Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ވަރކް ޕަރމިޓް ހެލްތް ކަވަރ ޕެކޭޖް

ވަރކް ޕަރމިޓް ހެލްތް ކަވަރ ޕެކޭޖްގެ ގޮތުގައި ބަލައިގަންނާނީ "މިނިމަމް ރިކުއަރމެންޓް" ފުރިހަމަވާ ޕެކޭޖް - އިކޮނޮމިކް މިނިސްޓްރީ

މިނިސްޓްރީގައި ރަޖިސްޓްރީވެފައިވާ އިންޝޫރެންސް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި އެ ފަރާތްތައް ރަޖިސްޓްރީ ކުރެވިފައިވާ ތާރީހު މިނިސްޓްރީގެ ވެބްސައިޓްގައި ވަނީ ޝާއިއުކޮށްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 12 މާރިޗު 2021 | ހުކުރު 08:06
ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިން

ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިން

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ވާރކް ޕާރމިޓް ހެއްދުމަށް, ނަގަންޖެހޭ "ވަރކް ޕަރމިޓް ހެލްތް ކަވަރ ނުވަތަ އިންޝޫރެންސް"، އިކޮނޮމިކް މިނިސްޓްރީން ބަލައި ގަންނާނީ، އެ މިނިސްޓްރީގައި ރަޖިސްޓްރީވެފައިވާ އިންޝޫރެންސް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ހޯދާފައިވާ "މިނިމަމް ރިކުއަރމެންޓް" ފުރިހަމަވާ "ވަރކް ޕަރމިޓް ހެލްތް ކަވަރ ޕެކޭޖްތައް ކަމަށް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފައިވާ ބަޔާނެއްގައިވާ ގޮތުން "މިނިމަމް ރިކުއަރމެންޓް" އާ އެއްގޮތްވާގޮތަށް އިންޝޫރެންސް ޕެކޭޖް ދޫކުރުމަށް އެއްބަސްވެ، އެ މިނިސްޓްރީގައި ރަޖިސްޓްރީވެފައިވާ އިންޝޫރެންސް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި އެ ފަރާތްތައް ރަޖިސްޓްރީ ކުރެވިފައިވާ ތާރީޚު މިނިސްޓްރީގެ ވެބްސައިޓް، www.trade.gov.mv  އަދި އެކްސްޕަޓް އޮންލައިން ސިސްޓަމް، xpat.egov.mv  ގެ ހޯމް ޕޭޖްގައި މިނިސްޓްރީން ވަނީ ޝާއިއު ކޮށްފައެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން މިއަހަރުގެ އޭޕްރިލް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން، ވަރކް ޕަރމިޓް ދޫކުރާނީ، މިނިސްޓްރީގައި ރަޖިސްޓްރީވެފައިވާ އިންޝޫރެންސް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ތެރެއިން ފަރާތަކުން ހޯދާފައިވާ މިނިސްޓްރީން އާންމުކޮށްފައިވާ މިނިމަމް ރިކުއަރމެންޓް ފުރިހަމަވާ ވަރކް ޕަރމިޓް ހެލްތް ކަވަރ ޕެކޭޖް އޮތް ފަރާތްތަކަށް ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މި ތާރީޚާ ހަމައަށް ވަރކް ޕަރމިޓް ހެލްތް ކަވަރ ޕެކޭޖެއްނެތި، ވަރކް ޕަރމިޓް ދޫކޮށްފައިވާ ބިދޭސީންގެ ވަރކްޕަރމިޓް ފީ މި ތާރީޚަށް ފަހު ދެއްކޭނީ، މިނިސްޓްރީން އާންމުކޮށްފައިވާ އުސޫލާ އެއްގޮތަށް ވަރކް ޕަރމިޓް ހެލްތް ކަވަރ ޕެކޭޖް ނަގައި އެ މައުލޫމާތު މިނިސްޓްރީއަށް ހުށަހެޅުމުންކަމަށް އިިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މިގޮތަށް އަމަލުކުރަން ނިންމި ނަމަވެސް މިއަހަރުގެ މަރޗް 15 ގެ ކުރިން، އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައި ނުވާ އިންޝޫރެންސްގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ނަގާފައިވާ، މުއްދަތު ހަމަނުވާ ވަރކް ޕަރމިޓް އިންޝޫރެންސް ޕެކޭޖެއް އޮތް ނަމަ، އެ ޕެކޭޖްގެ މުއްދަތު ހަމަވުމާ ހަމަޔަށް ވަރކް ޕަރމިޓް ދޫކުރާނެ ކަމަށެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ވަރކް ޕަރމިޓް ދޫކުރަން ފެބްރުއަރީ 15 ގައި ފަށާފައިވާއިރު، ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވައިދުގައި ބަޔާންކުރާ ގޮތަށް ވަރކް ޕަރމިޓް ދޫކުރެވޭނީ، އިކޮނޮމިކް މިނިސްޓްރީން ބިދޭސީންގެ ވެރިފިކޭޝަނެއް ފުރިހަމަ ކުރުމަށް ފަހުކަމަށާއި، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވެރިފިކޭޝަން ފުރިހަމަ ކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ވެރިފިކޭޝަން ފުރިހަމަކުރުމަށް އެޕޮއިންޓްމެންޓެއް ހެދުމަށްފަހު، ވަޒީފާދޭ ފަރާތުން ނުވަތަ އެ ފަރާތުން އައްޔަންކުރާ އެހެން ފަރާތަކުން، ހުރަވީ ބިލްޑިންގެ 3 ވަނަ ފަންގިފިލާގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ އެމްޕްލޯއިމަންޓް ރަޖިސްޓްރޭޝަން ސެކްޝަންގެ ކައުންޓަރަށް ބިދޭސީން ގެންދަން ޖެހެއެވެ. ބިދޭސީން ރާއްޖެ އެތެރެވާ ދުވަހުން ފެށިގެން، ވަރކް ޕަރމިޓް ހޯދަން ކަނޑައެޅިފައިވާ މުއްދަތު ހަމަވަންދެން ކޮންމެ ދުވަހަކު ވެސް ވެރިފިކޭޝަންގެ ޚިދުމަށް ހޯދޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑާއެކު ވަޒީފާއަށް އަސަރުކުރި މީހުންނަށް ޓޫރިޒަމް ދާއިރާއިން ތަމްރީނު ދޭނެ ބަޔަކު ހޯދަނީ

ކޮވިޑާއެކު ވަޒީފާއަށް އަސަރުކުރި މީހުންނަށް ޓޫރިޒަމް ދާއިރާއިން ތަމްރީނު ދޭނެ ބަޔަކު ހޯދަނީ

26 މެއި 2023
އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދޭ އެހީއަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދޭ އެހީއަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

23 މެއި 2023
އަތޮޅުތެރެ ތަރައްގީކުރުމުގެ ސިޔާސަތެއް ކުރީ ސަރުކާރުތަކުން ނުގެންގުޅޭ: އިއާދު

އަތޮޅުތެރެ ތަރައްގީކުރުމުގެ ސިޔާސަތެއް ކުރީ ސަރުކާރުތަކުން ނުގެންގުޅޭ: އިއާދު

21 މެއި 2023
އަމިއްލަ ވިޔަފާރިކުރާ ފަރާތްތަކަށް އެހީދޭ ޕްރޮގްރާމެއް ފަށައިފި

އަމިއްލަ ވިޔަފާރިކުރާ ފަރާތްތަކަށް އެހީދޭ ޕްރޮގްރާމެއް ފަށައިފި

09 މެއި 2023
ހަނިމާދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށަނީ، އޮޕަރޭޝަންސް ކުރިއަށްދާނެ

ހަނިމާދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށަނީ، އޮޕަރޭޝަންސް ކުރިއަށްދާނެ

05 ޑިސެމްބަރު 2022

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު