Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އުފަންވިއިރު ބަރުދަނުގައި ހުރީ 500 ގްރާމް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 14 މާރިޗު 2021 | އާދީއްތަ 17:46
ސޯފިއާއަށް ހޮސްޕިޓަލްގައި ފަރުވާ ދެނީ

ސޯފިއާއަށް ހޮސްޕިޓަލްގައި ފަރުވާ ދެނީ

ޒަވާޖީ ހަޔާތެއް ފަށަނީ ފޮނި އުންމީދުތަކާއެކުއެވެ. އުފާވެރި ދިރިއުޅުމެއް ފެށުމަށްޓަކައި ޖަހާލާ ގޮށަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ އެދަމަފިރިންނަށް ލިބޭ ދަރިންނެވެ. ނަމަވެސް ދަރިއެއް ލިބޭ ހިސާބުން ނުވަތަ ދަރިން ހޯދުމަށް މަސައްކަތް ފަށާ ހިސާބުން ބައެއްފަހަރު އުންމީދު ނުކުރާ ގޮތަށް ދިރިއުޅުމުގެ ހުރިހާ ކަމެއް ބަދަލުވެގެންދެއެވެ. ބައެއް ދެމަފަރިންނަކީ ދަރިން ލިބުމުން މަހުރޫމްވެފައިވާ މީހުންނެވެ އަނެއް ބައި މީހުންނަކީ ދަރިން ހޯދުމަށް ގިނަ ބޭސްފަރުވާތައް ކުރަން ޖެހި ތަފާތު އެކިއެކި ކަންތައްތައް ތަހައްމަލު ކުރަން ޖެހޭ މީހުންނެވެ. ހާލަތު ނިޔާކުރާ ގޮތުން ދެމަފިރިންގެ މެދުގައި މައްސަލަ ޖެހި ކައިވެނި ރޫޅޭ ހިސާބަށް ދާ ފަހަރުތައް ވެސް މަދެއް ނުވާނެއެވެ. ނަމަވެސް ދިރިއުޅުމަކީ ހަނގުރާމައެއްކަން ގަބޫލުކޮށް ކުރިމަތިވާ ކަންކަމުން ސަލާމަތްވުމަށް ނުވަތަ ހާސިލްކުރަން ބޭނުންވާ ކަމެއް ކާމިޔާބު ކުރުމަށް އެކަކު އަނެކަށް އިތުބާރުކޮށް އުންމީދާ ހިތްވަރާއެކު މަސައްކަތް ކުރަން ޖެހެއެވެ. އެބީދައިން މަސައްކަތް ކޮށްފިނަމަ ކާމިޔާބުވާނެކަން ދެމަފިރިއަކު މިވަނީ ސާބިތުކޮށްދީފައެވެ.

އެއީ ސްކޮޓްލޭންޑްގައި ވަރަށް އުފާވެރިކޮށް ދިރިއުޅެމުން އައި ދެމަފިރިންނެވެ. އެގިޔާ އާއި އިނާސްގެ ދިރިއުޅުމަށް އިތުރު އުފާވެރިކަމެއް ގެނެސްދިނީ އެގިޔާ ބަލިވެ އިންސާބުންނެވެ. އެގިޔާ ބަލިވެއިން ހިސާބުން އެކަމަށް އެދެމަފިރިން ދިޔައީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. ނަމަވެސް ހާލަތު ނިޔާކުރި ގޮތުން އެގިޔާގެ ދަރިފުޅު އުފަންވީ 22 ހަފްތާ 4 ދުވަސް ވި ފަހުންނެވެ. އެހެންކަމުން މިކުއްޖާއަކީ މިހާތަނަށް ސްކޮޓްލޭންޑަށް އުފަންވި އެންމެ ހަނގު ކުއްޖާ ކަމަށް ބެލެވެއެވެ.

