ފޮޓޯ ގެލަރީ

ޣައްޒާގެ ހޮސްޕިޓަލެއްގައި އެއްޗެއް ގޮއްވާލުމުން މެދުއިރުމަތީގައި ނުރުހުން ފާޅުކުރުން
ޣައްޒާގެ ހޮސްޕިޓަލެއްގައި އެއްޗެއް ގޮއްވާލުމުން މެދުއިރުމަތީގެ އެކި ކަންކޮޅުތަކުގައި ނުރުހުން ފާޅުކުރުން.

އެމެރިކާގެ ރައްޔިތުން އިސްރާއީލު ދޫކޮށް ދަނީ
އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާއަށް ފަހު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން އިސްރާއީލުގައި އުޅޭ އެމެރިކާގެ ރައްޔިތުން އެގައުމުން ފައިބަން ފަށައިފިއެވެ.

ހަމާސްއާއި އިސްރާއިލް އާއި ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން
ހަމާސްއާއި އިސްރާއިލް އާއި ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން

އިސްރާއިލާއި ފަލަސްތީނުގެ ހަމާސްއާއި ދެމެދު ހިނގަމުންދާ ވަރުގަދަ ހަނގުރާމަ
އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާއަށް ފަހު ހިނގަމުންދާ ހަނގުރާމައަށް 10 ދުވަސް ގުނިފައި ވާއިރު އިސްރާއީލުގެ އަސްކަރިއްޔާއިން ދެމުންދާ ހަމަލާތަކަށް ހުއްޓުމެއް ނެތެވެ. ޣައްޒާގެ އުތުރުން ގިނަ އަދަދެއްގެ މީހުން ހިޖުރަކޮށްފައިވަނީ ވަށާލާފައިވާ ޣައްޒާގެ ދެކުނު ފަރާތަށް ހިޖުރަކުރުމަށް އިސްރާއީލުގެ އަސްކަރިއްޔާއިން 1 މިލިއަނަށްވުރެ ގިނަ މީހުންނަށް އަންގާފައި ވަނިކޮށެވެ. މީހުން ހުސްކުރުމުގެ އަމުރަކީ އެ ސަރަހައްދުގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް އަސަރު ކުރާ އަމުރެކެވެ. ޣައްޒާގެ ބޯޑަރު ހިއްސާކުރާ ހުރިހާ ސަރަހައްދެއް މިވަގުތު ބަންދުކޮށްފައިވާއިރު އާންމުން ވަނީ އެތެރޭގައި ވަރަށް ބޮޑަށް ތާށިވެފައެވެ. އެ އަމުރު ނެރުނުތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ފަލަސްތީނުގެ ގިނަ ބަޔަކު ވަނީ ޣައްޒާގެ ދެކުނުން ފޭބުމުގެ މަސައްކަތް ފަށައިފަ އެވެ. މީހުން ހުސްކުރުމުގެ އަމުރަށް އިންސާނީ އެހީދޭ ޖަމާއަތްތަކުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އދ އިން ބުނީ އިންސާނީ ނުރައްކާތެރި ނަތީޖާއެއް ނުނެރެ މިހާ ގިނަ ބަޔަކު ގެންދިއުމަކީ ނާދިރު ކަމެއް ކަމަށެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފި
އިސްރާއީލުގެ ހަމަލާތަކާ ގުޅިގެން، ޣައްޒާއާއި ހުޅަނގު އައްސޭރީގައި ހިންގަމުންދާ ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 2383ށްވުރެ މައްޗަށް އަރާފައެވެ.

ރައީސްގެ އަނބިކަނބަލުން، އޮއިވަރު މެންޓަލް ހެލްތު ކޮންފަރެންސް ހުުޅުވުމުގެ ރަސްމިއްޔާތުގައި
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވަނީ، އާދިއްތަ ދުވަހު ވިލާ ނޯޓިކާގައި ބޭއްވި އޮއިވަރު މެންޓަލް ހެލްތު ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސްގައި އިސްރާއިލް ސިފައިން ދިން ވައިގެ ހަމަލާތައް
ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސްގައި އިސްރާއިލްގެ ސިފައިން ވައިގެ މަގުން ދިން ހަމަލާތަކުގައި އެތައްބަޔަކު ޝަހީދުވެ އެތައްބަޔަކު ޒަޚަމް ވުން.

ގްލޯބަލް ކޯޗިންގ އެންޑް ސްޕީކިންގ ސިމްޕޯޒިޔަމް ހުަޅުވުމުގެ ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން
ގްލޯބަލް ކޯޗިންގ އެންޑް ސްޕީކިންގ ސިމްޕޯޒިޔަމް 23 ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

އިސްރާއީލުގެ ސިފައިން ޣައްޒާގެ ބޯޑަރު ސަރަހައްދުގައި
އިސްރާއީލުގެ ސިފައިން ޣައްޒާގެ ބޯޑަރު ސަރަހައްދަށް ޖަމާވެއްޖެއެވެ.

ހަމާސްގެ ހަމަލާއަށްފަހު އިސްރާއީލުގެ ހަމަލާތައް ޣައްޒާއަށް
އިސްރާއީލް-ފަލަސްތީން ހަނގުރާމައަށް 6 ދުވަސް ވެގެންދިޔައިރު، ޣައްޒާގައި ޝަހީދުކޮށްލި މީހުންގެ އަދަދު 1200އަށް އަރައިފިއެވެ.

ރައީސްގެ އަނބިކަނބަލުން، ދެވަނަ ސައިކޮލޮޖީ ސިމްޕޯޒިޔަމް އަދި އެގްޒިބިޝަންގައި
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވަނީ ދެވަނަ ސައިކޮލޮޖީ ސިމްޕޯޒިޔަމް އަދި އެގްޒިބިޝަން އިފްތިތާހުކޮށްދެއްވައި، ވާހަކަފުޅު ދައްކަވާފައެވެ.

ފަލަސްތީން-އިސްރާއިލް ހަނގުރާމައިގައި ޝަހީދު ހަމާސް އޮފިޝަލެއްގެ ޖަނާޒާގެ ތެރެއިން
އިސްރާއިލުން ހަމާސް ޖަމާއަތުގެ އިސް އޮފިޝަލުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގައި އެޖަމާއަތުގެ ލީޑަރުން ދަނީ ޝަހީދުވަމުންނެވެ. އޭގެތެރެއިން އެއް އޮފިޝަލަކީ ޒަކަރިއްޔާ އަބޫ މާމަރް އެވެ.

އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާގެ އަވަށްތައް ދަނީ ބިމާ ހަމަވަމުން
ފަލަސްތީނާއި އިސްރާއީލާ ދެމެދު ކުރިއަށްދާ ހަނގުރާމާގައި މަރުުވި މީހުންގެ އަދަދު 1،300އަށް އަރައިފިކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. އދ.ން ހާމަކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން، ހަނގުރާމައިގެ ސަބަބުން ޣައްޒާގެ 123،000ށްވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.

އިސްރާއިލްގެ ހަމަލާތަކުގައި ގައްޒާގެ އިމާރާތްތައް ބިމާ ހަމަވަނީ
މިހާރު ކުރިއަށްދާ ހަމާސް-އިސްރާއިލް ހަނގުރާމާގައި ޣައްޒާގެ 400 އަށް ވުރެ ގިނަ ސަރަހައްދަށް އިސްރާއީލުން ވަނީ ހަމަލާދީފިއެވެ. މި ހަމަލާތަކުގައި ނިޔާވި މީހުންގެ އަދަދު 313 އިން މައްޗަށް ވަނީ އަރާފައެވެ. މި ހަމަލާތަކުގައި ޣައްޒާގެ އެތައް ސަތޭކަ އިމާރާތެއް ވަނީ ސުންނާފަތިވެފައެވެ.

ހަމާސް-އިސްރާއީލް ހަނގުރާމަ؛ އެތައް ބައެއް ދަނީ މަރުވަމުން
ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާތަކަކާ ވިދިގެން، އިސްރާއީލުން ޣައްޒާއަށް ހަމަލާދޭން ފަށައި، ހަމާސްއާ ދެކޮޅަށް ވަނީ ހަނގުރާމަ އިއުލާނުކޮށްފައެވެ. މިހަމަލާ ބަދަލުކުރުންތަކުގައި ޣައްޒާއަށްވެސް އަދި އިސްރާއީލަށްވެސް އުމްރާނީ ބޮޑެތި ގެއްލުންތައް ލިބެމުންދާއިރު، އެތައް ބައެއްގެ ފުރާނަވެސް ދަނީ ގެއްލެމުންނެވެ.

އަމީނިއްޔާ ސްކޫލުގެ ޓީޗަރސް ޑޭ އެސެމްބްލީގައި ނައިބު ރައީސް ބައިވެރިވެވަޑައިގަތުން
ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް އަމީނިއްޔާ ސްކޫލުގައި ބޭއްވި ޚާއްސަ އެސެމްބްލީގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ބޯކޮށް ވާރޭވެހި، ނިއު ޔޯކް ސިޓީގެ މަގުތަކުގައި ފެން ބޮޑުވިކަން އެނގޭތަ؟
ބޯކޮށް ވާރޭވެހުމުގެ ސަބަބުން ނިއު ޔޯކް ސިޓީގެ މަގުތަކުގައި ވެސް ވަނީ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ފެން ބޮޑުވެފައެވެ. ފެންގަނޑު ބޮޑުވެ، މަގުމަތީގައި ހިނގާބިނގާވެ އުޅެން އުނދަގޫވިއެވެ. އަދި ބައެއް ގެތަކަށްވެސް ފެން ވަދެފައިވެއެވެ.

ތުރުކީގެ ރައީސް އެގައުމުގެ މަޖިލީހުގައި ތަގުރީރުކުރެއްވުން
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ، އެގައުމުގެ މަޖިލިސް ޗުއްޓީއަށްފަހު އަލުން ހުޅުވުމާއެކު، މަޖިލީހުގައި ތަގުރީރުކުރައްވާފައެވެ.

ރައީސް ސާލިހް ނޫސްވެރިންނާ ބައްދަލުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވަނީ އޮކްޓޫބަރު ދެވަނަ ދުވަހު، ރާއްޖޭގެ ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ.

ރައީސް ސާލިހް، އިންތިޚާބީ ރައީސް ޑރ. މުއިއްޒުއާ ބައްދަލުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް، ކުރިއަށް އޮތް ދައުރަށް އިންތިޚާބުވެވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައިފިއެވެ.

ށ. ނޫމަރާ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު
ށ. ނޫމަރާ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، 27 ސެޕްޓެމްބަރ 2023 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް ވަނީ މޮބިލައިޒް ކުރެވިފައެވެ.

ރައީސް އިބޫއާއެކު ހަވީރު ސައި
ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި މިއަދު ހަވީދު ވަނީ ރައީސް އިބޫއާއެކު ހަވީރު ސައި ހަރަކާތް ބާއްވައިފައެވެ. މި ހަރަކާތް ބާއްވާފައިވާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އެ ސަރަހައްދަށް ގޮސްފައެވެ. މި ހަރަކާތުގައި އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ވާހަކަ ދައްކާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކ. ގާފަރަށް ވަޑައިގެންނެވުން
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވަނީ އަންގާރަ ދުވަހު ކ. ގާފަރަށް ވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަރބަންކޯގެ "ޗައިލްޑްކެއާ ސްޕޭސް" ހުޅުއްވައިދެއްވުން
އަރބަންކޯގެ "ޗައިލްޑްކެއާ ސްޕޭސް" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ހުޅުއްވައިދެއްވައިފިއެވެ.

ޔޫކްރެއިންގެ ރައީސް ކެނެޑާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ކެނެޑާއަށް ކުރެވި ދަތުރުފުޅުގައި ކެނެޑާގެ ގާނޫނު ހަދާ މަޖިލީހުގައި ދެއްވި ތަގުރީރުގައި ވިދާޅުވީ، 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާއިން ދޭންފެށި ހަމަލާއާ ދެކޮޅަށް ޔޫކްރެއިނަށް އެންމެ ބޮޑަށް ތާއީދުކުރާ އެއް ބަޔަކީ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯގެ ލިބަރަލް ސަރުކާރު ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އާންމު ރައްޔިތުންނާ ބައްދަލުކުރެއްވުން
ގުޅިފައިވާ ޕާޓީތަކުގެ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވަނީ ހޮނިހިރު ދުވަހުވެސް އާންމުންގެ ގެތަކަށް ޒިޔާރަތް ކުރައްވާފައެވެ.

ރައީސް ޞާލިހު ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ހުކުރު ދުވަހު، ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވާ އާންމުންގެ ގެތަކަށް ޒިޔާރާތްކުރައްވާފައެވެ.

ރައީސް ސާލިހު އާންމު ރައްޔިތުންގެ ގެތަކަށް ޒިޔާރަތްކުރެއްވުން
ދެވަނަ ބުރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން އެމްޑީޕީން މާފަންނު ހުޅަނގު ދާއިރާގައި ޑޯޓުޑޯ ހަރަކާތްތައް ކުރިއަށް ގެންގޮސްފިއެވެ. މިހަރަކާތް ކުރިއަށް ގެންދިއުމުގައި އިސްކޮށް ހުންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި މާފަންނު ހުޅަނދު ދާއިރާގެ މެންބަރު މުހައްމަދު ފަލާހުއެވެ.

އެމްޓީސީސީން 3 ރަށެއްގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތައް
އެމްޓީސީސީން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ.

މިއަދުވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މާލޭގެ ބައެއް ގެތަކަށް ޒިޔާރާތްކުރައްވައިފި
ގުޅިފައިވާ ޕާޓީތަކުގެ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވަނީ މާލޭގެ ބައެއް ގެތަކަށް އަންގާރަ ދުވަހުވެސް ޒިޔާރާތް ކުރައްވާފައެވެ.