Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މާސް އިންސްޕެކްޝަން

އިންސްޕެކްޝަންގައި މިހާތަނަށް 2400ށް ވުރެ ގިނަ އާއްމު ޚިދުމަތްތައް ދޭ ތަންތަން ބެލިފައިވޭ: އެޗްޕީއޭ

އިންސްޕެކްޝަން ކުރިއަށް ގެންދަނީ އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 13 މާރިޗު 2021 | ހޮނިހިރު 04:34
މާލޭގައި ހިންގާ ކެފޭ ރެސްޓޯރެންޓް، މިފަހަރުގެ އިންސްޕެކްޝަންގައި ގްރޭޓަރ މާލެ އެއްކޮށް ބަލާނެ ކަމަށް އެޗްޕީއޭއިން ބުނޭ

މާލޭގައި ހިންގާ ކެފޭ ރެސްޓޯރެންޓް، މިފަހަރުގެ އިންސްޕެކްޝަންގައި ގްރޭޓަރ މާލެ އެއްކޮށް ބަލާނެ ކަމަށް އެޗްޕީއޭއިން ބުނޭ

ކޮވިޑް-19ގެ ތިން ވަނަ ރާޅާއެކު ފެށި މާސް އިންސްޕެކްޝަންގައި މިހާތަނަށް 2400ށް ވުރެ ގިނަ އާއްމު ޚިދުމަތްތައް ދޭ ތަންތަން ބެލިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އެޗްޕީއޭގެ ޑިރެކްޓަރ އަހުމަދު ނާސިރު ވިދާޅުވީ މާސް އިންސްޕެކްޝަން ކުރިއަށް ގެންދަނީ އާއްމު ޚިދުމަތް ދޭތަންތަނުން ކަނޑައަޅާފައިވާ ގައިޑްލައިންއާއި އުސޫލުތަކާއި އެއްގޮތަށް އަމަލުކުރަމުންދޭތޯ ބެލުމުގެ އިތުރުން އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށެވެ.

Advertisement - newsAdvertisement

މިހާރު ކުރިއަށްދާ އިންސްޕެކްޝަނަށް އަލިއަޅުއްވާލައްވާ ނާސިރު ވިދާޅުވީ ކުރިއާ ހިލާފަށް މިފަހަރު ގިނަ ތަންތަނުން ގައިޑްލައިންތަކާއި އެއްގޮތަށް އަމަލު ކުރަމުންދާ ކަމަށެވެ. އަދި އެތަންތަނުން ޚިދުމަތް ހޯދާ އާއްމު ފަރުދުން ވެސް އުސޫލުތައް ދަމަހައްޓާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ނާސިރު ވިދާޅުވީ ފުރަތަމަ އިންސްޕެކްޝަން ފަށައިގެން ކުރިއަށްދިޔައިރުގައި ވަރަށް ބޮޑަށް ގައިޑްލައިންތަކަށް އާއްމުން ހޭލުންތެރިކުރުވަން ޖެހުނު ކަމަށެވެ. އެއީ އާއްމު ޚިދުމަތްތައް ދޭ ތަންތަން ކަމުގައިވާ ކެފޭ/ރެސްޓައުރެންޓް، ފިހާރަ، ސެލޫން އަދި ޖިމް ތަކުން އަމަލުކުރަން ޖެހޭނީ ތަފާތު އުސޫލުތަކަށެވެ. އެހެންކަމުން ފުރަތަމަ އިންސްޕެކްޝަން ކުރިއަށް ގެންދިޔައިރުގައި ބައެއް ދަތިތައް ކުރިމަތިވި ނަމަވެސް މިހާރު އެމައްސަލަތައް ކުރިމަތިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕަބްލިކް ޓްރާންސްޕޯޓުތަކުގެ އިންސްޕެކްޝަން ކުރިއަށް ގެންދާކަން ފާހަގަކުރައްވައި ނާސިރު ވިދާޅުވީ ޓެކްސީ، ބަސް އަދި ފެރީތަކުން ޚިދުމަތްތައް ދެމުންދާ ގޮތް ބަލަމުންދާ ކަމަށެވެ. މީގެ އިތުރުން ސްކޫލު، ކޮލެޖް، ހޮސްޕިޓަލް، ކްލިނިކް، ސަރުކާރު އޮފީސްތަކާއި، ޕްރައިޓް އޮފީސްތައް ވެސް ބަލަމުންދާ ކަމަށް ނާސިރު ވިދާޅުވިއެވެ. އަދި މިފަހަރުގެ މާސް އިންސްޕެކްޝަންގައި ގްރޭޓަރ މާލެ އެއްކޮށް ބަލާނެ ކަމަށާއި، މިހާތަނަށް 2400ށްވުރެ ގިނަ ތަންތަން ބަލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަމަލުކުރަމުންދާ އުސޫލަށް އަލިއަޅުއްވާލައްވާ ނާސިރު ވިދާޅުވީ ގައިޑްލައިންއާ ފުރަތަމަ ފަހަރަށް ހިލާފުވުމުން ދެވޭނީ ވައިޓް ނޯޓިސް ކަމަށެވެ. އެއީ ނަސޭހަތްތެރިވުމުގެ ގޮތުން ނޯޓިސްއެއް ކަމަށް އޭނާ ވިދާޅުވިއެވެ. ދެވަނައަށް ދެވޭ ރެޑް ނޯޓިސްއަކީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރު ދިނުމުގެ ގޮތުން ދެވޭ ނޯޓިސްއެއް ކަމަށް ނާސިރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ދެވަނަ ފަހަރު ދެވޭ އިންޒާރުއާއެކު ކުށް ތަކުރާރު ކޮށްފިނަމަ ޖޫރިމަނާ ކުރާ ގޮތަށް އޮތް ނަމަވެސް މިހާރު އެއުސޫލު ބަދަލުވެފައިވާ ކަމަށެވެ. އެގޮތުން ތިން ވަނަ މަރުހަލާގައި އެތަނެއް 24 ގަޑިއިރަށް ބަންދުކުރެވޭނެ ކަމަށް ނާސިރު ވިދާޅުވިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ޖޫރިމަނާކުރާ އުސޫލުގައި ވާގޮތުން ފުރަތަމަ ފަހަރަށް ނަމަ ޖޫރިމަނާކުރަނީ 5000 ރުފިޔާއިންނެވެ. އަދި ދެވަނަ ފަހަރު ނަމަ 25،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭއިރު، އެންގުމާ ޚިލާފުވެ ކަންކަން ރަނގަޅު ނުކުރާނަމަ، ތިންވަނަ ފަހަރަށް 50،000 ރުފިޔާއިން ޖޫރިމަނާކުރާނެއެެވެ. ހަތަރުވަނަ ފަހަރުގެ ޖޫރިމަނާއަކީ 75،000 ރުފިޔާއެވެ. ފަސްވަނަ ފަހަރު ޖޫރިމަނާ ކުރާނީ އެއްލައްކަ ރުފިޔާއިންނެވެ. 

އެޗްޕީއޭމާސް އިންސްޕެކްޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ

މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ

16 ޑިސެމްބަރު 2024
އަރިދަފުސްރޯގާ، އިންފުލުއެންޒާ އަދި ބޭރަށް ހިންގުން މިދިޔަ މަހު އިތުރުވެއްޖެ

އަރިދަފުސްރޯގާ، އިންފުލުއެންޒާ އަދި ބޭރަށް ހިންގުން މިދިޔަ މަހު އިތުރުވެއްޖެ

15 ޑިސެމްބަރު 2024
ފާނަބަސަންދު ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ފާނަބަސަންދު ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

22 ނޮވެމްބަރު 2024

އަހަރުތަކުން މިއަދު

5 ޖޫން
ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް
20251 އަހަރު ކުރިން
ރާއްޖެ

ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި
20215 އަހަރު ކުރިން
ދުނިޔެ

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ
20188 އަހަރު ކުރިން
ރާއްޖެ

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު