ފޮޓޯ ގެލަރީ

ބްރެޒިލްގެ އައު ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ
ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ ވަނީ ބްރެޒިލްގެ ރައީސްކަމުގެ ހުވާ ކުރައްވާފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އައު އަހަރު ފާހަގަކުރުން
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަނީ ވަރަށް ކުލަ ގަދަކޮށް އައު އަހަރު ފާހަގަކޮށްފައެވެ.

ލަންޑަންގެ އައު އަހަރުގެ ޕެރޭޑް
އިނގިރޭސިވިލާތުގެ ލަންޑަންގައި އައު އަހަރު ފާހަގަކުރުމުގެ ގޮތުން ހާއްސަ ޕެރޭޑެއް ވަނީ ބާއްވާފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިއަހަރުގެ ފިނިމޫސުން
ދުނިޔޭގެ ކަންކޮޅުތަކުގައި އެކި މީހުން ފިނިމޫސުން ހޭދަކުރަމުން ދަނީ އެކި ހާލުގައެވެ.

ދެކުނު ކޮރިއާގެ ހައިވޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ފަސް މީހުން މަރުވުން
ބުރާސްފަތި ދުވަހު ދެކުނު ކޮރިއާގެ ހައިވޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ފަސް މީހުން މަރުވެ 40 މީހުންނަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ.

ރަޝިއާގެ ހަމަލާތަކުގައި ޔޫކްރެއިން ފުނޑުފުނޑުވަނީ
ރަޝިއާގެ މިސައިލް ހަމަލާތަކުގެ ސަބަބުން ޔޫކްރެއިނަށް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ.

އަފްޣާނިސްތާންގެ އަންހެނުންގެ ހައްގުތައް ހަނިކުރުން
އަފްޣާނިސްތާންގެ ވެރިކަމާ ތާލިބާން ޖަމާއަތުން ހަވާލުމަށްފަހު، އެގައުމުގެ އަންހެނުންގެ ހައްގުތައް ދަނީ ދުވަހެއް ދުވަހަކަށް ހަނި ކުރަމުންނެވެ.

އެމެރިކާ އަށް ދިމާވެފައިވާ ފިނިމޫސުމުގެ ތޫފާން
އެމެރިކާ އަށް ދިމާވެފައިވާ ފިނިމޫސުމުގެ ތޫފާނުގައި މަރުވާ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުންނެވެ.

ޑިސެމްބަރު 26ގެ ހަދާންތައް - އަދިވެސް ލޯތައް ކަރުނައިން ފުރިފައި
ޑިސެމްބަރު 26، 2004ގެ ހަދާންތައް އަދިވެސް ލޯތައް ކަރުނައިން ފުރާލައެވެ.

ޗައިނާގައި ކޮވިޑް-19ގެ ހާލަތު ގޯސްވާން ފެށުން
ޗައިނާގައި ކޮވިޑް-19ގެ ހާލަތު ގޯސްވާން ފެށުމާއެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިންވެސް މިހާރު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ގއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ގއ. އަތޮޅުގެ ތިން ރަށަކަށް ކުރެއްވި ދަތުރުފުޅުގައި އެރަށްތަކުން އެމަނިކުފާނަށް ވަނީ ލޯތްބާއި އިހުތިރާމާއެކު މަރުހަބާ ދަންނަވާފައެވެ.

ރައީސް ޞާލިހް ގއ. ދާންދޫއަށް ވަޑައިގުތުމުން ހޫނު މަރުހަބާއެއް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ގއ. ދާންދޫއަށް ވަޑައިގަތުމާއެކު އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައި ވެއެވެ.

ޔޫކްރެއިންގެ ރައީސް ޒެލެންސްކީ އެމެރިކާއަށް ވަޑައިގަތުން
ޔޫކްރެއިން-ރަޝިއާ ހަނގުރާމަ ފެށުނު ފަހުން ޔޫކްރެއިންގެ ރައީސް ފުރަތަމަ ފަހަރަށް އެމެރިކާއަށް ވަޑައިގެން އެގައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

ޓެޓްރަޕޮޑް ގައު އާންމުން ފެންނަ ގޮތަށް އަލުން ބަހައްޓައިފި
ޖަޕާނާއި ރާއްޖޭގެ ގުޅުމަށް 55 އަހަރު ފުރުން ފާހަގަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން، ކުރިން ލޮނުޒިޔާރަތްކޮޅުގައި ބަހައްޓާގައި ހުރި ޓެޓްރަޕޮޑް ގައު، އާންމުންނަށް ފެންނަ ގޮތަށް އަލުން ބަހައްޓައިފިއެވެ.

ޖަޕާންގެ ފޮރިން މިިނސްޓްރީގެ ސްޓޭޓް މިނިސްޓަރ ތަކެއި ޝުންސުކެ ރާއްޖެ ވަޑައިގަތުން
ޖަޕާންގެ ފޮރިން މިިނސްޓްރީގެ ސްޓޭޓް މިނިސްޓަރ ތަކެއި ޝުންސުކެ ރާއްޖެ ވަޑައިގަންނަވައިފިއެވެ.

ފީފާ ވޯލްޑް ކަޕް 2022: އިނާމު ދިނުމުގެ ރަސްމިއްޔާތު
ފީފާ ވޯލްޑް ކަޕްގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވަނީ އެކިއެކި މަގާމުތަކަށް އިނާމު ހަވާލުކޮށްފައެވެ. މުބާރާތުގެ އެންމެ ޒުވާން ކުޅުންތެރިޔަކަށް ހޮވުނީ އާޖެންޓީނާގެ ހޫލިއަން އަލްވަރޭޒް އެވެ. އެންމެ މޮޅު ކީޕަރަކަށް އާޖެންޓީނާގެ އެމިލިއާނޯ މާޓިނޭޒް ހޮވުނުއިރު، މުބާރާތުގެ ރަން ބޫޓު ލިބުނީ ފްރާންސްގެ ކީލިއަން އެމްބާޕޭއަށެވެ. މިއަހަރުގެ މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއެވެ.

ފީފާ ވޯލްޑް ކަޕް 2022: ޕެނަލްޓީގައި ފްރާންސް ބަލިކޮށް އާޖެންޓީނާ އިން މުބާރާތް ކާމިޔާބުކުރުން
ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗުގައި އާޖެންޓީނާ އިން ފްރާންސްގެ މައްޗަށް ކުރި ހޯދީ ޕެނަލްޓީގައެވެ. މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ކުޅުން ހަމަވީއިރު ދެ ޓީމު ވަނީ 3-3 އިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ އާޖެންޓީނާ އިން ކާމިޔާބުކުރީ 4-2 އިންނެވެ.

ފީފާ ވޯލްޑް ކަޕް 2022: ފައިނަލް މެޗު ފެށުމުގެ ރަސްމިއްޔާތު
ޤަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗު ފެށުމުގެ ރަސްމިއްޔާތުގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ޤަތަރުގެ އަމީރު އަދި އެހެން ޤައުމުތަކުގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. ފައިނަލް މެޗު ފެށުމުގެ ރަސްމިއްޔާތުގައި ވަނީ ކުލަ ގަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

ފީފާ ވޯލްޑް ކަޕް 2022: މޮރޮކޯ ބަލިކޮށް ކްރޮއޭޝިއާ ތިންވަނައަށް
ފީފާ ވޯލްޑް ކަޕް 2022ގެ ތިންވަނަ ހޮވާ މެޗުގައި، މޮރޮކޯއާ ދެކޮޅަށް ކުޅެ ކްރޮއޭޝިއާ ކާމިޔާބުކުރީ 2-1ންނެވެ. މީގެ ހަތަރު އަހަރު ކުރިން ރަޝިޔާގައި ބޭއްވި މުބާރާތުގައި ކްރޮއޭޝިއާ ވަނީ ރަނަރަޕްކަން ހޯދާފައެވެ.

ބަރލިންގެ އެކުއާޑޮމް އެކުއޭރިއަމް ތަޅައިގެން ގޮސް، ބޮޑެތި ގެއްލުންތަކެއް
ބަރލިންގެ ރެޑިސަން ބްލޫ ހޮޓެލްގެ ލޮބީގައި ހުރި ބޮޑު އެކުއޭރިއަމެއް ތަޅައިގެން ހިނގައްޖެއެވެ. "އެކުއާޑޮމް"އަކީ 53 ފޫޓު އުސް އެކުއޭރިއަމެކެވެ. 1500 މަހާއެކު މި އެކުއޭރިއަމް ވެގެންގޮސްފައިވަނީ ދުނިޔޭގައި ހުރި މި ބާވަތުގެ އެންމެ ބޮޑު އެކުއޭރިއަމަށެވެ.

ދެކުނު ކޮރެއާގެ އަސްކަރިއްޔާ އެގައުމުގެ މަޝްހޫރު ކޭ-ޕޮޕް ސްޓަރ، ބީޓީއެސްގެ ޖިން ގުޅުން
ދެކުނު ކޮރެއާގެ ޒުވާން ފިރިހެނުން އެގައުމުގެ އަސްކަރިއްޔާއާ ގުޅި މަދުވެގެން ދެ އަހަރު ދުވަހު ހިދުމަތްކުރުމަކީ ގާނޫނީ ގޮތުން އެމީހުންގެ މައްޗަށް ކުރުން މަޖުބޫރު ކަމެކެވެ. އެގޮތުން އެގައުމުގެ މަޝްހޫރު ކޭ-ޕޮޕް ބޭންޑް، ބީޓީއެސްގެ އެންމެ ދޮށީ މެމްބަރު ކިމް ސޯކްޖިން (ޖިން) މިވަނީ މި ޑިސެމްބަރު މަހު އަސްކަރިއްޔާއާ ގުޅިފައެވެ.

ވައި ތަޣައްޔަރުވުމުގެ އަސަރު އިންޑިއާގެ ވެރިރަށަށް
ވައި ތަޣައްޔަރުވުމުގެ ސަބަބުން އިންޑިއާގެ ވެރިރަށަށް މިވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.

ފީފާ ވޯލްޑް ކަޕް 2022ގެ ސެމީ ފައިނަލް: މޮރޮކޯ ބަލިކޮށް ފްރާންސް ފައިނަލަށް
ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލް ދެ ވަނަ މެޗުގައި މޮރޮކޯ އާއި ފްރާންސް ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބު ކުރި ފްރާންސްއެވެ.

ބްރެޒިލްގައި ހުންނަ ފުލުހުންގެ މައި މަރުކަޒަށް ބޮލްސޮނާރޯގެ ސަޕޯޓަރުން ހަމަލާދީފި
ޑިމޮކްރަސީއާ ހިލާފު އަމަލުތަކެއް ހިންގި ކަމުގެ ތުހުމަތުގައި އެގައުމުގެ ލީޑަރު ހޯސޭ އަކަސިއޯ ސެރޭރޭ ޒަވަންޓޭ ވަގުތީ ގޮތުން ހައްޔަރު ކުރުމުގެ އަމުރަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އެލެގްޒެންޑާ ޑި މޮރޭސް އަމުރު ކުރެއްވުމާ ގުޅިގެން ބްރެޒިލްގައި ހުންނަ ފުލުހުންގެ މައި މަރުކަޒަށް ބޮލްސޮނާރޯގެ ސަޕޯޓަރުން ވަނީ ހަމަލާ ދީފައެވެ.

ފީފާ ވޯލްޑް ކަޕް 2022ގެ ސެމީ ފައިނަލް: ކްރޮއޭޝިއާ ބަލިކޮށް އާޖެންޓީނާ ފައިނަލަށް
ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި އާޖެންޓީނާ އިން ކްރޮއޭޝިއާ ބަލިކުރީ 3-0 އިންނެވެ. އާޖެންޓީނާ އަކީ މިއަހަރުގެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ޓީމެވެ.

ޝަންހާއީގައި ކޮވިޑް-19 ފެތުރެނީ
ޗައިނާގެ ޝަންހާއީގައި އަދިވެސް ކޮވިޑް-19 ދަނީ ފެތުރެމުންނެވެ.

ރައީސްގެ ދެކަނބަލުން ފީފާ ވޯލްޑް ކަޕް 2022 ގެ ސެމީ ފައިނަލް މެޗުތަކަށް، ޤަތަރަށް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ޤަތަރަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންނެވީ ހޯމަ ދުވަހުއެވެ.

މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ކުރެއްވި ދަތުރުފުޅު
ދިވެހިރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ބޭއްވި ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ހޯމަ ދުވަހު ވަނީ މާލެ ވަޑައިގެންފައެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ އިސް ސަފުން ފެންނަ މޫނުތައް
ރަޝިޔާ އިން ޔޫކްރެއިން އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ޔޫކްރެއިނުގެ އަސްކަރީ ސިފައިން އަންނަނީ ރެއާ ދުވާލު ހިތްވަރުލާ އިސް ސަފުގައި މަސައްކަތް ކުރަމުންނެވެ.

ފީފާ ވޯލްޑް ކަޕް 2022ގެ ކުއާޓާ ފައިނަލް: އިންގްލެންޑް ބަލިކޮށް ފްރާންސް ސެމީ ފައިނަލަށް
ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗު އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް އިން ކާމިޔާބުކުރީ 2-1 އިންނެވެ.