަބް
ޣައްޒާގެ އަންހެނުންނަށް ހާއްސަ ފުރަތަމަ ބޮކްސިން ކްލަބް މިވަނީ ހުޅުވާފައެވެ.

ސްވިޑްންގައި ޤުރުއާނުގެ ކޮޕީއެއް އަންދާލުމުން ތުރުކީގެ ރައްޔިތުން ސްވިޑްންގެ ދިދައެއްގައި ރޯކޮށްލައި
ސްވިޑްންގައި ޤުރުއާނުގެ ކޮޕީއެއް އަންދާލުމުން ތުރުކީގެ ރައްޔިތުން ވަނީ އެކަމާ ނުރުހުންފާޅުކޮށް ސްވިޑްންގެ ދިދައެއްގައި ރޯކޮށްލާފައެވެ.

ވިލިމާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުން
އެމްޓީސީސީން މިވަނީ ވިލިމާލޭގައި އާރްޓީއެލް މިނީ ބަހުގެ ހިދުމަތް ފަށައިފައެވެ.

ރަޝިޔާއިން ދިން މިސައިލް ހަމަލާގައި ސަލާމަތްވި މީހުން ހޯދުމުގެ މަސައްކަތް ހުއްޓާލުން
ރަޝިޔާއިން ޔޫކްރެއިންގެ ޑިނިޕްރޯއަށް ދިން މިސައިލް ހަމަލާގައި ސަލާމަތްވި މީހުން ހޯދުމުގެ މަސައްކަތް މިވަނީ ހުއްޓާލާފައެވެ.

ތިން އަހަރަށްފަހު ޗައިނާއިން ރާއްޖެއަށް ޑައިރެކްޓު ފްލައިޓްތައް ފަށައިފި
ކޮވިޑް-19ގެ ސަބަބުން އެޅި ފިޔަވަޅުތަކާއެކު ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ޑައިރެކްޓު ފްލައިޓުތައް ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު އަނެއްކާވެސް އަލުން މިވަނީ ފަށާފައެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރު ރާއްޖެ ވަޑައިގަތުން
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރު، ޑރ. އެސް. ޖައިޝަންކަރް ވަނީ ބުދަ ދުވަހު، ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާފައެވެ. މިއީ އެމަނިކުފާނު އެމަގާމުގައި ހުންނަވާ ރާއްޖެއަށް ކުރައްވާ ހަތަރު ވަނަ ދަތުރުފުޅެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން
ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ވަނީ ޖެނުއަރީ 15ން 17އަށް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ދައުވަތަކަށެވެ.

ނޭޕާލްގެ ފްލައިޓެއް ވެއްޓި އެތައްބައެއްގެ ފުރާނަ ގެއްލުނު ހިތާމަވެރި ހާދިސާ
72 މީހުންނާއެކު ނޭޕާލުގެ ވެރިރަށް ކަތުމަންޑޫއިން ފުރައިގެން، ޓުއަރިސްޓުންގެ މަގްބޫލް ޓައުނެއް ކަމަށްވާ ޕޮޚަރާއަށް ދަތުރުކުރި މަތިންދާބޯޓެއް ސެންޓްރަލް ނޭޕާލްގެ އެއާޕޯޓަކާ ކައިރިއަށް ވެއްޓި، ބޯޓުން ދަތުރުކުރި އެންމެންހެން ވަނީ މަރުވެފައެވެ. 68 މީހުން މަރުވެފައިވާކަން ކަށަވަރުކޮށްފައިވާއިރު، ބާކީ ހަތަރު މީހުންގެ ހަށިގަނޑު ހޯދުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.

އެެމެރިކާގެ ރައީސް ބައިޑަންއާއި ޖަޕާނުގެ ބޮޑުވަޒީރު ކިޝިޑާ ބައްދަލުކުރެއްވުން
އެެމެރިކާގެ ރައީސް ޖޯ ބައިޑަންއާއި ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ ވަނީ ޖެނުއަރީ 13 ވަނަ ދުވަހު ބައްދަލުކުރައްވާފައެވެ.

އެމެރިކާއާއި ޖަޕާނުގެ މިނިސްޓަރުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓާއި ޑިފެންސް ސެކްރެޓަރީ، އަދި ޖަޕާނުގެ ފޮރިން މިނިސްޓަރާއި ޑިފެންސް މިނިސްޓަރު ވަނީ ޖެނުއަރީ 11 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ.

އދ. އާއި ޕާކިސްތާން ގުޅިގެން ޖެނީވާގައި ބޭއްވި ތިމާވެށި ހިމާޔަތްކުރުމުގެ ކޮންފަރެންސް
އދ. އާއި ޕާކިސްތާން ގުޅިގެން ޖެނުއަރީ 09 ވަނަ ދުވަހު ޖެނީވާގައި ވަނީ ތިމާވެށި ހިމާޔަތްކުރުމުގެ ކޮންފަރެންސެއް ބާއްވާފައެވެ.

އަފްޣާނިސްތާނުގައި ނިއުމޯނިއާގެ ކޭސްތައް އިތުރުވުން
އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ނިއުމޯނިއާގެ ކޭސްތައް އިތުރުވަމުންދާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ޗައިނާގެ ރައްޔިތުން އަލުން ދަތުރުކުރަން ފެށުން
ކޮވިޑް-19ގެ ސަބަބުން އެގައުމުގައި އަޅާފައިވާ ފިޔަވަޅުތައް އުވާލާ، އެގައުމުގެ އާންމުންނަށް ދަތުރުކުރުމުގެ ފުރުސަތު މިވަނީ ހުޅުވާލާފައެވެ.

ނީލަން ފިހާރަ ސަރަހައްދުގައި އަލިފާން ރޯވުން
ނީލަން ފިހާރަތައް ހުންނަ ސަރަހައްދުގައި ހޯމަ ދުވަހު ވަނީ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އަލިފާންގަނޑު ފެތުރުނީ ނީލަން ފިހާރައިގެ އުތުރުފަޅިން (އިމާދުއްދީން ސްކޫލާ ދިމާއިން)ނެވެ.