Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވައިގަދަވެ ބޮޑެތި ގަސްތަކެއް ވެއްޓުން

ވައިގަދަވެ މާލޭގެ މަގުމަތީގައި ހުރި ބޮޑެތި ގަސްތަކެއް ވެއްޓިއްޖެ

އަމީނީ މަގުގައި ހުރި ގަސްތަކުން ބައެއް ގޮފިތައް ވެއްޓިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 29 މާރިޗު 2021 | ހޯމަ 07:52
މާލޭގެ މަގުމަތީގައި އިންދާފައި ހުރި ގަހެއް މަގުމައްޗަށް ވެއްޓިފައި،

މާލޭގެ މަގުމަތީގައި އިންދާފައި ހުރި ގަހެއް މަގުމައްޗަށް ވެއްޓިފައި،

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މާލޭގެ މަގުމަތީގައި އިންދާފައި ހުރި ބައެއް ބޮޑެތި ގަސްތައް ވެއްޓިއްޖެއެވެ.

ގަދަވަޔާއެކު އަމީނީ މަގުގައި ހުރި ގަސްތަކުން ބައެއް ގޮފިތައް ވެއްޓިފައިވާއިރު، އެމްޕްލޯއިމަންޓް ޓްރައިބިއުނަލް ކައިރީގައި ހުރި ބޮޑު ގަހެއް ވެސް ވެއްޓިފައިވެއެވެ. މީގެއިތުރުން ހުޅުމާލޭ އަދި ވިލިމާލޭގައި އިންދާފައި ހުރި ބައެއް ގަސްތައް ވެސް ވެއްޓިފައިވެއެވެ.

Advertisement - newsAdvertisement

ބާރަށް ވައި ޖެހުމުގެ ސަބަބުން މިގަސްތައް ވެއްޓިފައިވަނީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މިހާރު މިގަސްތައް ނެގުމުގެ މަސައްކަތްތައް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.

މިހާދިސާތަކާ ގުޅިގެން މީހަކަށް އަދި ވެހިކަލްއަކަށް ގެއްލުން ލިބިފައިވާ ކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.

ބާރަށް ވައި ޖެހި މޫސުން ގޯސްވެފައިވާތީ ހުރިހާ ފަރާތްތަކުން ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބައެއް ގެތަކުގެ ބެލްކަނިތަކުގައި ގަސްއިންދާފައިވާ ޕޮޓްފަދަ ތަކެތި މަގުމައްޗަށް ނުވެއްޓޭނެ ގޮތަކަށް ހެދުމަށާއި، ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުމަށް ވެސް އެމްއެންޑީއެފުން އެދިފައިވެއެވެ.

ވައިގަދަވުންގަސްވެއްޓުންމޫސުން

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފި

16 އޮކްޓޯބަރު 2025
މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފި
14 އޮކްޓޯބަރު 2025

އޮކްޓޫބަރު 17 އާއި ހަމައަށް މޫސުން ގޯސް، ސަމާލުވެލައްވާ!

14 އޮކްޓޯބަރު 2025
އޮކްޓޫބަރު 17 އާއި ހަމައަށް މޫސުން ގޯސް، ސަމާލުވެލައްވާ!
20 އޯގަސްޓު 2025

ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

20 އޯގަސްޓު 2025
ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި
05 އޯގަސްޓު 2025

ވައިގަދަވެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

05 އޯގަސްޓު 2025
ވައިގަދަވެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި
18 ޖުލައި 2025

ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ އިންޒާރު

18 ޖުލައި 2025
ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ އިންޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު