ފޮޓޯ ގެލަރީ

ގްރީސްގައި ދެ ރޭލު ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން މުޒާހަރާކުރަނީ
ގްރީސްގައި ދެ ރޭލު ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން އާންމުން ދަނީ މަގުތަކަށް ނުކުމެ މުޒާހަރާކުރަމުންނެވެ. މިމުޒާހަރާތައް ހޫނުވެ، އާންމުންނާ ފުލުހުންނާ ދެމެދު ކުރިމަތުލަންތައް ވަނީ ހިނގާފައެވެ.

އދ. ގެ، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ފަސްވަނަ ކޮންފަރެންސްގެ ހަވާސާގައި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވަނީ އދ. ގެ، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ފަސްވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ގަތަރަށް ވަޑައިގަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އދ. ގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އާ ގަތަރުގައި ބައްދަލުކުރައްވާފައެވެ.

ރަސްމީދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގަތުން
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ތިން ގައުމަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

ހޮންގް ކޮންގް ގައި އިމާރާތްކުރަމުންދިޔަ އުސް އިމާރާތެއްގައި ރޯވެ އެނދުން
ހޮންގ ކޮންގ ގައި އިމާރާތްކުރަމުންދިޔަ އުސް އިމާރާތެއްގައި ބޮޑު އަލިފާންގަނޑެއް ރޯވެ، އިމާރާތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ގްރީސްގައި ދެ ރޭލު ޖެހި އެތައް ބައެއްގެ ފުރާނަ ގެއްލުން
ގްރީސްގައި ފަސިންޖަރުން އުފުލާ ރޭލަކާއި މުދާއުފުލާ ރޭލެއް ޖެހުމުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. މި ހާދިސާގައި މަރުވި މީހުންގެ އިތުރުން ގިނަ އަދަދެއްގެ މީހުންނަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ.

ސަވާދީއްތަ ދަތުރުގެ ދެވަނަ އެޑިޝަން ފެށުން
ސަވާދީއްތަ ދަތުރުގެ ދެވަނަ އެޑިޝަން ފެށުން

ޓެރަރިސްޓުންނާ ދެކޮޅަށް ޕާކިސްތާންގެ ފުލުހުން ދަނީ ހަރަކާތްތެރިވަމުން
ޕާކިސްތާންގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކާއި ޓެރަރިސްޓު ޖަމާއަތްތަކުން ކޮންމެ ވަގުތަކުވެސް ހަމަލާއެއް ދީފާނެކަމަށް އެގައުމުގެ ފުލުހުން އަބަދުވެސް ތިބެންޖެހެނީ ހުށިޔާރުވެގެންނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފިނި މޫސުން
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފިނި މޫސުން ފެނިގެންދަނީ ވަރަށް ހިތްގައިމުކޮށެވެ.

ބޯކޮށް ވާރޭވެހި ބްރެޒިލްގެ ސައޮ ޕޯލޯއަށް ބޮޑެތި ގެއްލުންތަކެއް
ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބްރެޒިލްގެ ސައޮ ޕޯލޯއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އެމެރިކާގެ 1 ބިިލިއަން ޑޮލަރަށްވުރެ އަގު ބޮޑު މިސައިލް ސިސްޓަމް ޔޫކްރެއިނަށް
ޔޫކްރެއިންގެ އަސްކަރިއްޔާއަށް ފޯރުކޮށްދީފައިވާ ޕެޓްރިއޮޓް އެއަރ ޑިފެންސް މިސައިލް ސިސްޓަމެއްގެ އަގު 1 ބިިލިއަން ޑޮލަރަށްވުރެ މައްޗަށް އަރައެވެ. މިސިސްޓަމްތަކަކީ އެމެރިކާގެ އަސްކަރިއްޔާއިން އުފައްދާފައިވާ އެންމެ ރަނގަޅު އެއް އުފެއްދުމެވެ.

ރަޝިއާގެ ހަމަލާތައް އަމާޒުވެފައިވާ ބަޚްމުތު ސިޓީ
ޔޫކްރެއިންގައި މިހާރު ކުރިއަށްދާ ހަނގުރާމާގައި ރަޝިއާގެ ހަމަލާތައް މިހާރު އަމާޒުވެފައިވަނީ އެގައުމުގެ ބަޚްމުތު ސިޓީއަށެވެ.

ފްރޮންޓްލައިންގައި މީހުންގެ ފުރާނަ ސަލާމަތް ކުރަން ޔޫކްރެއިންގެ އަސްކަރިއްޔާގެ ބޭސްވެރިން
ޔޫކްރެއިންގެ އަސްކަރިއްޔާގެ ބޭސްވެރިން ދަނީ ފްރޮންޓްލައިން ކައިރީގައި ހަނގުރާމައިގައި އަނިޔާވާ ފަރާތްތަކުގެ ފުރާނަ ސަލާމަތް ކުރަން މަސައްކަތް ކުރަމުންނެވެ.

އަނެއްކާވެސް އިތުރު ދެ ބިންހެލުން ތުރުކީއަށް އައިސްފި
ފެބްރުއަރީ 20 ވަނަ ދުވަހުގެ ރޭ، ތުރުކީ އަދި ސީރިޔާގެ ބޯޑަރު ހިއްސާކުރާ ސަރަހައްދަށް އިތުރު ދެ ބިންހެލުން ވަނީ އައިސްފައެވެ. މި ދެ ބިންހެލުން އައިސްފައި މިވަނީ ފެބްރުއަރީ 6 ވަނަ ދުވަހު އައި ބާރުގަދަ ބިންހެލުންތަކަށް ފަހު ދެ ހަފުތާ ފަހުންނެވެ.

ޗިލީގެ ޖަންގައްޔެއްގައި މިހާތަނަށް ރޯވި އެންމެ ނުރައްކާތެރި އަލިފާންގަނޑު
ފެބްރުއަރީ 7 ވަނަ ދުވަހު ޗިލީގެ ޖަންގައްޔެއްގައި ރޯވި އަލިފާންގަނޑަކީ މިހާތަނަށް އެގައުމުގައި ރޯވި އެންމެ ނުރައްކާތެރި އަލިފާންގަނޑެވެ.

ތުރުކީގެ އެތައް ހާސް ބަޔަކު ގެދޮރު ގެއްލި މާޔޫސްކަމުގައިނ ގަދަ ފިނިން ރައްކާތެރިވާނެ ގޮތެއް ނެތް
ފެބްރުއަރީ 6 ވަނަ ދުވަހު ތުރުކީ އަދި ސީރިޔާއަށް އައި ބާރުގަދަ ބިންހެލުމުގައި ތުރުކީގެ 12،000ށް ވުރެ ގިނަ އިމާރާތްވަނީ ބިމާ ހަމަވެފައެވެ. އެގައުމުގެ އެތައް ބައެއްގެ ގެދޮރު ގެއްލި ވަގުތީ ހިޔާތަކުގައި ދިރިއުޅެމުންދާއިރު، އެމީހުންނަށް ގަދަ ފިނިން ރައްކާތެރިވާނެ ގޮތެއްވެސް ނެތެވެ.

"އަޅުގަނޑަކީ އެމްޑީޕީ މީހެއް، އަޅުގަނޑުގެ ދައުރަކީ އެމްޑީޕީއަށް، ރާއްޖޭގެ ވެރިކަން ހޯދައި ދިނުން"
އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ޞާލިހަށް އެރުވުމަށް ޓަކައި ޚާއްސަ ޖަލްސާ އެއް ބާއްވާފައިވަނީ 17 ފެބްރުއަރީ 2023 ވަނަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައެވެ. އެމަނިކުފާނު އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ 24،566 ވޯޓާއި އެކުގައެވެ.

ދިވެހި ދައުލަތައް ޚިދުމަތްކުރުމުގެ އިނާމު ދިނުމުގެ ޖަލްސާ
2022 ވަނަ އަހަރުގެ ޢާންމު ޚިދުމަތުގެ ޤައުމީ އިނާމު ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭގައެވެ.

ތުރުކީއަށް އައި ބާރުގަދަ ބިންހެލުމުގައި ހާލުގައިޖެހިފައިވާ ކުޑަކުދިން
ފެބްރުއަރީ ހަ ވަނަ ދުވަހު ތުރުކީ އަދި ސީރިޔާއަށް އައި ބާރުގަދަ ބިންހެލުމުގައި ހަތް މިލިއަނަށްވުރެ ގިނަ މީހުންނަށް އަސަރުކޮށްފައިވާކަމަށް އދ އިން ވަނީ ބުނެފައެވެ. މީގެ ތެރެއިން ތުރުކީން އެކަނިވެސް 4.2 މިލިއަން ކުޑަކުދިންނަށް މި ބިންހެލުމުގެ އަސަރުކޮށްފައިވާކަމަށް އދ އިން ފާހަގަކުރެއެވެ.

ޢުމަރު ޒާހިރު ބިލްޑިންގ ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވުން
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުޅުމާލޭގައި، ސަރުކާރުން ބިނާކުރެއްވި، ޢުމަރު ޒާހިރު ބިލްޑިންގ ހުޅުއްވައި ދެއްވީ ބުދަދުވަހުއެވެ.

ވޯލްޑް ގަވަރމެންޓް ސަމިޓް 2023
ވޯލްޑް ގަވަރމެންޓް ސަމިޓް 2023 ކުރިއަށްގެންދަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީގެ މަދީނާތު ޖުމެއިރާގައެވެ. މިއީ 9 ވަނަ ވޯލްޑް ގަވަރމަންޓް ސަމިޓެވެ.

ސީރިއާ ރައްޔިތުން މިސައިލާ ބޮމުގެ ހަމަލާތަކަށް ފަރިތަ ނަމަވެސް ބިންހެލުމަށް ފަރިތައެއް ނޫން
ފެބްރުއަރީ 6 ވަނަ ދުވަހު ސީރިއާ އަދި ތުރުކީގެ އެކި ހިސާބުތަކަށް އައި ބާރުގަދަ ބިންހެލުމުގައި އެސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެތައް ބައެއްގެ ފުރާނަ ގެއްލި، އެތައް ބައެއް ވަނީ މަގުމަތިވެފައެވެ. ދާހިލީ ހަނގުރާމައިގެ ސަބަބުން މިސައިލާ ބޮމާ އަދި ބަޑީގެ ހަމަލާތަކާއެކު ދިރިއުޅުމަށް އާދަވެފައިވާ ސީރިއާގެ ރައްޔިތުން ވަނީ މިފަދަ ބޮޑު ގުދުރަތީ ކާރިސާއަކަށް ތައްޔާރުނޫން ކަމަށް ބުނެފައެވެ.

ތުރުކީ ސީރިޔާ ބިންހެލުން - އެތައް ހާސް ކުދިންނެއް ޔަތީމު ކޮށްލައިފި
ފެބްރުއަރީ 6 ވަނަ ދުވަހުގެ ފަތިހު، ރެކްޓަރމިންގަޑުން 7.8ގެ ބާރުމިނުގައި ތުރުކީ އަދި ސީރިޔާގެ ބައެއް ސަރަހައްދުތަކަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ވަނީ މިހާރު 33،000ން މައްޗަށް އަރައިފައެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވުން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވަނީ ހޮނިހިރު ދުވަހު ކުޑަގިރި ޕިކްނިކް އައިލެންޑް ރަސްމީކޮށް ހުޅުވައިދެއްވާފައެވެ.

2023 ވަނަ އަހަރުގެ ޖުޑީޝަލް އަހަރު ފެށުމުގެ ރަސްމިއްޔާތު
2023 ވަނަ އަހަރުގެ ޖުޑީޝަލް އަހަރު ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްވަނީ ބައިވެރިވެވަޑައިގަންނަވާފައި.

ތުރުކީ-ސީރިޔާ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 19،000ން މައްޗަށް
ތުރުކީއާއި ސީރިޔާއަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 19،000ން މައްޗަށް އަރައިފިއެވެ.

ތުރުކީ-ސީރިޔާ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 9،000ން މައްޗަށް
ތުރުކީ-ސީރިޔާ އަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 9،000ން މައްޗަށް އަރާފައިވާކަމަށް ރިޕޯޓުކޮށްފިއެވެ.

ތުރުކީއަށް އައި ބާރުގަދަ ބިންހެލުން - މުޅި ދިރިއުޅުން އެފުށް މިފުށަށް، ހިތްދަތި އެތައް މަންޒަރެއް
ތުރުކީވިލާތާއި ސީރިއާ ބޯޑަރު ގުޅޭ ސަރަހައްދަށް، ރެކްޓަރ މިންގަނޑުން 7.8 މެގްނިޓިއުޑްގެ ބާރުމިނުގެ ބިން ހެލުމެއް އައިސްފައިވަނީ، ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުގެ ވަގުތެއްގައެވެ. މި ބިންހެލުމުގައި އެތައް ހާސް ބަޔަކު މަރުވެ، އެތައް އިމާރާތެއް ވަނީ ބިމާހަމަވެފައެވެ.

ތުރުކީ އާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުން
ހޯމަ ދުވަހުގެ ވަގުތެއްގައި ތުރުކީ އާއި ސީރިއާ ބޯޑަރު ގުޅޭ ސަރަހައްދަށް އައި 7.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

2023 ވަނަ އަހަރުގެ ރިޔާސީ ބަޔާން ދެއްވުން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު ވަނީ ހޯމަ ދުވަހު، މިއަހަރުގެ ރިޔާސީ ބަޔާން ދެއްވާފައެވެ.