Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިޔަރު މަސްވެރިކަން

މިޔަރުގެ މަސްވެރިކަން ކުރާނަމަ ގާނޫނީ ފިޔަވަޅު އަޅާނަން: ފިޝަރީޒް މިނިސްޓްރީ

މިޔަރުގެ މަސްވެރިކަން ކުރާ ސަރަހައްދުތައް ޕެޓްރޯލްކުރުން ވަނީ ވަރުގަދަކޮށްފައި

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 25 މާރިޗު 2021 | ބުރާސްފަތި 14:17
ރާއްޖޭއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ މިޔަރު އުރަހަތަކެއް އަތުލައިގަތުން

ރާއްޖޭއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ މިޔަރު އުރަހަތަކެއް އަތުލައިގަތުން

ގަވާއިދާ ޚިލާފަށް މިޔަރުގެ މަސްވެރިކަން ކުރުމާއި، ޕްރޮސެސްކުރުމާއި، އެކްސްޕޯޓު ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކާއިމެދު މަސްވެރިކަމުގެ ގާނޫނުގައި ވާގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް ފިޝަރީސް މިނިސްޓްރީން ބުނެފިއެވެ.

މި ފަހަކަށް އައިސް، ގަވާއިދާ ހިލާފަށް މިޔަރު މަސްވެރިކަން ކުރުމާއި، މިޔަރުމަހާއި އުރަހަ ޕްރޮސެސް ކުރުން، ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

Advertisement - newsAdvertisement

މިކަމާ ގުޅިގެން ފިޝަރީސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި، ވަގަށް ކުރާ މިޔަރުގެ މަސްވެރިކަން ހުއްޓުވުމަށް ގިނަ ފިޔަވަޅުތަކެއް މިހާރުވެސް އަޅާފައިވާކަން ފާހަގަ ކޮށްފައިވެއެވެ.

މިޔަރު ބޭނުމާއި، ޕްރޮސެސްކުރުމާއި، އެކްސްޕޯޓުކުރުމުގެ ކަޅު ބާޒާރެއް ރާއްޖޭގައި މިހާރު ހިނގަމުން ދާކަން ފާހަގަކޮށް މިނިސްޓްރީން ބުނީ، ޚާއްސަކޮށް މިޔަރުގެ މަސްވެރިކަން ކުރާ ކަމަށް ބެލެވޭ ސަރަހައްދުތައް ޕެޓްރޯލް ކުރުން، ފުލުހުންނާއި ކޯސްޓްގާޑު ސިފައިންގެ ފަރާތުން ވަރުގަދަ ކޮށްފައި ވާކަމަށެވެ.

ފޮށީގައި ބަންދުކޮށްފައިވާ ލޮނުމަސް ޝިޕްމެންޓެއްގެ ގޮތުގައި ރާއްޖެއިން ބޭރުކުރަން އުޅުނު މިޔަރު އުރަހަތަކެއް ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު، މޯލްޑިވްސް ކަސްޓަމްސް ސާވިސް އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑު ގުޅިގެން، ވަނީ ހިފަހައްޓާފައެވެ. މި މައްސަލައިގެ ތަހުގީގުނިމި ފިޔަވަޅުއެޅުމުގެ މަސައްކަތް، ކަސްޓަމްސްއާއި މިނިސްޓްރީގެ ފަރާތުން ކުރަމުން ދާކަމަށް، ފިޝަރީޒް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން މާޗު މަހުގެ 22 ވަނަ ދުވަހު ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި، މިޔަރުގެ މަސްވެރިކަން ކުރަމުން ދިޔަ ދޯންޏެއް ގިނަ އަދަދެއްގެ މިޔަރާއިއެކު އަތުލައިގެންފައިވެއެވެ. މި މައްސަލަ ތަހުގީގުކުރުމުގެ މަސައްކަތް، ފުލުހުންނާއި ގުޅިގެން މިހާރު ކުރަމުން ދާކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ފިޝަރީސް މިނިސްޓްރީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ހުޅުމާލެ އިން 49 ދޯންޏާއެކު ފެށި، ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖުގެ ބައިވެރިން މާލެ އަށް

10 ޑިސެމްބަރު 2025
ހުޅުމާލެ އިން 49 ދޯންޏާއެކު ފެށި، ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖުގެ ބައިވެރިން މާލެ އަށް
08 ޖޫން 2024

ސިޓީ ކައުންސިލްގެ އިސްނެގުމާއި އެކު މާލޭގެ ފަޅު ތެރެ ސާފުކޮށްފި

08 ޖޫން 2024
ސިޓީ ކައުންސިލްގެ އިސްނެގުމާއި އެކު މާލޭގެ ފަޅު ތެރެ ސާފުކޮށްފި
11 އެޕްރީލު 2024

11 ރަށެއްގައި އައިސްޕްލާންޓް ގާއިމްކުރަނީ

11 އެޕްރީލު 2024
11 ރަށެއްގައި އައިސްޕްލާންޓް ގާއިމްކުރަނީ
27 ޑިސެމްބަރު 2023

ފިޝަރީޒް ކޮލެޖް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

27 ޑިސެމްބަރު 2023
ފިޝަރީޒް ކޮލެޖް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
17 ސެޕްޓެމްބަރު 2023

ސަރުކާރުން މަސް ގަންނަ އަގު ބޮޑުކުރީ އެންމެ އަވަހަށް ފުރުސަތު ލިބުމުން: ފިޝަރީޒް މިނިސްޓަރު

17 ސެޕްޓެމްބަރު 2023
ސަރުކާރުން މަސް ގަންނަ އަގު ބޮޑުކުރީ އެންމެ އަވަހަށް ފުރުސަތު ލިބުމުން: ފިޝަރީޒް މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު