ނައިބު ރައީސް މަދީނާގައި ތަޢުލީމު ހާސިލުކުރާ ދިވެހިންނާ ބައްދަލުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ސައޫދީ އަރަބިއްޔާގެ މަދީނާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައިފިއެވެ.

ނައިބު ރައީސް މަދީނާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއި ބައްދަލުކުރައްވާފައި މިވަނީ، 1444 ވަނަ އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު ސައޫދީއަށް ކުރައްވާ ދަތުރުފުޅުގައި - ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވަނީ، މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔަ ހައްޖާޖީންގެ އެންމެހައި ކަންތައްތައް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްހައްޖުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުރައީސް ކަނޑައަޅުއްވާފައި - ފޮޓޯ: ރައީސް އޮފީސް

މަދީނާގައި ކިޔަވާ ދަރިވަރުންގެ ކިޔެވުން ކުރިއަށްދާ ގޮތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވޭ - ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ މަދީނާގައި ކިޔަވާ ދަރިވަރުންގެ ކިޔެވުން ކުރިއަށްދާ ގޮތް އޮޅުންފިލުއްވަވައިފަ - ފޮޓޯ: ރައީސް އޮފީސް

މަދީނާގައި ކިޔަވާ ދަރިވަރުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

މަދީނާގައި ކިޔަވާ ދަރިވަރުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސްގެ އަރިހުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރާއި، ހެލްތު މިނިސްޓަރު އަހްމަދު ނަސީމްވެސް ބައިވެރިވެވަޑައިގެންނެވި - ފޮޓޯ: ރައީސް އޮފީސް