Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޗްޕީއޭއަށް ތުހުމަތުކުރުން

އެޗްޕީއޭއިން ރައްޔިތުންގެ މަޖިލީހަށް ދޮގުހަދާ އޮޅުވާލިކަމުގެ ޝަކުވާ ލިބިފައި އެބަވޭ: ބޮންޑޭ

ރޯގާ ބޮޑަށް ފަތުރައިގެން އާމްދަނީ ހޯދަން އުޅޭ ކަމުގެ އިހުސާސެއް ރައްޔިތުން ކުރަމުން ގެންދާކަމަށް ބޮންޑޭ ވިދާޅުވި

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 29 މާރިޗު 2021 | ހޯމަ 14:58
އިބްރާހިމް ރަޝީދު

އިބްރާހިމް ރަޝީދު

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ( އެޗްޕީއޭ) އިން ރައްޔިތުންގެ މަޖިލީހަށް ދޮގުހަދާ އޮޅުވާލިކަމުގެ ޝަކުވާ ލިބިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ކޮވިޑްއާ ގުޅިގެން ހޮޓާ ކެފެޓީރިއާ އަދި ރެސްޓޯރެންޓް ހިންގާ ފަރާތްތަކަށް، ކުރިމަތި ވަމުންދާ ދަތިތައް ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި، ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން، މަޖިލީހުގެ އިގްތިސާދީ ކޮމެޓީން ރެސްޓޯރެންޓުތައް ހިންގާ ފަރާތްތަކާއެކު ބޭއްވި ބައްދަލުވުމުގައި ބޮންޑޭ ވިދާޅުވީ، އެޗްޕީއޭގެ ހިންގުމުގައި މައްސަލަތަކެއް އުޅޭކަން ފާހަގަވެފައި ވާކަމަށެވެ.

ބޮންޑޭ ވިދާޅުވީ، އެޗްޕީއޭގެ މެޑިކަލް އެޑްވައިޒަރީ ބޯޑުގައި ވިޔަފާރި ކުރާ މީހުން އެބަ ތިބިކަމަށާއި، އެމީހުންގެ ތެރޭގައި މަސްލަހަތު ފުށުއެރުމުގެ މައްސަލަ އިންތިހާއަށް އެބަ އޮތް ކަމަށެވެ. އަދި ވެކްސިންގެ ފައިސާ ލިބޭ ބަޔަކު ވެސް އެތަނުގައި އެބަ ތިބި ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

މި މައްސަލަތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން، ބޮންޑޭ ވިދާޅުވީ، ރޯގާ ބޮޑަށް ފަތުރައިގެން އާމްދަނީ ހޯދަން އުޅޭ ކަމުގެ އިހުސާސެއް މިހާރު ރައްޔިތުން ކުރަމުން ގެންދާކަމަށެވެ.

ބޮންޑޭ ވަނީ މީގެ ކުރިން ވެސް، އެޗްޕީއޭގެ ޓެކްނިކަލް އެޑްވައިޒަރީ ޓީމް (ޓެގް) އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ. އެގޮތުން، ޓެގް ޓީމުން މާލީ މަންފާއެއް ހޯދުމަށް އެޗްޕީއޭ ހައިޖެކް ކޮށްފައި ވާކަމަށް އޭނާ ކުރިން ވިދާޅުވެފައިވެއެވެ.  

ރައްޔިތުންގެ މަޖިލިސްއެޗްޕީއޭ

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
16 ޑިސެމްބަރު 2024

މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ

16 ޑިސެމްބަރު 2024
މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ
15 ޑިސެމްބަރު 2024

އަރިދަފުސްރޯގާ، އިންފުލުއެންޒާ އަދި ބޭރަށް ހިންގުން މިދިޔަ މަހު އިތުރުވެއްޖެ

15 ޑިސެމްބަރު 2024
އަރިދަފުސްރޯގާ، އިންފުލުއެންޒާ އަދި ބޭރަށް ހިންގުން މިދިޔަ މަހު އިތުރުވެއްޖެ
22 ނޮވެމްބަރު 2024

ފާނަބަސަންދު ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

22 ނޮވެމްބަރު 2024
ފާނަބަސަންދު ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
19 މެއި 2024

މަދިރިން ފެތުރޭ ބަލިތައް ގިނަވާތީ އިމާރާތްކުރާ ސައިޓުތަކުގައި މަދިރި އާލާނުވާނެހެން ސާފުކުރުމަށް އަންގައިފި

19 މެއި 2024
މަދިރިން ފެތުރޭ ބަލިތައް ގިނަވާތީ އިމާރާތްކުރާ ސައިޓުތަކުގައި މަދިރި އާލާނުވާނެހެން ސާފުކުރުމަށް އަންގައިފި
16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
14 މެއި 2024

އަރިދަފުސް ރޯގާ، އިންފްލުއެންޒާ އަދި ބޭރަށް ހިންގުމުގެ ކޭސްތަކުގެ އަދަދު ދަށަށް

14 މެއި 2024
އަރިދަފުސް ރޯގާ، އިންފްލުއެންޒާ އަދި ބޭރަށް ހިންގުމުގެ ކޭސްތަކުގެ އަދަދު ދަށަށް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު