Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޯހިޔާވަހިކަމުގެ މައްސަލަ

ބޯހިޔާވަހިކަމަށް މަސައްކަތް ނުކުރެވޭ ކޮންޓްރެކްޓްތައް އުވާލަނީ

2008 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ބޯހިޔާކަމުގެ 33 މަޝްރޫޢެއް ކޮންޓްރެކްޓްކޮށްފައިވޭ

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 29 މާރިޗު 2021 | ހޯމަ 10:58
ހުޅުމާލެ ދެވަނަ ފިޔަވަހި

ހުޅުމާލެ ދެވަނަ ފިޔަވަހި

ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެކި ސަރުކާރުތަކުން ކޮންޓްރެކްޓްކޮށް މަސައްކަތް ނުހިނގާ ހުރި ކޮންޓްރެކްޓްތައް ބާތިލުކުރަން ނިންމާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް މިފަދައިން ވިދާޅުވީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫޢުގެ ފްލެޓްތައް ދިނުމާ ގުޅޭގޮތުން ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ، 2008ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ބޯހިޔާކަމުގެ 33 މަޝްރޫޢެއް ކޮންޓްރެކްޓްކޮށްފައިވާކަމަށެވެ. މި މަޝްރޫއުތައް ހިންގުމަށް ދެ މިލިއަން އަކަ ފޫޓުގެ ބިން ހުޅުމާލެއިން ހިފެހެއްޓިފައިވާއިރު، މި ބިމަކީ މާލޭގައި މިހާރު މީހުން ދިރިއުޅެމުންދާ ބިމުގެ ބޮޑުމިނާ އެއްވަރުގެ ސަރަހައްދެއްކަމަށް ނަޝީދު ވިދާޅުވިއެވެ. މަޖިލީހުގެ ރައީސް ވަނީ މީގެން އެއްވެސް، މަޝްރޫޢުއެއް އެންމެ އެކަށޭނަގޮތެއްގައި ބެލެހެއްޓިފައި ނުވާކަމަށް ވިދާޅުވެފައެވެ. ކޮންޓްރެކްޓް ބަލަހައްޓާނެ ނިޒާމެއް އެކުލަވާލުމަށް ސަރުކާރަށް ލަފާއަރުވަން ނިންމާފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ކޮމިޓީއިން މިހާރު ދަނީ އުވާލަންވީ ކޮންޓްރެކްޓްތަކާއި، ކުރިއަށް ގެންދަވީ ކޮންޓްރެކްޓްތައް އެނަލައިޒްކުރަމުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ކޮމިޓީއިން ހިޔާ މަޝްރޫޢުގެ ކަންކަން ހިނގާދިޔަގޮތް ބެލިބެލުމާއި، އިތުރު އެހެނިހެން ބޯހިޔާވަހިކަމުގެ މައްސަލަތަކުގައި ފާހަގަވިކަންކަން ވެސް ހިއްސާކޮށްފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން އާންމުކުރި ރިޕޯޓުގައި ވަނީ ސިވިލް ސަރވިސް މުއައްޒަފުންގެ ކެޓަގަރީ ހިޔާ ފްލެޓްގައި އެކުލަވާލާފައިވާގޮތުގެ ސަބަބުން ޙާލަތު ދެނެގަނެފައި ނުވާތީ، މި ޙާލަތު ދެނެގަނެ އަލުން މި ލިސްޓް އެކުލަވާލަންޖެހޭކަމަށް ފެންނަކަމަށް ބުނެފައެވެ.

މަޖިލީހުގެ ރައީސް އަދި ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ރައީސްއެއްގެ ގޮތުގައި ވެސް ހުންނެވި ރައީސް ނަޝީދު ވަނީ މި ސަރުކާރުން ބޯހިޔާވަހިކަން ރައްޔިތުންނަށް ކަށަވަރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. މިހާތަނަށް އައިރު ބޯހިޔާވަހިކަމުގެ ފޮނި މީރުކަން ލިބިފައިވަނީ ހަމައެކަނި އެމްޑީޕީގެ ސަރުކާރަކުން އެޅި ފްލެޓްތަކަކުންކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ކުރީގެ ރައީސް، މުހައްމަދު ނަޝީދުރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

17 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

17 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު
04 ޖޫން 2025

ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

04 ޖޫން 2025
ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ
02 މެއި 2025

ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި

02 މެއި 2025
ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި
26 ޖޫން 2024

ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި

26 ޖޫން 2024
ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި
16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
13 މެއި 2024

އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް

13 މެއި 2024
އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް
12 މެއި 2024

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

12 މެއި 2024
ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
06 މެއި 2024

މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި

06 މެއި 2024
މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު