Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާގެ ކޮވިޑް ހާލަތު

އިންޑިއާގައި ކޭސްތައް ގިނަވެ، އެއް އެނދެއްގައި ދެމީހުންނަށް ފަރުވާދެނީ

16 އެޕްރީލު 2021 | ހުކުރު 04:15

އެއްދުވަހާ 200,739 މީހުން ވަނީ އެގައުމުން ކޮވިޑަށް ޕޮޒިޓިވްވެފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 16 އެޕްރީލު 2021 | ހުކުރު 04:15
އިންޑިއާގެ ކޮވިޑް-19ގެ ހާލަތު ގޯސްވެ ދެ މީހުންނަށް އެއް އެނދެއްގައި ފަރުވާ ދެނީ

އިންޑިއާގެ ކޮވިޑް-19ގެ ހާލަތު ގޯސްވެ ދެ މީހުންނަށް އެއް އެނދެއްގައި ފަރުވާ ދެނީ

އިންޑިއާގައި ކޮވިޑް-19ށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ ހޮސްޕިޓަލްތަކުގައި އެއް އެނދެއްގައި ދެ މީހުންނަށް ފަރުވާދޭން ފަށައިފިއެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އެއްދުވަހާ 200,739 މީހުން ވަނީ އެގައުމުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިއީ މިހާތަނަށް އެގައުމުން އެއްދުވަސްތެރޭ މިއަދަދަށް މީހުން ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. އިންޑިއާއަށް އައި ކޮވިޑްގެ މި އައު ރާޅާއެކު އެގައުމުން ގިނަ އަދަދެއްގެ ބަޔަކު ޕޮޒިިޓިވްވަމުންދާތީ ހޮސްޕިޓަލްތަކަށް ވަނީ ބާރު ބޮޑުވެފައެވެ. އެގޮތުން އެނދުގެ ދަތިކަމާއި އޮކްސިޖަންގެ ދަތިކަމާ އެގައުމުން މިހާރު ވަނީ ކުރިމަތިލާންޖެހިފައެވެ.

މިއަހަރުގެ ކުރީކޮޅު އިންޑިޔާގައި ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު ހުރީ 10،000ށް ވުރެ ދަށުގައެވެ. ނަމަވެސް އޭޕްރީލް މަހުގެ 2 ވަނަ ދުވަހުން ފެށިގެން އެގައުމުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އިންޑިޔާގެ އެކި ހިސާބުތަކުގައި މި ބަލި ފެތުރިފައިވާއިރު މަހަރާޝްތްރާ، ކެރެލާ، ކަރްނަޓާކާ، އަދި ޓެމިލް ނާޑޫން ފެނިފައިވާ ކޭސްތަކުގެ އަދަދު ދަނީ ކޮންޓްރޯލް ނުކުރެވި އިތުރު ވަމުންނެވެ. 

ދުނިޔޭގައި މިވަގުތު ކޮވިޑްގެ ހާލަތު އެންމެ ގޯސްވެފައިވާ އަނެއް ދެގައުމުކަމުގައިވާ ބްރެޒިލް އާއި އެމެރިކާ ގައި ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކަށްވުރެ އިންޑިޔާގައި ފެންނަ ކޭސްތައް ދެގުނަ އިތުރެވެ. ނަމަވެސް މީހުން މަރުވާ ރޭޓް އަނެއް ދެގައުމާ އަޅާބަލާއިރު މަދެވެ.

ކޭސްތައް އިތުރުވަމުން އައި ނަމަވެސް އެގައުމުގައި ކުރިޔަށްގެންދާ ހިންދީ ދީނުގެ ބޮޑެތި ހަރަކާތްތަކަށް ހުއްޓުމެއްނާދެއެވެ. މިހަރަކާތްތަކުގައި 650،000ށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހަރަކާތްތަކުގައި ގައިދުރުކަމެއް ނޯންނައިރު މާސްކު އެޅުމެއް ވެސް ނޯވެއެވެ.

އަނެއްކޮޅުން ހަތަރު ސްޓޭޓެއްގައި ބޭއްވި އިންތިޚާބުތަކުގެ ކެމްޕެއިން ހަރަކާތްތަކާ ގުޅިގެން ވެސް ކޭސްތައް ވަނީ އިތުރުވެފައެވެ.

އިންޑިއާއިން 14 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

އިންޑިއާކޮވިޑް-19

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
17 ނޮވެމްބަރު 2025

އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

17 ނޮވެމްބަރު 2025
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި
15 ނޮވެމްބަރު 2025

އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

15 ނޮވެމްބަރު 2025
އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ
11 ނޮވެމްބަރު 2025

އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި

11 ނޮވެމްބަރު 2025
އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި
10 ނޮވެމްބަރު 2025

ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ

10 ނޮވެމްބަރު 2025
ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ
29 އޮކްޓޯބަރު 2025

ހަނގުރާމައިގެ ހާލަތަށް ތައްޔާރުވެގެން ތިބެން ޖެހޭ: ރަޖްނާތު ސިންހް

29 އޮކްޓޯބަރު 2025
ހަނގުރާމައިގެ ހާލަތަށް ތައްޔާރުވެގެން ތިބެން ޖެހޭ: ރަޖްނާތު ސިންހް
15 އޮކްޓޯބަރު 2025

އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

15 އޮކްޓޯބަރު 2025
އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް