ތުރުކީއަށް އައި ބާރުގަދަ ބިންހެލުން - މުޅި ދިރިއުޅުން އެފުށް މިފުށަށް، ހިތްދަތި އެތައް މަންޒަރެއް

8 ފެބްރުއަރީ 2023 | ބުދަ 08:27
-
3384
ތުރުކީވިލާތާއި ސީރިއާ ބޯޑަރު ގުޅޭ ސަރަހައްދަށް، ރެކްޓަރ މިންގަނޑުން 7.8 މެގްނިޓިއުޑްގެ ބާރުމިނުގެ ބިން ހެލުމެއް އައިސްފައިވަނީ، ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުގެ ވަގުތެއްގައެވެ. މި ބިންހެލުމުގައި އެތައް ހާސް ބަޔަކު މަރުވެ، އެތައް އިމާރާތެއް ވަނީ ބިމާހަމަވެފައެވެ.
ތުރުކީއަށް އައި ބާރުގަދަ ބިން ހެލުން - ތުރުކީއަށް އައި ބާރުގަދަ ބިން ހެލުމުގައި މަރުވި ދަރިފުޅުގެ އަތުގައި ބައްޕަ ހިފަހައްޓައިގެން - މި ބިންހެލުމުގައި އެތައް ބަޔަކު މަރުވެފައިވާއިރު، އެތައް ބައެއްގެ ދިރިއުޅުން ވަނީ ހުއްޓުމަކަށް އައިސްފައި - ފޮޓޯ: އޭއެފްޕީ
ތުރުކީއަށް އައި ބާރުގަދަ ބިން ހެލުން - ތުރުކީއަށް އައި ބާރުގަދަ ބިން ހެލުމުގައި މަރުވި ދަރިފުޅުގެ އަތުގައި ބައްޕަ ހިފަހައްޓައިގެން، މިއީ ތުރުކީއަށް ކުރިމަތިވި އެންމެ ގެއްލުން ބޮޑު ބިންހެލުންކަމަށްވާއިރު، އެތައް ބަޔަކު ވަނީ ދުނިޔެ ދޫކޮށްފައި - ފޮޓޯ: އޭއެފްޕީ
ތުރުކީއަށް އައި ބާރުގަދަ ބިން ހެލުން - ހަޓާއި ޕްރޮވިންސްގެ އިމާރާތެއްގެ ދަށުވި މީހެއްގެ ހަށިގަނޑު ފޮތިގަނޑެއްގައި ގެންދަނީ، މަރުވި މީހުންގެ އަދަދުތައް ބޮޑުތަނުން އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައި - ފޮޓޯ: ރޮއިޓަރސް
ތުރުކީއަށް އައި ބާރުގަދަ ބިން ހެލުން - ތުރުކީއަށް އައި ބާރުގަދަ ބިން ހެލުމުގައި ތުރުކީގެ ހަޓާއި ޕްރޮވިންސްގެ އިމާރާތެއް ބިމާ ހަމަވެ، މަރުވި މީހެއްގެ ހަށިގަނޑު ބިންމަތީގައި - ފޮޓޯ: ރޮއިޓަރސް
ތުރުކީއަށް އައި ބާރުގަދަ ބިން ހެލުން - ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުޣާން ވިދާޅުވީ ބިން ހެލުމުގެ އަސަރުކޮށްފައިވާ ސަރަހައްދުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިތުރު 50،000 މަސައްކަތް ތެރިން ފޮނުވާނެކަމަށާއި، އަދި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށް 5.3 ބިލިއަން އެމެރިކާ ޑޮލަރު ހަމަޖައްސާފައިވާކަމަށް - ފޮޓޯ: ރޮއިޓަރސް
ތުރުކީއަށް އައި ބާރުގަދަ ބިން ހެލުން - އަޑަނާ ޕްރޮވިންސްގެ ވެއްޓިފައިވާ އިމާރާތެއްގައި، ސާޗް އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވަނީ، ތުރުކީއަށް އައި ބާރު ގަދަ ބިން ހެލުމުގައި އެންމެ ބޮޑަށް އަސަރުކޮށްފައިވާ ދެކުނުއިރުމަތީގެ 10 ޕްރޮވިންސްގައި ތިން މަސް ދުވަހުގެ ސްޓޭޓް އޮފް އިމަރޖެންސީ ވަނީ އިއުލާންކޮށްފައި - ފޮޓޯ: ރޮއިޓަރސް
ތުރުކީއަށް އައި ބާރުގަދަ ބިން ހެލުން - ބިންހެލުމުގެ ސަބަބުން ގެތައް ބިމާ ހަމަވެގެން ދިއަ އިރު، އިމާރާތުގެ ދަށުވެ ގިނަ އާއިލާތައް ވަނީ ދުނިޔެ ދޫކޮށްފައި - ފޮޓޯ: ރޮއިޓަރސް
ތުރުކީއަށް އައި ބާރުގަދަ ބިން ހެލުން - ހާލުގައި ޖެހިފައިވާ މީހުން އުލޫ މިސްކުތުގައި، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އިމަރޖެންސީ ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައި - ފޮޓޯ: ރޮއިޓަރސް