ރައީސުލްޖުމްހޫރިއްޔާ ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫޢު އިފްތިތާޙްކޮށްދެއްވުން
މާލޭ ސަރަހައްދުގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހިންގާ "ބިންވެރިޔާ ސްކީމް"ގެ ދަށުން ބިން ދޫކުރުމަށް ގުޅިފަޅު ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގުޅިފަޅުގަ އޮތް ރަސްމިއްޔާތަށް ވަޑައިގެންނެވުން - ފޮޓޯ: ރައީސް އޮފީސް

މިރަސްމިއްޔާތު ގައި ރައީސްގެ އަރިހުގައި ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވި - ފޮޓޯ: ރައީސް އޮފީސް

"ބިންވެރިޔާ ސްކީމް"ގެ ދަށުން ގުޅިފަޅުން ބިން ދޫކުރުމަށް ގުޅިފަޅު ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް - ފޮޓޯ: ރައީސް އޮފީސް

މިރަސްމިއްޔާތު އޮތީ އާދީއްތަ ދުވަހުގެ ހަވީރު ގުޅިފަޅުގައި - ފޮޓޯ: ރައީސް އޮފީސް

ރައީސް ޞާލިޙް ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތްތައް ބައްލަވާލައްވަނީ - ފޮޓޯ: ރައީސް އޮފީސް

ގުޅިފަޅު ބިންހިއްކުމުގެ މި މަޝްރޫޢަކީ މާލެ ސަރަޙައްދުގައި ހިންގާ މަޝްރޫޢަކަށް ވިޔަސް، މިއީ ތިލަދުންމަތީ އުލިގަމުން އައްޑޫ ގަމާ ހަމައަށް ފެތުރިގެން ދާނެ ތަރައްޤީގެ ބިޔަ މަޝްރޫޢެއް ކަމަށް ރައީސް ވިދާޅުވި - ފޮޓޯ: ރައީސް އޮފީސް