ގައުމީ ދާރުލްއާސާރު ތަރައްގީކުރުމަށްފަހު އާއްމުންނަށް ހުޅުވާލަނީ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެހީގައި ގައުމީ ދާރުލްއާސާރު ތަރައްގީކޮށް, އާންމުންނަށް ހުޅުވާލުމަށް ތައްޔާރުވެއްޖެއެވެ. މިއީ ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން ހިންގުނު, މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން އެއް ހަރަކާތެވެ. ބީއެމްއެލްއިން ވަނީ މި ޕްރޮޖެކްޓް ހިންގުމަށް 2 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފައެވެ.

ބީއެމްއެލްއިން ގައުމީ ދާރުލްއާސާރު ތަރައްގީކުރުމަށް 2 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފައި - ފޮޓޯ: ބޭންކް އޮފް މޯލްޑިވްސް

ރާއްޖޭގައި އެންމެ ފުރަތަމަ ބެހެއްޓުނު އޭޓީއެމް މިހާރު ވަނީ ދާރުލްއާސާރުގައި ބަހައްޓާފައި - ފޮޓޯ: ބޭންކް އޮފް މޯލްޑިވްސް

ދާރުލްއާސާރުގައި ކުރިން ޑިސްޕްލޭކުރެވިފައި ނުވާ އާސާރީ ތަކެތި މިހާރު ވަނީ ޑިސްޕްލޭ ކުރެވިފައި - ފޮޓޯ: ބޭންކް އޮފް މޯލްޑިވްސް

ދާރުލްއާސާރުގައި މިހާރު ވަނީ ޚާއްސަ މަލްޓިމީޑިއާ ރޫމެއްވެސް ގާއިމުކޮށްފައި - ފޮޓޯ: ބޭންކް އޮފް މޯލްޑިވްސް

ގައުމީ ދާރުލްއާސާރު ތަރައްގީކުރުމަށްފަހު އާއްމުންނަށް ހުޅުވާލަނީ އޮގަސްޓް 30 ގައި - ފޮޓޯ: ބޭންކް އޮފް މޯލްޑިވްސް

ގައުމީ ދާރުލްއާސާރު ތަރައްގީކޮށްފައި ވަނީ ބިއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން ހިންގުނު, މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން - ފޮޓޯ: ބޭންކް އޮފް މޯލްޑިވްސް