ސޯފިއާގެ ނަމުން މިކުޑަ ދަރިފުޅަށް ނަންދީފައިވާއިރު، މިކުއްޖާ ދުނިޔޭގައި ހުންނާނެ ކަމުގެ އުންމީދު ޑޮކްޓަރުން ކަނޑާލިއެވެ. ނަމަވެސް އެދަމަފިރިން ދިޔައީ ދަރިފުޅު ރަނގަޅުވެ އެދެމީހުންނާއެކު ދުނިޔޭގައި އުޅޭނެކަމުގެ ޔަގީންކަން ދެމުންނެވެ. ޑޮކްޓަރުން އުންމީދު ކަނޑާލި ނަމެވެސް އެދަމަފިރިން އެކަން ދޮގުކުރިއެވެ. އުފަންވިއިރު ބަރުދަނުގައި 500 ގްރާމް ހުރި ސޯފިއާއަށް ހަތަރު މަހަށްވުރެ ގިނަ ދުވަހު ހޮސްޕިޓަލުގައި ފަރުވާ ދިނެއެވެ.

ހޮސްޕިޓަލުގައި ހޭދަކުރި ދުވަސްތަކާއި ބެހޭ ގޮތުން ބީބީސީއަށް ދިން ޚާއްސަ އިންޓަވިއުގައި އެގިޔާ ބުނީ މިދުވަސްތަކަކީ ހަޔާތުގައި ހޭދަކުރަން ޖެހުނު އެންމެ ބިރުވެރި ހިތްދަތި ދުވަސްތައް ކަމަށެވެ. ބަނޑަށް 20 ވަނަ ހަފްތާގައި ހެދި ސްކޭން ވެސް ރަނގަޅު ކަމަށް ދެއްކިއިރު ކުއްލި އަކަށް ވިހަން ޖެހިދާނެ ކަމަށް އުންމީދެއް އޭނާ ނުކުރެއެވެ. ނަމަވެސް އޭނގެ ހަފްތާއެއް ފަހުން ބަނޑަށް ތަދުވެގެން ޑޮކްޓަރަށް ދެއްކުމުން ޑައިލޭޓް ވެފައިވާތީ ވީހާ ވެސް އަވަހަށް ވިއްސަން ޖެހޭ ކަމަށް ޑޮކްޓަރުން އެންގިއެވެ. އެހެންކަމުން 10 ދުވަސް ވަންދެން ބެޑް ރެސްޓްގައި އޮތުމަށް ފަހު ވީހެއީއެވެ.

ސޯފިއާ ފުރަތަމަ ތިން މަސް އޮތީ އިންކިއުބޭޓަރ ގައެވެ. ހަންގަނޑު ތުނިކަމުން ގައިގެ އެތެރެ ފެންނަހެން ވެސް ހީވާކަމަށް އެގިޔާ ބުނެއެވެ. އެއްހަފްތާ ފަހުން އެގިޔާއަށް އޭނާގެ ދަރިފުޅު އުރާލުމުގެ ފުރުސަތު ލިބުނުއިރު އެދަރިފުޅު ދުނިޔޭގައި ހުންނާނެ ކަމުގެ އުންމީދު ޑޮކްޓަރުން އޮތީ ކަނޑާލާފައެވެ. ސޯފިއާ އަކީ ދުވަސް ނުފުރާ ވިހާފައިވާ ކުއްޖެއް ކަމުން ތަފާތު ގިނަ ކަންތައް ތަކާ ސޯފިއާ ކުރިމަތިލާން ޖެހުނެވެ. އެގޮތުން ހާރޓް ޑިފެކްޓް، ސްޓޭޖް ވަން ބްރެއިން ބްލީޑްގެ އިތުރުން ވެސް ގިނަ އިންފެކްޝަންތަކާއި ބަލިތަކާއި ދެކޮޅަށް ހަނގުރާމަ ކުރިއެވެ.

ސޯފިއާ ނޭވާ ލައްވަމުން ގެންދިޔައީ ވެންޓިލޭޓަރުގެ އެހީގައެވެ. ވެންޓިލޭޓަރއަށް ނުލާ ނޭވާ ލައްވަން އުޅުނު ފުރަތަމަ ފަހަރު ސޯފިއާއަށް ނޭވާ ލެވުނީ އެންމެ 20 މިނެޓް ވަންދެންނެވެ. ނަމަވެސް ސޯފިއާ ރަނގަޅުވާނެކަމުގެ އުންމީދުގައި ފަރުވާ ކޮށްދިނުމަށް އެދެމަފިރިން ދިޔައީ ޑޮކްޓަރުން ގާތުގައި އެދެމުންނެވެ. ނަތީޖާއެއް ގޮތުން އެތައް ހަފްތާއެއް ވަންދެން ކުރި މަސައްކަތުން ހަ ހަފްތާ ފަހުން ވެންޓިލޭޓަރަށް ނުލާ ސޯފިއާއަށް ނޭވާ ލެވެން ފެށުނެއެވެ. އެހިސާބުން ސޯފިއާގެ ގައިގައި ބާރުޖެހި ބަރުދަން އިތުވާން ފެށިފައެވެ.

އޮބްސަވޭޝަންގައި ދުވަސްގަނޑަކު ހޮސްޕިޓަލްގައި ގެންގުޅުފަހު އެދެމަފިރިން ދަރިފުޅާއެކު ގެއަށް ދޫކޮށްލަން ނިންމިއެވެ. މިހާރު ސޯފިއާއަށް ހަތަރު މަސް ވެފައިވާއިރު ސޯފިއާ ވަނީ ކުރިޔަށް ވުރެން ހަތަރު ގުނަ ބަރުވެފައެވެ. ފުރަތަމަ 2 އަހަރު ވަންދެން ރެގިއުލަރ ޗެކްއަޕަށް ހޮސްޕިޓަލްއަށް ދާން ޖެހޭއިރު ފުއްޕާމޭ އަށް ޚާއްސަ ކްލިނިކް އަށް 4 ވަރަކަށް އަހަރު ވަންދެން ދައްކަން ޖެހެއެވެ. އަދި މިހާރު އެގިޔާއާއި އިނާސްގެ ދަރިފުޅުގެ ހާލަތު އަންނަނީ ރަނގަޅުވަމުންނެވެ.

އެގިޔާ ވަނީ ހުރިހާ މަންމައިންނާ ދުވަސް ނުފުރާ މިހާ މަންމައިންގެ އިތުރުން އެކިކަހަލަ ކަންކަން މެދުވެރިވާ މީހުން އެންމެފަހު ވަގުތާ ޖެހެންދެން ވެސް އުންމީދު ކަނޑާލާ ނުލުމަށް އެދިފައެވެ. އުންމީދު ނުކުރާ ގޮތްގޮތަށް ދިރިއުޅުމުގެ ކަންކަން ބަދަލުވެގެން ދިޔަ ނަމަވެސް އުންމީދާއި ހިތްވަރު އަދި އިތުބާރަކީ ދިރިއުޅުމުގެ ކާމިޔާބީއަށް ވާސިލްވުމުގައި އެންމެ ވަރުގަދަ ތަޅުގަނޑިކަން އެދެމަފިރިން މިވަނީ ސާބިތުކޮށްދީފައެވެ.

ސްކޮޓްލޭންޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ސްކޮޓްލެންޑާއި އިންގްލެންޑުގެ ޚާއްސަ މެޗެއް މިއަންނަ އަހަރު

ސްކޮޓްލެންޑާއި އިންގްލެންޑުގެ ޚާއްސަ މެޗެއް މިއަންނަ އަހަރު

02 ނޮވެމްބަރު 2022
ވޯލްޑް ކަޕްގެ ޕްލޭއޮފް ފައިނަލުން ޔޫކްރެއިން ޖާގަ ހޯދައިފި

ވޯލްޑް ކަޕްގެ ޕްލޭއޮފް ފައިނަލުން ޔޫކްރެއިން ޖާގަ ހޯދައިފި

02 ޖޫން 2022
ދިގު އިންތިޒާރަކަށް ފަހު ކުޑަ ހުސެން އަޔަން މޭންއަކަށް

ދިގު އިންތިޒާރަކަށް ފަހު ކުޑަ ހުސެން އަޔަން މޭންއަކަށް

03 އެޕްރީލު 2017
ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

01 އެޕްރީލު 2017
މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު