އަޅިއަށްވެފައިވާ ލަހައިނާއަށް އެމެރިކާގެ ރައީސްގެ ދެކަނބަލުން ޒިޔާރަތްކުރެއްވުން
އަލިފާނުގެ ހާދިސާގައި އަޅިއަށްވެފައިވާ ހަވާއީގެ، ލަހައިނާއަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ޖިލް ބައިޑަން ވަނީ ހޯމަ ދުވަހު ޒިޔާރަތް ކުރައްވާފައެވެ.

އަލިފާންގަނޑު ފެތުރިގެންދިޔަ ލަހައިނާއަށް އެމެރިކާގެ ރައީސްގެ ދެކަނބަލުން ޒިޔާރަތްކުރައްވާފައި ވަނީ ހޯމަ ދުވަހު - ފޮޓޯ: ރައޮޓަރސް

ލަހައިނާއަށް ކުރެއްވި ޒިޔާރަތުގައި އެމެރިކާގެ ރައީސްގެ ދެކަނބަލުން ވަނީ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ސަރަހައްދުތައް ބައްލަވާލައްވާފައި - ފޮޓޯ: ރައޮޓަރސް

ލަހައިނާގައި ފެތުރިގެން ދިޔަ އަލިފާންގަނޑުގައި އެތައް ބައެއްގެ ފުރާނަ ވަނީ ގެއްލިގެން ގޮސްފައި - ފޮޓޯ: ރައޮޓަރސް

އަލިފާނުގެ ހާދިސާގައި ލަހައިނާގެ އާންމުން ދިރިއުޅޭ އެތައް ގެއެއް ވަނީ އަނދާ އަޅިއަށް ވެގެން ގޮސްފައި - ފޮޓޯ: ރައޮޓަރސް

ލަހައިނާއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން، އަލިފާނުގެ ހާދިސާގައި ރޯވެފައިވާ ކާރުތަކެއް ބައިޑަން ބައްލަވާލައްވަނީ - ފޮޓޯ: ރައޮޓަރސް

ލަހައިނާއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން، އަލިފާނުގެ ހާދިސާގައި ސަލާމަތްވި ކުޑަ ކުއްޖަކާ ބައިޑަން ވާހަކަދައްކަވަނީ - ފޮޓޯ: ރައޮޓަރސް