Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުޅުއްދުފާރު މޮނިޓަރިންއަށްލުން

ހުޅުއްދުފާރުން ކޮވިޑް-19ގެ ކޭސްއެއް ފެނުމާ ގުޅިގެން އެރަށް ވެސް މޮނިޓަރިންގެ ހާލަތަށް!

24 މާރިޗު 2021 | ބުދަ 07:46

ޕޮޒިޓިވްވި މީހާއަކީ މިމަހުގެ 4 ވަނަ ދުވަހު އުނގޫފާރަށް ދަތުރުކޮށްފައިވާ މީހެއް

އަމްނާ އިމާދު
އަމްނާ އިމާދު | 24 މާރިޗު 2021 | ބުދަ 07:46
ރ.ހުޅުއްދުފާރު، ޕޮޒިޓިވް ކޭސްއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުން

ރ.ހުޅުއްދުފާރު، ޕޮޒިޓިވް ކޭސްއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުން

ރ.ހުޅުއްދުފާރުން ކޮވިޑް-19ގެ ކޭސްއެއް ފެނުމާއި ގުޅިގެން އެރަށް ވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބުނީ ހުޅުދުއްފާރުން ޕޮޒިޓިވްވި މީހާއަކީ މިމަހުގެ 4 ވަނަ ދުވަހު އުނގޫފާރަށް ދަތުރުކޮށްފައިވާ މީހެއް ކަމަށެވެ.

މިކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް އެޗްއީއޯސީން ބުނެއެވެ.

އުނގޫފާރުން ކޮވިޑް-19 ގެ ކޭސްތަކެއް ފެނިފައިވާތީ އެރަށަށް އަރާ ފައިބާފައިވާ މީހުންގެ މައުލޫމާތު ހޯދުމުގެ މަސައްކަތް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ފަށާފައިވަނީ މިމަހުގެ 20 ވީ ހޮނިހިރު ދުވަހުއެވެ.

އެޗްޕީއޭއިން ބުނީ، އުނގޫފާރުން ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާތީ، 2 މާރިޗް 2021 ގެ ފަހުން އުނގޫފާރުގައި އުޅެފައި އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އެންގެވުން އެދޭ ކަމަށެވެ. އަދި މިތާރީޚްގެ ފަހުން އުނގޫފާރަށް ގޮސްފައިވާ ފަރާތެއްވާނަމަ، އުނގޫފާރުން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިބުމަށް ވެސް އެޗްޕީއޭއިން ވަނީ އަންގާފާއެވެ.

އުނގޫފާރުން ނެގި ރެންޑަމް ސާމްޕަލަކުން މީހަކު ޕޮޒިޓިވްވެ، އެރަށް މޮނީޓަރިންގގެ ހާލަތަށް ގެނެސްފައިވަނީ މިމަހުގެ 19 ވީ ހުކުރު ދުވަހުގައެވެ. އުނގޫފާރު މޮނީޓަރިންގގެ ހާލަތަށް ގެނެސްފައިވާއިރު މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައިވެސް ނެގި ރެންޑަމް ސާމްޕަލަކުން މީހަކު ޕޮޒިޓިވްވެ އެ ރަށް ވަނީ މޮނީޓަރިންގއަށް ލާފައެވެ.

އެޗްޕީއޭމޮނިޓަރިންގ

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
16 ޑިސެމްބަރު 2024

މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ

16 ޑިސެމްބަރު 2024
މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ
15 ޑިސެމްބަރު 2024

އަރިދަފުސްރޯގާ، އިންފުލުއެންޒާ އަދި ބޭރަށް ހިންގުން މިދިޔަ މަހު އިތުރުވެއްޖެ

15 ޑިސެމްބަރު 2024
އަރިދަފުސްރޯގާ، އިންފުލުއެންޒާ އަދި ބޭރަށް ހިންގުން މިދިޔަ މަހު އިތުރުވެއްޖެ
22 ނޮވެމްބަރު 2024

ފާނަބަސަންދު ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

22 ނޮވެމްބަރު 2024
ފާނަބަސަންދު ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
19 މެއި 2024

މަދިރިން ފެތުރޭ ބަލިތައް ގިނަވާތީ އިމާރާތްކުރާ ސައިޓުތަކުގައި މަދިރި އާލާނުވާނެހެން ސާފުކުރުމަށް އަންގައިފި

19 މެއި 2024
މަދިރިން ފެތުރޭ ބަލިތައް ގިނަވާތީ އިމާރާތްކުރާ ސައިޓުތަކުގައި މަދިރި އާލާނުވާނެހެން ސާފުކުރުމަށް އަންގައިފި
14 މެއި 2024

އަރިދަފުސް ރޯގާ، އިންފްލުއެންޒާ އަދި ބޭރަށް ހިންގުމުގެ ކޭސްތަކުގެ އަދަދު ދަށަށް

14 މެއި 2024
އަރިދަފުސް ރޯގާ، އިންފްލުއެންޒާ އަދި ބޭރަށް ހިންގުމުގެ ކޭސްތަކުގެ އަދަދު ދަށަށް
03 މެއި 2024

ރާއްޖެއިން އަބަދުވެސް ޑެންގީހުން ފެނޭ، ހުން މަޑުވާތާ ފުރަތަމަ 48 ގަޑިއިރުތެރޭގައި ޚާއްސަ ސަމާލުކަމެއް ދޭންޖެހޭނެ: ޑރ.ފައިސަލް

03 މެއި 2024
ރާއްޖެއިން އަބަދުވެސް ޑެންގީހުން ފެނޭ، ހުން މަޑުވާތާ ފުރަތަމަ 48 ގަޑިއިރުތެރޭގައި ޚާއްސަ ސަމާލުކަމެއް ދޭންޖެހޭނެ: ޑރ.ފައިސަލް
03 މެއި 2024

ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރު، މިދިޔަ މަހު 100ށް ވުރެ ގިނަ ކޭސް ފެނިފައިވޭ: އެޗްޕީއޭ

03 މެއި 2024
ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރު، މިދިޔަ މަހު 100ށް ވުރެ ގިނަ ކޭސް ފެނިފައިވޭ: އެޗްޕީއޭ
03 މެއި 2024

ބޮޑު ޗުއްޓީގެ ދުވަސްވަރާ ދިމާކޮށް ގައިންގަޔަށް އަރާ ބަލިތައް ފެންނަ މިންވަރު އިތުރު: އެޗްޕީއޭ

03 މެއި 2024
ބޮޑު ޗުއްޓީގެ ދުވަސްވަރާ ދިމާކޮށް ގައިންގަޔަށް އަރާ ބަލިތައް ފެންނަ މިންވަރު އިތުރު: އެޗްޕީއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް