Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަލީހު ކޮމިޓީއަށް ހާޒިރުކުރުން

މެންބަރުން ސުވާލު ކުރެއްވުމުން ޖަވާބުދާރީވުމަށް މަލީހު ދެކޮޅު ހައްދަވައިފި، ވިދާޅުވީ ގާނޫނުގެ ދަށުން ސުވާލު ނުކުރެއްވޭނެ ކަމަށް

މެމްބަރުން ވަޒީރުންނަށް ބިރު ދައްކާކަމަށް ވިދާޅުވި މައްސަލަ އިތުރަށް ސާފުކޮށް ދިނުމަށް ކޮމިޓީގައި ތިއްބަވާ މެންބަރުން ވަނީ ތަކުރާރުކޮށް މަލީހުގެ ކިބައިން އެދިފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 22 މާރިޗު 2021 | ހޯމަ 10:56
ކުރީގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މަލީޙް ޖަމާލް

ކުރީގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މަލީޙް ޖަމާލް

ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށާއި ސަރުކާރަށް ބިރު ދައްކަމުންދާކަމަށާއި ތަކުރާރުކޮށް ސަރުކާރުގެ ވަޒީރުންނަށް އެބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއަޅާ ބިރު ދައްކަމުންދާކަމަށް ކުރީގެ ކޮމިޔުނިކޭޝަން މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވިދާޅުވެފައިވާ މައްސަލައަށް ޖަވާބު ދާރީވުމަށް މަލީހު ދެކޮޅުހައްދަވައިފިއެވެ.

މި މައްސަލަ އިތުރަށް ބެލުމަށް މަލީހު އިމްތިޔާޒު އަދި ސުލޫކީ ކޮމިޓީއަށް ހާޒިރު ކޮށްފައިވާއިރު، މެމްބަރުން ވަޒީރުންނަށް ބިރު ދައްކާކަމަށް ވިދާޅުވި މައްސަލަ އިތުރަށް ސާފުކޮށް ދިނުމަށް ކޮމިޓީގައި ތިއްބަވާ މެންބަރުން ވަނީ ތަކުރާރުކޮށް މަލީހުގެ ކިބައިން އެދިފައެވެ. ނަމަވެސް މަލީހު މިއިން އެއްވެސް ސުވާލަކަށް ޖަވާބު ދެއްވާފައި ނުވާއިރު، ވިދާޅުވީ ގާނޫނުގެ ދަށުން އޭނާ ކޮމިޓީއަށް ހާޒިރުކޮށްގެން އެ ގޮތަށް ސުވާލު ކުރިމަތި ނުކުރެއްވޭނެ ކަމަށެވެ.

މަރޗް މަހުގެ 1 ވަނަ ދުވަހު ބޭއްވި މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސްގައި މަލީހަށް ޖަވާބުދާރީވުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ވާހަކަދައްކަވަމުން މަލީހު ވަނީ މަޖިލީހުން ކަނޑައެޅިގެން ވަޒީރުންނަށާއި ސަރުކާރަށް ބިރު ދައްކަމުންދާ ކަމަށާއި ތަކުރާރުކޮށް ސަރުކާރުގެ ވަޒީރުންނަށް އެބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އަޅާ ބިރު ދައްކާކަމަށާއި އެގޮތުން ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް އިސްތިއުފާދެއްވުމަށް މަޖުބޫރިކުރުވިކަމަށް ވިދާޅުވެފައެވެ.

މަލީހުގެ މިވާހަކަތަކަކީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި މަސައްކަތްތަކަށް އަދި ގަދަރަށް އުނިކަން ލިބޭފަދަ ވާހަކައަކަށްވާތީ އެކަން ބައްލަވައިދެއްވުމަށް އިމްތިޔާޒު އަދި ސުލޫކު ކޮމިޓީއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. ރައީސް ނަޝީދު އެކަމާ ގުޅިގެން ކޮމިޓީއަށް ފޮނުއްވި ސިޓީފުޅުގައި ވަނީ މަލީހުގެ މި ވާހަކަފުޅަކީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ ދަށުން މަޖިލީހުގެ އިމްތިޔާޒުތަކާއި ގަދަރަށް އުނިކަން ލިބޭ ފަދަ ވާހަކަތަކެއްކަމުން އެކަން ކޮމިޓީން ބައްލަވައިދެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ.

އެހެންކަމުން މި މައްސަލަ ކޮމިޓީން ބެލުމަށްޓަކައި މިކަމުގައި މަލީހު ކޮމިޓީއަށް ހާޒިރުކޮށް މިފަދަ ތުހުމަތެއް ކުރަނީ ކޮން އަސާސެއްގެ މައްޗަށްތޯ ސާފުކުރުމަށް މަލީހު ކޮމިޓީއަށް ހާޒިރުކުރުމަށް ހުށަހެޅުއްވީ މަނަދޫ ދާއިރާގެ މެމްބަރ އަހުމަދު ހާރޫނެވެ. ހާރޫނުގެ މިހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ގަމު ދާއިރާގެ މެމްބަރ މުހައްމަދު ވިސާމެވެ.

ރައްޔިތުންގެ މަޖިލިސްމަލީހު ޖަމާލް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު