Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ބީއެމްއެލްގެ ނަމުގައި މީހުންނަށް ގުޅުން

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އާންމުކޮށް މިކަމަށް ގިނަ ރައްޔިތުން މިހާރު ސަމާލުކަންދޭއިރު އަދިވެސް މިކަމަށް ހޭލުންތެރި ނޫން މީހުން އެބައުޅޭ

އަހުމަދު ސިރާޖް
އަހުމަދު ސިރާޖް, ރާއްޖެ އެމްވީ | 23 އެޕްރީލު 2021 | ހުކުރު 16:50
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ނަމުގައި މީހުންނަށް ގުޅާ ފައިސާ ފޭރިގަންނަ ފަރާތެއްގެ ނަމްބަރު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ނަމުގައި މީހުންނަށް ގުޅާ ފައިސާ ފޭރިގަންނަ ފަރާތެއްގެ ނަމްބަރު

ފަހަކަށް އައިސް އެންމެ ގިނައިން ފޯނުތަކަށް އަންނަ އެއް މެސެޖްއަކީ ބޭންކް އޮފް މޯލްޑިވްސްގެ ނަމުގައި ބަޔަކު ފޮނުވާ މެސެޖެކެވެ. އެކަމަކު އެއީ މަކަރާއި ހީލަތުގެ މެސެޖެކެވެ. ބީއެމްއެލްއަކުން އެއްވެސް ކަސްޓަމަރަކަށް އެކައުންޓް ނުވަތަ ކާޑުގެ މައުލޫމާތު ހޯދުމަށް އެދި ނުގުޅާނެއެވެ. އެކައުންޓުގެ މައްސަލައެއް ދިމާވެގެން އެހެން އެކައުންޓަކަށް ފައިސާ ޖަމާކުރުމަށް އެއްވެސް ހާލަތެއްގައި ބޭންކުން ނޭދޭނެއެވެ.

ކަން މިހެން އޮތަސް މިފަދަ މާތް މައްސަރެއްގައިވެސް ބައެއްމީހުން ދަނީ އެތައް ބައެއްގެ ފައިސާ ނުހައްގުން ފޭރެމުންނެވެ. ހަރާމް ފައިސާ ބޭނުން ކުރަމުންނެވެ. މަކަރާއި ހީލަތުންނެވެ.

ވަސްމާއަކީ މިގޮތަށް ބައެއްގެ ކެހިވެރިކަމުގައި ޖެހިގެން ލަނޑު ލިބުނު އަންހެނެކެވެ. އެއީ އެއް މަހުގެ ތުއްތު ކުއްޖެއްގެ މަންމައެވެ. ދެމަފިރިން ވަޒީފާއަށް ގޮސްގެން ގޭގެކުލި ދެއްކުމަށްފަހު އަމިއްލަ ބޭނުންތަކަށް އޮންނަނީ 1500އެއް ހާ ރުފިޔާއެވެ. ރަމަޟާން މަހުގެ 5 ވަނައަށް ވީދުވަހު އަތުގައި އޮތީ 1000 ރުފިޔާއެވެ. ދަރިފުޅަށާއި ޒަރޫރީ އެނޫންވެސް ބޭނުންތަކަށް އަތުގައި ހުރި ފައިސާ ކޮޅުން ނުފުދޭނެތީ އާއިލާ މީހެއްގެ އަތުން މަސް ނިމުމުން އަނބުރާ ދައްކާގޮތަށް 2000 ރުފިޔާ ނެގިއެވެ. ނަމަވެސް ނުބައިނުލަފާ މީހެއްގެ ސަބަބުން އެކައުންޓުގައި ހުރި އެ ރުފިޔާކޮޅުވެސް ވަނީ ގެއްލިފައެވެ.

އޭޕްރީލް 22 ވަނަދުވަހު ހަވީރު 17:00 ހާއިރު މަސައްކަތް ނިއްމާލުމަށްފަހު ވަސްމާ ގެއަށް އައިވަގުތު ބީއެމްއެލްގެ ނަމުގައި ފޯން ކޯލެއް އައެވެ. ސަލާން ގޮވާލުމަށްފަހު ބުނީ ދިއްފުށިން 5 ކަސްޓަމަރަކާއި މާލެއިން 5 ކަސްޓަމަރެއްގެ އެކައުންޓަށް ދާންނުޖެހޭ ޓްރާންސެކްޝަންތަކެއް ގޮސްގެން އުޅޭ ކަމަށެވެ. މިނޫންވެސް އެތަކެއް ވާހަކައެއް ދެއްކުމަށްފަހު މެއިލްއަށް މިހާރު ގޮސްފައިވާ ކޯޑު ކިޔާދިނުމަށް އެދުނެވެ. ދެން ވަސްމާ އެކޯޑް ބުނުމުން ކުޑަވަގުތު ކޮޅަކުން ގުޅާނެކަމަށް ބުނެފައި ފޯނު ބޭއްވީއެވެ.

އޭރުވެސް ވަސްމާއަށް މިވީގޮތެއް ނޭނގެއެވެ. ގެއަށް ވަދެ ދަރިފުޅު ރޯން ފެށުމުން ކައިރީގައި އިން ފިހާރަޔަށް ޔޯގަޓް ތައްޓެއް ގަތުމަށްޓަކައި ނުކުތެވެ. އަނެއްކާވެސް ދެން އައީ ހަމަ އެކޯލެވެ.

ބުންޏެވެ. ތިޔަ އެކައުންޓުގައިވާ ފައިސާ މިހާރު ވާނީ އެހެން އެކައުންޓަކަށް ޖަމާކުރެވިފައެވެ. އެހެންވީމާ ކޭޝް ކާޑު މިވަގުތު ބޭނުން ނުކުރުން އެދެމެވެ.

ވަސްމާއަށް ޝައްކުވީ ދެނެވެ. އަވަސްއަވަހަށް އެކައުންޓް ބެލިއިރު ފައިސާއެއް ނެތެވެ. ރޮވިފައި ހުރެގެން އެނަންބަރަށް ގުޅުމުން އަނެއްކޮޅުން ޖަހާލީ ހިނިގަނޑެކެވެ. ތިޔަ ފައިސާއަކީ މިމަހުގެ ބާކީ އޮތްތާގައި ވަސްމާގެ ދެމަފިރިންނާއި ކުޑަ ދަރިފުޅުގެ ޚަރަދުކަމަށް ބުނެ އެފައިސާ އަނބުރާ ދިނުމަށް ވަސްމާ އާދޭސް ކުރިއެވެ.

އަނެއްކޮޅުން ވާހަކަ ދެއްކީ ހިލަ ހިތެއްގެ ވެރިއެކެވެ. ބުންޏެވެ. ކަލޭމެންގެ ކައިރީގައި ބޭންކުން އަބަދުވެސް އެކިޔަނީ މިކަހަލަ ފޯނުތަކަށް ޖަވާބު ނުދޭށޭއެވެ. އެހެންވީމާ މިއީ ކަލޭ މަށަށް ގަސްތުގައިދިން ހަދިޔާއެކެވެ. މިއެއް އަބުރާ ނުދޭނަމެވެ. އެހެނެއް ނޫނެވެ. ވީޑިއޯ ކޯލެއް ކޮށްފައި ދަރިފުޅު ދައްކާފައި ފިހާރައަށް ވަދެ ބޭނުންވާ އެޗެއް ނަގާފައި އަރާވަރު ބުނީމާ އެ ފައިސާ ދައްކައިދީފާނަމެވެ. މިއީ ކަލޭގެ މޮޔަކަމުން ވީ ކަމެކެވެ.

ފޯނު ކަނޑާލުމަށްފަހު ވަސްމާގެ ވައިބަރ އަށް 10،000 ރުފިޔާ ޖަމާކޮށްފައިވާކަމަށް ބުނެ ފޭކް ސްލިޕެއްވެސް ވަނީ ފޮނުވައިފައެވެ. މިފަދަ އެތައް ޖަރީމާއެއް މި ގައުމުގައި އަންނަނީ ހިންގަމުންނެވެ. ފުލުހުންގެ އިދާރާއެއް އޮވެމެ، އެ އިދާރާއަށްވެސް މިކަންކަން ހުއްޓުވޭނެ ގޮތެއް ނުވެއެވެ. އާންމުކޮށް މިކަމަށް ގިނަ ރައްޔިތުން މިހާރު ސަމާލުކަންދޭއިރު އަދިވެސް މިކަމަށް ހޭލުންތެރި ނޫން މީހުން އެބައުޅެއެވެ.

މިކަންކަން ކުރާ މީހުން އެކަން ކުރަނީ އާންމުކޮށް ދެރަ ނިކަމެތީންނަށެވެ. މިއަދު ވަސްމާ އެހުރީ ރޯދަ މަހު އިތުރަށް ކައިބޮއި އުޅެވޭނެ ގޮތެއްވެސް ނެތިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ރަށްގިރުމުގެ މައްސަލަ: ރަށުގެ 50 މީޓަރު މޫދު އަޑީގައި، ބޭނުންވަނީ އަވަސް ހައްލު!

ރަށްގިރުމުގެ މައްސަލަ: ރަށުގެ 50 މީޓަރު މޫދު އަޑީގައި، ބޭނުންވަނީ އަވަސް ހައްލު!

26 އޯގަސްޓު 2017
ގާސިމް މަރުގެ ތަންމަތީގައި އޮތަސް ހެޔޮ، ބޭނުންވަނީ ހުކުމް ކުރަން!

ގާސިމް މަރުގެ ތަންމަތީގައި އޮތަސް ހެޔޮ، ބޭނުންވަނީ ހުކުމް ކުރަން!

24 އޯގަސްޓު 2017
މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!

މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!

20 އޯގަސްޓު 2017
ރައީސަށް ތާއީދު ދައްކަން ބޭނުން ނަމަ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާށެވެ.؟!

ރައީސަށް ތާއީދު ދައްކަން ބޭނުން ނަމަ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާށެވެ.؟!

13 އޯގަސްޓު 2017
ދުސްތޫރީ އޮނިގަނޑުގައި މަރުތަޅެއް ނެތް، މައްސަލައަކީ ގާނޫނާ އެއްގޮތަށް އަމަލުކުރަން ބޭނުން ނުވުން!

ދުސްތޫރީ އޮނިގަނޑުގައި މަރުތަޅެއް ނެތް، މައްސަލައަކީ ގާނޫނާ އެއްގޮތަށް އަމަލުކުރަން ބޭނުން ނުވުން!

27 ޖުލައި 2017

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު