ގުއަޓެމާލާގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު
ގުއަޓެމާލާގައި އިންތިޚާބާ ގުޅިގެން ބައެއް ފަރާތްތަކުން ނުރުހުން ފާޅުކުރަމުންދިޔަ ވަގުތެއްގައި މިވަނީ އިންތިޚާބުގެ ފުރަތަމަ ބުރު ބާއްވާފައެވެ.

ނޭޝަނަލް ޔުނިޓީ އޮފް ހޯޕް (ޔޫއެންއީ) ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ސަންޑްރާ ޓޮރޭޒް ވޯޓުލާ މަރުކަޒުގައި - ފޮޓޯ: ރޮއިޓަރސް

ގުއަޓެމާލާގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އަންހެނަކު ވޯޓުލަނީ - ފޮޓޯ: ރޮއިޓަރސް

ވޯޓު ގުނުމުގެ ތެރޭގައި ވޯޓުލާ މަރުކަޒުގެ ތެރެއަށް އާންމު ރައްޔިތުން ވަންނަން އުޅުމުން، ސިފައިންނާއި ފުލުހުން މަރުކަޒު ގާޑުކުރަނީ - ފޮޓޯ: ރޮއިޓަރސް

ގުއަޓެމާލާގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބޭއްވި ދުވަހު، ވޯޓުލާ މަރުކަޒެއްގައި އިލެކްޝަންސް އޮފިޝަލުން ވޯޓު ގުނަނީ - ފޮޓޯ: ރޮއިޓަރސް

ގުއަޓެމާލާގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލާ މަރުކަޒެއްގެ ބޭރުގައި މީހުން ކިޔޫ ހަދާފައި - ފޮޓޯ: ރޮއިޓަރސް

ކިއޮސްކެއްގައި ބަހައްޓާފައިހުރި ނޫސް މަޖައްލާތަކެއް - ފޮޓޯ: ރޮއިޓަރސް